ދީނީ ދަޢުވަތު ދޭ މީހާއަށް ލިބޭ ބޮޑު ދެ ނިޢުމަތެއް
-
މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރުﷲ ތަޢާލާ ކީރިތި ޤުރްއާނުގައި
ވަޙީކުރައްވާފައިވެއެވެ.يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ
وَقُولُوا قَوْلًا ...
އަޅުގަނޑުމެންގެ ޤައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ޙައްލަކީ އިސްލާމް ދީންކަމުގައި އަޅުގަނޑުމެން އެންމެ ޤަބޫލުކުރަމެވެ. އަދި އަޅުގަނޑުމެން ކުރެ ގިނަ ބަޔަކު އެޙައްލު ގެނެސްދިނުމަށް އެދި ދައުލަތުގެ މަސްވޫލުވެރިން އަރިހުން އާދޭސް ދަންނަވަމުން އެބަދެއެވެ. އެޙައްލަށް ބޭނުން ޖެހިފައިވާ މިންވަރުގެ ބޮޑުކަމުން ލަނގޮޑިއަށް ކެތް ނުކުރެވިގެން ނުކުންނަ މައިންނާއި، ކެތްތެރިކަން ކޮޅުންލައިފައިވާ ބަފައިން މިއަދު މަގުތަކަށް ނުކުމެ، ގޮވަމުންދަނީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށެވެ.
ސުވާލަކީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް އަޅުގަނޑުމެން ކުރަންވީ ކޮން ކަމެއްތޯއެވެ؟ މިތަނުގައި އަޅުގަނޑުމެން ކަމުގައި މިދެންނެވީ ދީނުގެ ޢިލްމު އުގެނޭ ދަރިވަރުންނާއި އިސްލާމީ ޙަރަކާތްތެރިންގެ ވާހަކައެވެ. އިސްލާމީ ހަރަކާތަށް ނިސްބަތްވާ އެންމެހާ ފަރުދުންގެ ވާހަކައެވެ. ވަކި ޖަމާޢަތެއް، ވިކި ވިސްނުމެއް އިސްތިސްނާކުރުމެއް ނެތިއެވެ. ޤައުމުގެ ޙާލަތު ބަދަލުކޮށް ހެޔޮމަގަށް އެޅުވުމަށް މިދަނޑިވަޅުގައި އަޅުގަނޑުމެން އެންމެންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟
އަޅުގަނޑު މިމަޒުމޫނުގައި ހުށަހަޅާނީ ދިވެހި ރާއްޖޭގެ އިސްލާމީ ޙަރަކާތްތެރިންނަށް ބޭނުންކުރެވިދާނެ އުކުޅުތަކެކެވެ. އަދި ރޭވުންތެރިކަމަކާއެކު، އިސްލާމީ ދައުލަތަކާ ހަމައަށް އައުމަށް ކުރެވިދާނެ މަސައްކަތްތަކެކެވެ. މިކަންކަމަކީ މީގެ ޒާތުގައި ދުވަސްތަކެއް ނުވަތަ މަސްތަކެއް ނުވަތަ އަހަރުތަކެއް އެކަމަކަށްޓަކައި ހޭދަކުރަންޖެހިދާނެކަންކަމެވެ. އާދޭހެވެ. ދިގު އިންތިޒާރުގެ ނިމުން ފުރިހަމަވާނެ ނޫންތޯއެވެ؟
އަޅުގަނޑުމެންގެ އަމާޒަކީ ކޮބައިބާ؟
އަޅުގަނޑުގެ ކުރިމަތީގައި އިސްލާމީ ޙަރަކާތެއްގެ އޮންނަންވާނީ މައިގަނޑު ތިން އަމާޒެކެވެ. އިސްލާމީ ޙަރަކާތްތަކުގެ ތެރެއިން ބައެއް ޙަރަކާތްތަކަކީ މީގެ ތެރެއިން ކޮންމެވެސް އެއްއަމާޒެއް ޙާޞިލުކުރުމަށް ނުވަތަ ހުރިހާ އަމާޒުތަކެއް އެކީ ޙާޞިލުކުރުމަށް މަސައްކަތްކުރާ ބައަކު ކަމުގައި ވެދާނެއެވެ. ކޮންމެއަކަސް އަޅުގަނޑު ދަންނަވަން އުޅުނު ތިން އަމާޒަކީ: މުސްލިމް ފަރުދަކު ބިނާކުރުމާއި، މުސްލިމް ޢާއިލާއެއް ބިނާކުރުމާއި، މުސްލިމު މުޖުތަމަޢެއް ނުވަތަ އިސްލާމީ ދައުލަތެއް ބިނާކުރުމެވެ.
އަޅުގަނޑު ޔަޤީންކުރާ ގޮތުގައި މިތިންކަމަކީވެސް އޭގެ ޒާތުގައި އަޅުގަނޑުމެން އިސްލާމީ ޙަރަކާތްތެރިން ބޭނުންވާނެ ކަންތަކެވެ. އަދި ފުރަތަމަ މިދެންނެވި ދެކަންތައް ޙާޞިލުކުރެވުމަކީ ތިންވަނަ ކަންތައް ޙާޞިލުކުރުމަށް މަގެއް ކޮށުމެވެ. ކޮންމެއަކަސް މިތިން އަމާޒު ޙާޞިލުކުރުމަށް ފުރިހަމަ އިސްލާމީ ޙަރަކާތަކަށް ބޭނުންވެއެވެ. ރޭވުންތެރިކަމާއެކު، އެކި މައިދާންތަކުގައި އެކި އުސްލޫބު ބޭނުންކުރާ ޙަރަކާތަކަށް ބޭނުންވެއެވެ.
ދެން އަޅުގަނޑު ބަލައިލާނީ ވަކިވަކިން ކޮންމެ އަމާޒެއް ޙާޞިލުކުރުމަށް ކުރެވިދާނެ ކަންކަމަށެވެ. މިޚިޔާލުތަކަކީ އެކި ޤައުމުތަކުގައި ހިންގާފައިވާ އިސްލާމީ ޙަރަކާތްތައް ދިރާސާކުރުމަށްފަހު، އަޅުގަނޑަށް ފެނުނު އެންމެ ކާމިޔާބު އުސްލޫބުތަކެވެ. މިއުސްލޫބުތައް ބޭނުންކުރުމަށްޓަކައި އިސްލާމީ ޙަރަކާތްތެރިންގެ މެދުން ތަޢައްޞުބާއި ރުޅިވެރިކަމުގެ ރޫޙު އެކީ ނެތިގެން ދިއުން ލާޒިމެވެ. އިޙުތިރާމްކުރުމާއި އެކީގައި މަސައްކަތްކުރުމުގެ ރޫޙެއް ފެނުން ލާޒިމެވެ. މިޞްރުގައި 15 ޖެނުއަރީގެ އިންޤިލާބަށް ފަހު މިއަދު ފެންނަމުންދަނީ މިދަންނަވާ ފަދަ އެކުވެރިކަމެކެވެ. އެއެކުވެރިކަމުން ނަމޫނާ ލިބިގަތުން ދިވެހި އިސްލާމީ ހަރަކާތްތެރިންގެ މައްޗަށް ހުއްޓެވެ.
ފުރަތަމަ އަމާޒު: މުސްލިމް ފަރުދެއް ބިނާކުރުން
މުސްލިމް ފަރުދަކީ ކޮބައިތޯއެވެ؟ އެއީ ޞައްޙަ އިސްލާމީ ޢަޤީދާ ޤަބޫލުކުރާ، މާތްﷲ ފަރުޟުކުރެއްވި ކަންކަމަށް ރައްކާތެރިވާ، ޙަރާމްކުރެއްވި ކަންކަމާ ދުރުހެލިވުމަށް ގަދައަޅައި މަސައްކަތްކުރާ، މާތްﷲގެ ދީނަށް ޙުރުމަތްތެރިކޮށް ހިތާ ފަރުދެކެވެ. އެއީ މާތްﷲގެ ޙުކުމަށް ބޯލަނބާ އިންސާނެކެވެ. އިންސާނަކަށްވީތީ ކޮންމެ މީހަކަށްވެސް ކުށްތަކެއް ކުރެވޭނެއެވެ. އެކަމަކު މުސްލިމް ފަރުދަކީ އޭނާއަށް ކުރެވޭ ކުށްތަކުގެ ސަބަބުން މާޔޫސްނުވެ، ތައުބާގެ ދޮރުން އަވަހަށް ވަދެ ހެޔޮ ދިރިއުޅުމަށް ގަދައަޅައި އުޅޭ މީހެކެވެ. މިފަދަ ފަރުދުން ތަކެއްގެ މައްޗަށް ބިނާވާ މުޖުތަމަޢުގައި އޮންނާނީ ޞުލްޙަވެރިކަމާއި އަމާންކަން ފިޔަވައި ކޮންކަމެއްތޯއެވެ؟
މުސްލިމް ފަރުދަކު ބިނާކުރުމަށްޓަކައި މިސްކިތްތަކުގައި ޢިލްމުވެރިން ދެއްވާ ދަރުސްތައް ވަރަށް މުހިއްމެވެ. ދީން ދެކެ ލޯބިވާ ދީނުގެ މަތީގައި ދެމި ތިބެން ބޭނުންވާ ޒުވާނުންނަށާއި ހަރު މީހުންނަށް މިދަރުސްތައް އެހީތެރިވާނެއެވެ. އެހެންނަމަވެސް ސުވާލަކީ މިސްކިތްތަކަށް ނާރާ، ޝައިޚުންގެ ދަރުސްތައް އަޑު އިވޭ ފަށަށް ނުގޮސް ކަނޑުގައި އޮޔާދާ ކަނދުތަކެއް ފަދައިން ދިރިއުޅޭ، އަމާޒެއް ނެތް ޒުވާނާ، މުސްލިމް ހަރުދަނާ ފަރުދަކަށް ހަނދާނީ ކިހިނަކުންތޯއެވެ؟
މިހިސާބުން މިފެށެނީ ޢާންމު އިސްލާމީ ޙަރަކާތްތެރިންގެ ވާޖިބެވެ. ޒިންމާއެވެ. އެއީ އެފަދަ ޒުވާނުންނާ ހަމައަށް ދީނުގެ ރިސާލަތު ފޯރުކޮށްދިނުމެވެ. މި"މެސެޖް" އެފަދަ ޒުވާނާގެ ކަންފަތާ ހަމައަށް ވާޞިލުކޮށްދިނުމެވެ. މިކަންކުރުމަށްޓަކައި ރޭވުންތެރިކަން އިސްކުރުމަކީ މުހިއްމުކަމެކެވެ. ދީނުގެ ތެރެއަށް ވައްދަން ބޭނުންވާ ޒުވާނާގެ ޙާލަތު އެގުން މުހިންމެވެ. އަދި އެފަދަ ޒުވާނަކާ މުޚާޠަބުކުރުމުގައި އެންމެ މުހިންމީ ކޮން ކަމެއްކަން ކަނޑައެޅުންވެސް މުހިއްމެވެ. މިހުރިހާ ކަމެއް ކަނޑައެޅުމަށްފަހު ފިޔަވަހި ތަކަކަށް ބަހާލައިގެން އިޞްލާޙުގެ މަގަށް އެޒުވާނާ ގެނައުމަށް މަސައްކަތްކުރާނީއެވެ. މާތްﷲ އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެއެވެ.
މިތަނުގައި އިސްވެދިޔަ ޕެރެގްރާފުގައި އަޅުގަނޑު ހިމަނައިލި ވާހަކަތަކަށް މިސާލެއް ހިމަނައިލާނަމެވެ. ރާބުއިމާއި ފާޙިޝް ޢަމަލުތަކުގެ ތެރެއަށް ވަދެފައިވާ ޒުވާނެކެވެ. ނަމާދެއް ނުކުރެއެވެ. ރަމަޟާން މަހުގެ ދުވާލު ކައި ބޮއެ ހަދައެވެ. މީނާގެ ކުރިމައްޗަށް އަޅުގަނޑު ހުއްޓި އިސްލާމްދީނުގެ އަސާސްތައް ދޫކޮށް ފަރުޢުތަކުގައި ކޮލު ދަތުން ހިފުމުން އޭނާ ދީން ދެކެ ލޯބިވާނެތޯއެވެ؟ އެހެންކަމުން އޭނާއާ މުޚާޠަބުކުރުމުގައި މުހިއްމު ދެކަމެއް ކަނޑައެޅުން މުހިއްމެވެ. ފުރަތަމަ އަދި އެންމެ މުހިއްމުކަމަކީ ނަމާދެވެ. އެޒުވާނާ ގޮވައިގެން ނަމާދަށް ދާންވީއެވެ. އަދި ނަމާދަށް ދަމުން ރާގެ ނުބައި ވާހަކަ ދައްކާނީއެވެ. އަދި ތައުބާގެ ދޮރު ހުޅުވިފައިވާ ކަމާއި އިޞްލާޙުވުމަށް މަގު އެބައޮތްކަން ބުނެދޭނީއެވެ. މިއާއެކު، ރަނގަޅު ރަޙުމަތްތެރިންތަކެއް އޭނާއަށް ހޯދައިދޭނީއެވެ. އޭނާ ކުރާ ހިތްވާ، ދީނުގައި ޙަރާންކަމެއްކަމުގައި ނުހިމެނޭ ކަންތައްތައް އެކީގައި ކުރާ ޒުވާނުން ތަކެކެވެ. އެކީގައި ކޮފީއަށް ގޮސް، ފޮޓުބޯޅަ ކުޅެން ގޮސް އުޅޭނެ ރަނގަޅު ބައެކެވެ. ދީނަށް އުޅެމުން ޢާންމު ގޮތެއްގެ މަތީގައި ދިރުއުޅޭނެ ގޮތް ދައްކާނީއެވެ.
އެހައިރުން އޭނާއަށް ޝައިޚުންގެ ދަރުސްތައް އަޑި އިވޭނެއެވެ. އަދި ކިއެއްހެއްޔެވެ؟ އަޑު އެހުމުގެ ޝައުޤުގައި އޭނާ ދާނެއެވެ. އެކުވެރިން ރަނގަޅުވުމަކީ ހެޔޮމަގަށް އައުމަށް ލިބޭ ބާރެކެވެ. އެންމެ ފުރަތަމަ ޢިލްމުވެރިއެއްގެ ސީޑީއެއް ގެނެސް ދިނަސް އެއިން އެޒުވާނާއަށް ފައިދާއެއް ނުކުރާނެއެވެ. އެސީޑީ އަޑު އެހުމުގެ ޝައުޤެއް އޭނާގެ ހިތުގައި ނޯންނާނެއެވެ. އަދި އަޑު އެހުމަށްފަހު ހިނދުކޮޅަކަށް އިޞްލާޙުގެ މަގު އިޚުތިޔާރު ކުރިޔަސް އެމަގުގައި ސާބިތުވުމަށް އެހީތެރިވެދޭނެ ބަޔަކު ނެތްނަމަ، އަނބުރައި އިބިލީހުގެ ދަންތުރައިގައި ޖެހުމަކީ ނުހަނު ފަސޭހަކަމެކެވެ.
ތަޤުވާވެރިކަމާއި ހެޔޮކަންކަމުގައި އެކަކު އަނެކަކަށް އެހީތެރިވުމަކީ އިސްލާމީ އުޞޫލުތަކުގެ ތެރެއިން އުޞޫލެކެވެ. އެހެންކަމުން އިސްލާމީ ދަޢުވަތު ފެތުރުމުގައި މިއަޞްލުގެ މައްޗަށް ކަންކަން ރޭވުމަކީ ކުރެވިދާނެ މުހިއްމު ކަމެކެވެ. ދީނުގެ ޢިލްމު އުގެނެމުންދާ ނުވަތަ އުގެނިފައިހުރި ޒުވާނަކު އިސްވެ ހުރެގެން ގުރޫޕްތަކެއް އުފެއްދިދާނެއެވެ. ކޮންމެ ގުރޫޕެއްގެ މީހުންވެސް އެކީގައި، ހަފުތާގެ ކޮންމެވެސް ރެއެއްގައި ދަމުއަޅުކަން ކުރެވިދާނެއެވެ. ހަފްތާއެއްގައި ނުވަތަ މަހެއްގައި ޤުރުއާނުން މިންވަރެއް ކިޔެވުމަށާއި، ހިތުދަސްކުރުމަށާއި، މާނަ ބަލައި އެއާޔަތްތަކާމެދު ވިސްނުމަށް ކަނޑައެޅިދާނެއެވެ. ސުންނަތް ރޯދަ ހިފާ، އެކީގައި ރޯދަ ވީއްލުން ފަދަ ކަންކަން ރޭވިދާނެއެވެ. މިއީ ރޫޙާނީ ތަރުބިއްޔަތަށް މުހިއްމު މަންހަޖެއް ކަމުގައި އަޅުގަނޑަށް ފެނެއެވެ.
މިހައިހަމައަށް މިދެއްކުނު ހުރިހާ ވާހަކަތައްވެސް ނިސްބަތްވަނީ ފިރިހެނުންނަށް ކަމުގައި ހީވުމަކީ ކުށް ހީއެކެވެ. މިދެންނެވި އުޞޫލުތަކަށް ތަބާވެގެން އަންހެން ކުދިންގެ މެދުގައިވެސް ދީނީ ދަޢުވަތު ކުރިއަށް ގެންދެވިދާނެއެވެ. އެއްވެ، އެކީގައި ނަމާދުކޮށް، ޤުރުއާން ކިޔަވައި ހެދުމަށް ޖަމާޢަތްތަކެއް ހެދިދާނެއެވެ. މިއީ ޒުވާން ކުދިންގެ ވަގުތުތައް ހެޔޮ ގޮތުގައި ބޭނުންކުރުމަށާއި ނަފްސު ހެޔޮ ކަންކަމުގެ މައްޗަށް ހޭނުމަށް ކުރެވިދާނެ މުހިއްމު ކަމެކެވެ.
ރިސާލަތުގެ އުޞޫލުތައް
މިފަދަ ދަޢަވީ މަސައްކަތަކީ އަސާސްތަކެއްގެ މައްޗަށް ބިނާވެފައި ހުރުން ލާޒިމު މަސައްކަތެކެވެ. އެގޮތުން އިސްލާމީ ފަރުދަކު ބިނާކުރުމަށް މިކުރާ މަސައްކަތުގައިވެސް އަސާސްތަކަކަށް ތަބާވުން ލާޒިމެވެ. އެގޮތުން އަޅުގަނޑު މިތަނުގައި 3 އަސާސެއް ފާހަގަ ކުރާނަމެވެ.
ހ. ކީރިތި ޤުރުއާނުގެ ހިޔަލުގައި
ޤުރުއާނުގެ ހިޔަލުގައި މެނުވީ މުސްލިމަކު ބިނާ ނުވާނެއެވެ. އެހެންކަމުން މުސްލިމަކު ބިނާކުރުމަށް އޭނާގެ ވިސްނުންތައް ބިނާކުރުމަށް ޤުރުއާނާއި ސުންނަތް ބޭނުންވެއެވެ. އެހެންކަމުން ޤުރުއާން ކިޔަވަން ދަސްކޮށްގެން ތިމާ ހުރުމަކީ މުހިއްމުކަމެކެވެ.
އެއަށްފަހު ތިމާ އިޞްލާޙުކުރަން ބޭނުންވާ މީހާ ޤުރުއާނާ ގާތްކުރާށެވެ. އެކަންކުރުމުގައި އަވަސްވެ ނުގަންނާށެވެ. އެއްވެސް ގޮތަކަށް ކީރިތި ޤުރުއާން ކިޔަވަން ނޭނގޭ މީހަކަށް، އެންމެ ފުރަތަމަ ކުދި ކުދި ސޫރަތްތައް ކިޔަވަން ދަސްކޮށްދޭށެވެ. އަދި އެއާޔަތްތަކުގެ މާނަތައް ކިޔައިދޭށެވެ. މިއީ ހިތުގައި އީމާންތެރިކަން އިތުރުކުރުމަށްޓަކައެވެ.
ކޮންމެ މީހެއްގެވެސް ފެންވަރު ދެނެގަތުމަށްފަހުގައި އެމީހަކާ އެންމެ އެކަށީގެންވާ ގޮތަށް ޤުރުއާން ދަސްކޮށްދޭށެވެ. އަދި ޤުރުއާނުގެ މާތްކަމާއި، އެފޮތުގެ މޮޅުކަން ސައިންސާއި އެހެނިހެންވެސް ޢިލްމީ ހެކި ތަކުގެ އަލީގައި ބުނެދޭށެވެ. އެއީ ހިތުގައި ޤުރުއާނާމެދު އޮންނަ ޔަޤީންކަން އިތުރުކުރުމަށެވެ.
ށ. ތަސާމުޙުގެ އުޞޫލުގެ މަތީގައ:
ތަސާމުޙޭ މިދެންނެވީ މަޢާފުކުރުމާއި ހިތް ހެޔޮ ކުރުމުގެ އުޞޫލެވެ. މަޑިމައިތިރިކަމާއި ލުއިކޮށް ދަޢުވަތު ދިނުމެވެ. ދީނުގެ ތަކުލީފުތަކަކީ މުޞީބަތެއްކަމުގައި ހީވާނެ ގޮތަށް ވާހަކަ ނުދައްކާށެވެ. މިހާ ހިސާބުންވެސް މިސާލެއް ހިމަނައިލާނަމެވެ. މިއީ ވަރަށް ކުރު މިސާލެކެވެ.
އަލަށް އިސްލާމްވި ޒުވާނަކު ޝައިޚެއް ގާތަށް ގޮސް ދީނަށް އުޅުމަށް ކުރަންޖެހޭނެ ކަންކަމާމެދު، ސުވާލުކުރުމުން ޝައިޚު ވިދާޅުވިއެވެ. " ދުވާލަކު 5 ނަމާދު ކުރަން ޖެހޭނެއެވފަތިހު ތެދުވެގެން ނަމާދަށް ދާންޖެހޭނެއެވެ. ފަތިސް ނަމާދަށް ކަލޭ ކުރިން ނުދަމެއްނު؟ އެއީ ވަރަށް އުދަގޫ ކަމެއް އެކަމަކު ލާޒިމުކަމެއް. ދެން މެންދުރު ޖެހޭނެ ހަތަރު ރަކުޢަތް ހަވީރުވެސް ހަތަރު ރަކުޢަތް ރޭގަނޑު އިރު އޮއްސޭ އިރު، ތިން ރަކުޢަތް ކުރަންޖެހޭނެ، އަދި ރޭވީމަ ޢިޝާކުރަން ޖެހޭނެ"
ހަމަ އެހެން ޝައިޚެއް ކުރެން މިސުވާލު ކުރުމުން ދިން ޖަވާބު ބައްލަވާށެވެ. ތަފާތު އެގިވަޑައިގަންނަވާނެއެވެ. "މާ ބޮޑު ކަމެއް ކުރާކަށް ނުޖެހޭނެ، ފަތިހު ތެދުވެލައިގެން އައިސް ފަތިސް ނަމާދުކޮށްލާނީ، ގާތް ގަނޑަކަށް 15 މިނުޓުވެސް ނުވާނެ، ދެން ތިހެން ބުރަކޮށް މަސައްކަތުގައި އުޅެފައި، މެންދުރު ގަނޑީ ކުޑަ ރެސްޓެއް ނަގާލާނީ، އަނެއްކާވެސް މާތްﷲއަށްޓަކައި 10 ވަރަކަށް މިނިޓު ނަމާދަށް ދޭނީ، އެއަށްފަހު ހަވީރު އަތަށް އަޅާލީމަ، ޢަޞުރުގަނޑީގައިވެސް ނަމާދުކުރަންޖެހޭނެ. ދެން މަޣުރަބު ގަނޑި އަންނާނެ އިރުއޮއްސުނީމަ، އެހައިރުން ދެން މަސައްކަތް ނިމި ގެއަށް ވެސް ދެވޭނެ ދެން ނަމާދުކޮށްލައިގެން، ޤުރުއާން ކިޔަވައިލައިފަ، ދެން ޢިޝާއަށް ގޮވީމަ ޢިޝާކޮށްލަންވީ. އެހާ ބޮޑު ކަމެއްނޫން ،ކޮންމެ ނަމާދަކަށްވެސް ދޭންޖެހޭނީ 10 ވަރަކަށް މިނިޓު."
މިއީ ޚިޔާލީ ދެޖަވާބެވެ. އެހެންނަމަވެސް މިފަދަ ބައެއް ކަންކަން ޙަޤީޤަތަށްވެސް ހިގައިފައިވެއެވެ. އެކަންކަމުގެ ވާހަކަ މިތަނުގައި ލިޔުމުގެ ބޭނުމެއް ނެތެވެ. މުސްތަޤުބަލުގައި މީހަކަށް ދަޢުވަތު ދެނީނަމަ، މިފަދަ ކަންކަމާމެދު ސަމާލުވުން މުހިއްމެވެ.
ނ. ރަނގަޅު އެކުވެރިންގެ އެހީތެރިކަން.
މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުން ފަރުވާ ލިބިގެން މުޖުތަމަޢަށް އައުމަށްފަހު ރަނގަޅު ހެޔޮ މަގުގައި ސާބިތު ނުވެވެނީ، އެކަމުގައި ވާގިވެރިވާނެ އެކުވެރިން ނެތުމުންނެވެ. މިއީ މިޒަމާނުގެ ދިރާސާތަކުން އެގޭ ކަމެކެވެ. އެފަދައިން ދީނުގެ ނައްޞުތަކުންވެސް މިކަމުގެ މައްޗަށް އިޝާރާތްތަކެއް ލިބިފައިވެއެވެ. އިންސާނާވާނީ އޭނާގެ އެކުވެރިޔާގެ ދީނުގެ މަތީގައެވެ. ނުވަތަ އުޅުމުގެ މަތީގައެވެ. ކަނބުރުގެއަށް ވަންނަނީނަމަ، އަޅި ބުރާނެއެވެ.
އެހެންކަމުން ދީނުގެ ތެރެއަށް މީހަކު ގެނައުމަށްޓަކައި ނުބައި މީހާއާ އެކުވެރިވާން ލާޒިމިވާ ޙާލަތެއް އަތުވެދާނެއެވެ. އެއީ ތިމާގެ ޢަޤީދާއާއި އީމާންތެރިކަމަށް އިތުބާރުކުރެވޭ މިންވަރަށް އެކަންކަން ތަރައްޤީވެއްޖެނަމައެވެ. މިހައިރުން ނުބައި ކަމެއް ކުރާ އެކުވެރިއަކު، ގާތް މީހަކަށް ހަނދާ ތިމާގެ ރަނގަޅު އެކުވެރިންނަށް ތަޢާރަފުކޮށްދެވިދާނެއެވެ. ދެން އެކީގައި ހެޔޮކަންކަމުގައި ޝާމިލުވެ އުޅުމަށް މަސައްކަތްކުރެވިދާނެއެވެ. ފަތިހު ފަތިސްނަމާދަށް ވަކި މިސްކިތަކަށް އެންމެން ޖަމާވެ، ނަމާދުކުރުމަށްފަހު އެކީ ސައިބޯން ދިއުން ފަދަ ކަމެއް ރޭވިދާނެއެވެ. ދުވަސްތަކާއެކު، އެކަން ޢާދައަކަށްވެދާނެއެވެ. އަދި ނަމާދަށް ހޭލުމާއި ނަމާދަށް ދިއުމަކީ އެއާދައިގެ ބައަކަށްވެދާނެއެވެ.
މިމަޒުމޫނުގައި އަޅުގަނޑު މިހުށަހަޅައިލި ކަންކަމަކީ ދިވެހި އިސްލާމީ ޙަރަކާތަށާއި ދިވެހި ވަޠަނަށް އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ލޯބީގެ ސަބަބުން ހުށަހެޅި ކަންތައްތަކެކެވެ. މިލިޔުމުގައި ގޯސް ކަމެއް ނުވަތަ އުނިކަމެއްވާނަމަ، މާތްﷲގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދަންނަވަމެވެ. އަދި މިމަޒުމޫނުގައި ހެޔޮ ރަނގަޅު ފައިދާހުރި ވާހަކަތަކެއް ލިޔެވުނުނަމަ، މާތްﷲއަކީ އިޙުސާންތެރިންގެ ޢަމަލުތަކަށް ހެޔޮ ޖަޒާދެއްވާ އިލާހެވެ.

އިސްލާމީ ހަރަކާތޭ ބުނެވުނު ބަހުގެ ދޭހައިގައި އަހަރެން ހިމަނަނީ، ތަނެއްގައި އިސްލާމީ އުސޫލުތައް ފަތުރާ، އިސްލާމްދީނަށް ބަޔަކު އަހުލުވެރިކުރުމަށް ހިންގޭ ހަރަކާތެއް ކަމަށް އެ ހަރަކާތެއްގެ އަހުލުވެރީން ދަޢުވާކުރާ ކޮންމެ ހަރަކާތެކެވެ. އެއީ އަހަރެންނަށް ގަބޫލުނުވެވޭ ކަންކަން ކުރާ ބައެއް ކަމުގައި ވިޔަސްވެހެވެ. އެހެނީ އަހަރެން ދެކޭ ގޮތް ރަނގަޅުވާނެ ކަމަށް ގަބޫލުކުރާއިރު އަނެކާ ދެކޭ ގޮތް ރަނގަޅުވެދާނެ ކަމަށް ގަބޫލުކުރަންޖެހޭތީއެވެ. އަނެކާގެ ރައުޔު ރަނގަޅުވުން މުސްތަހީލުކަމުގައި ދުށުމީ އިސްލާމީ ހަމައެއް ކަމުގައި ނުވާތީއެވެ.
މިގޮތުން ބަލާއިރު އިސްލާމީ ހަރަކާތްތައް ވަރަށް ވެސް ގިނައެވެ. އޭގެ ތެރޭގައި މަތި މަތިން ކުރިލައި ހެދިގެންފައި، ވަޅޯވެގެން މަރުވި ހަރަކާތްތަކާއި، ހެދުނީއްސުރެ ފޯދެމުން ދާ ހަރަކާތްތަކާއި ވަކި ވަރަކަށް ތާޒާ ވެލާން އުޅެފައި އެވަރުގައި ހިފެހެއްޓިފައި ހުރި ހަރަކާތްތައް ވެސް ފާހަގަކުރެވެއެވެ.
މި ޒަމާނަށް ބެލި ނަމަވެސް އިސްލާމީ ތަފާތު މައިގަނޑު ދެތިން ހަރަކާތެއް ދުނިޔޭ ތެރެއިން ފެނެއެވެ. އެއިން ކޮންމެ ހަރަކާތެއް މާހައުލާއި ގުޅިގެން އޭގެ އަސްލަށް ނިސްބަތްކުރަން ނޭނގޭ ވަރަށް ތަފާތުވެ، ބަދަލުވެފައިވާތަން ވެސް ފެނެއެވެ. އެހެންވީމާ ކޮންމެ ހަރަކާތެއްގެ މަބްދައުތައް ވަކި ވަކީން ޖަމާކޮށް ހެދުމަކީ އުނދަގޫ ކަމެކެވެ.
ބައެއް އިސްލާމީ ހަރަކާތްތަކުގެ ބައިވެރީން އެތަންތަނުގެ ވެރީންނަށް ފާޑު ނުކިޔާ، ވީވަރަކުން ޢާންމުން އިސްލާހުކުރަން މަސައްކަތްކުރާއިރު، ހަމަ މިފަދަ ބައެއް ހަރަކާތްތެރީން ސިޔާސަތުގެ ތެރެއަށް ވަނުމީ ފަސާދައިގެ މަގެއް ކަމަށް ދެކެއެވެ.
އަދި ބައެއް ހަރަކާތްތަކުގެ އަހުލުވެރީން ގައުމުގެ ސިޔާސަތުގެ ތެރެއަށް ނުވަދެ، އިސްލާމީ ހަރަކާތެއް ތަނެއްގައި ނަގަހައްޓައި ނުގަނެވޭނެ ކަމަށް ދެކި، އިސްލާމީ ޕާޓީތައް ހެދުން ލާޒިމުކުރޭމެއެވެ.
އަނެއް ބައި ހަރަކާތްތަކުން އިސްވެ ދެންނެވި ދެ ގޮތާ މެދު މާ ހިތްހަމަޖެހޭ ކަމުގައި ނުވެއެވެ. މި ފަދަ ހަރަކާތްތަކުގެ ބައިވެރީން ދެކޭ ގޮތުގައި ބާރުގެ ބޭނުންކޮށްގެން ނޫނީ އިސްލާމީ ހަރަކާތެއް ތަނެއްގައި އަށައެއް ނުގެންނެވޭނެއެވެ. އަދި ވެރިންނަކީ އެ ހަރާކާތާ ދެކޮޅު ބައެއްނަމަ އެމީހުންނާއި ވެސް ހަރުކަށިކަމާއެކު ކުރިމަތިލާންޖެހޭނެއެވެ.
ބާކީ ކޮންމެ ހަރަކާތަކީ މި ދެންނެވި ތިން ހަރަކާތުން ކަފިވެގެން އައިސްފައި ހުރި ގޮފިތަކެވެ.
މީގެ ތެރެއިން އެއް ބައެއްގެ މަންހަޖު އަނެއް ބައެއްގެ މަންހަޖާ ތަފާތެވެ. އެއްބަޔަކު އެހާ މުހިންމު ކަމުގައި ދެކޭ ކަމެއް އަނެއް ބަޔަކަށް އެއީ އެހާ މުހިންމު ކަމެއް ކަމުގައި ނުވާ ފަހަރު އާދެއެވެ. އެންމެން އެއްބަސްވެ އެކައްޗެއް ކިޔާ ފަހަރުވެސް އާދެއެވެ. ނަމަވެސް އަދުގެ އިސްލާމީ ހަރަކާތްތަކުގެ ތެރޭގައި އޮތް އެންމެ ނުބައި ކަމަކަށް ފެނުނީ އެކަކު އަނެކަކަށް ހިތްނުބައިކުރުމުގެ ގޮތްތަކެވެ. ޢުޒުރުވެރިކުރުވުމާއި ޢުޒުރު ގަބޫލުކުރުން ނެތުމުގެ ނުތަނަވަސްކަމެވެ. އަނެކާގެ ބުއްދިއާއި ވިސްނުމަށް، ފިކުރާއި ޚިޔާލަށް އިހުތިރާމުނުކުމުން އުފެދުނު ސުންޕާ ބައްޔެވެ.
ހަގީގީ ނަޒަރަކުން ވިސްނާއިރު މިއިން ކޮންމެ ޖަމާއަތެއްގެ ވެސް މަގުސަދަކީ އެކައްޗެކެވެ. އެ މަގުސަދާ ހަމައަށް ދާން ނެގި މަގު ތަފާތީއެވެ.
މިއިން އެއްވެސް ހަރަކާތަކީ ފުރިހަމަ ހަރަކާތެއް ނޫނެވެ. ސަބަބަކީ އިސްލާމީ ހަރަކާތަކީ އިސްލާމްދީން ތަންފީޒުކުރުމަށް ނުވަތަ ތަންފީޒުކުރުމަށް ޖާގަހޯދުމަށް އިންސާނުންގެ އަމިއްލަ ބުއްދިއަށް ފެންނަ ގޮތަކަށް ހިންގާ ހަރަކާތްތަކެކެވެ. ބާވާލެއްވި އެއްޗެއް ނޫނެވެ. ބާވާލެއްވުނީ އިސްލާމްދީނެވެ. އެދީނުގައި އުނިކަމެއް ނެތެވެ. މީހަކަށް ފާޑުކިޔޭނެ ހަމަ އެއް ކަމެއް ނެތެވެ. ނަމަވެސް އިސްލާމީ ހަރަކާތަކީ އިންސާނުންގެ އުފެއްދުމެކެވެ. ވުމާއެކު އިސްލާމީ ހަރަކާތްތަކުގައި ކުށް ހުރެއެވެ. އިސްލާހުކުރަންޖެހޭ ކަންކަން ހުރެއެވެ. ފާޑުކިޔޭނޭ އަދި ފާޑުކިޔަންޖެހޭނޭ ސިފަތައް ހުރެއެވެ.
ވަރަށް ގިނަ މީހުންނަށްވަނީ (އޭގައި އަހަރެން ވެސް ޝާމިލުވާ ގޮތުން) އިސްލާމީ ހަރަކާތާއި އިސްލާމްދީނާއި އެކައްޗެއް ކަމަށް ހީވެފައެވެ. މިހެންވުމުން އިސްލާމީ ހަރަކާތަކީ އިސްލާމްދީން ކަމަށް ބަލައި އެ ހަރަކާތުން ފެންނަ އުނިކަމަކުން އިސްލާމްދީނަށް ނަފުރަތުކުރާ މީހުން އުޅޭ ފަދައިން، އިސްލާމީ ހަރަކާތަކީ އިސްލާމްދީން ކަމަށް ބަލައި އެއިން ހަރަކާތެއްގެ ކަމަކަށް ފާޑުކިޔައިފި މީހަކީ ދީނުގެ ދުޝްމަނެއް ކަމަށް ބަލާ މީހުންވެސް އެހާ ގިނައީއެވެ.
އެންމެހާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ކުށްތަކުން ހުސްދުރުވެވޮޑިގެންވާ މާތް ﷲ އަޅަމެންގެ މައްޗަށް ދީނެއް ކަމުގައި ރުއްސަވާ ބާވާލެއްވި އިސްލާމްދީނާއި އެ ދީން ތަންފީޒުކުރުމަށް ބުއްދީގެ ގޮތުން އުނި އިންސާނާ ކުރާ މަސައްކަތާއި މިއީ އެއް ދަރަޖައިގެ ދެކަމެއް ނޫންކަން ގަބޫލުކުރުމެވެ. މީގައި އިސްލާމީ ހަރަކާތްތަކުގެ ބައިވެރީންނާއި އެނޫން މުސްލިމުންނާއި ޝާމިލުވާ ގޮތުގައެވެ. އިސްލާމްދީނަށް ނަޞްރު އެދޭނަމައެވެ. އެދީނުގެ ހަރަކާތްތައް ފުޅާވެ ތަނަވަސްވުމަށް އެދޭނަމައެވެ.
އެހެނީ ޢައިބުހުރުން ލާޒިމުވެއްޖެ ކޮންމެ އެއްޗަކީ ކަމަކީ ފާޑުކިޔޭ ފާޑުކިޔަންޖެހޭނޭ އެއްޗެއްސާއި ކަންކަމެވެ. އަދި އެހެންމެ ކަމަކަށް ކިޔޭ ފާޑު އޭގެ ބައިވެރީން ގަބޫލު ނުކުރަނީ ނަމަ އެއީ އެކަމެއް އިންދިރާސްވުމުގެ ފެށުންމެއެވެ.
ނަމަވެސް،......... ނަމަވެސް އިސްލާމީ ހަރަކާތްތަކަށް ފާޑުކިޔުމަށް ދެ ތުންފަތް ހަރަކާތްކުރާ މީހާ، ނުވަތަ ގަލަމުގެ ތުނޑު ޖައްސާ މީހާ، އެ ހަރަކާތްތަކުގެ އަގުވަޒަން ނުކުރާ ނަމަ، ފެންތަށީގައި ފުރިފައި ހުރި ބަޔަށް ރިޢާޔަތް ނުކުރާ ނަމަ، ކިޔޭ ފާޑަކީ އާޑަ ފުރައްސާރައަކަށް ވުން އޮންނާނީ ދާދި ގާތުގައެވެ.
މިގޮތުން ބަލާއިރު އިސްލާމީ ހަރަކާތްތައް ވަރަށް ވެސް ގިނައެވެ. އޭގެ ތެރޭގައި މަތި މަތިން ކުރިލައި ހެދިގެންފައި، ވަޅޯވެގެން މަރުވި ހަރަކާތްތަކާއި، ހެދުނީއްސުރެ ފޯދެމުން ދާ ހަރަކާތްތަކާއި ވަކި ވަރަކަށް ތާޒާ ވެލާން އުޅެފައި އެވަރުގައި ހިފެހެއްޓިފައި ހުރި ހަރަކާތްތައް ވެސް ފާހަގަކުރެވެއެވެ.
މި ޒަމާނަށް ބެލި ނަމަވެސް އިސްލާމީ ތަފާތު މައިގަނޑު ދެތިން ހަރަކާތެއް ދުނިޔޭ ތެރެއިން ފެނެއެވެ. އެއިން ކޮންމެ ހަރަކާތެއް މާހައުލާއި ގުޅިގެން އޭގެ އަސްލަށް ނިސްބަތްކުރަން ނޭނގޭ ވަރަށް ތަފާތުވެ، ބަދަލުވެފައިވާތަން ވެސް ފެނެއެވެ. އެހެންވީމާ ކޮންމެ ހަރަކާތެއްގެ މަބްދައުތައް ވަކި ވަކީން ޖަމާކޮށް ހެދުމަކީ އުނދަގޫ ކަމެކެވެ.
ބައެއް އިސްލާމީ ހަރަކާތްތަކުގެ ބައިވެރީން އެތަންތަނުގެ ވެރީންނަށް ފާޑު ނުކިޔާ، ވީވަރަކުން ޢާންމުން އިސްލާހުކުރަން މަސައްކަތްކުރާއިރު، ހަމަ މިފަދަ ބައެއް ހަރަކާތްތެރީން ސިޔާސަތުގެ ތެރެއަށް ވަނުމީ ފަސާދައިގެ މަގެއް ކަމަށް ދެކެއެވެ.
އަދި ބައެއް ހަރަކާތްތަކުގެ އަހުލުވެރީން ގައުމުގެ ސިޔާސަތުގެ ތެރެއަށް ނުވަދެ، އިސްލާމީ ހަރަކާތެއް ތަނެއްގައި ނަގަހައްޓައި ނުގަނެވޭނެ ކަމަށް ދެކި، އިސްލާމީ ޕާޓީތައް ހެދުން ލާޒިމުކުރޭމެއެވެ.
އަނެއް ބައި ހަރަކާތްތަކުން އިސްވެ ދެންނެވި ދެ ގޮތާ މެދު މާ ހިތްހަމަޖެހޭ ކަމުގައި ނުވެއެވެ. މި ފަދަ ހަރަކާތްތަކުގެ ބައިވެރީން ދެކޭ ގޮތުގައި ބާރުގެ ބޭނުންކޮށްގެން ނޫނީ އިސްލާމީ ހަރަކާތެއް ތަނެއްގައި އަށައެއް ނުގެންނެވޭނެއެވެ. އަދި ވެރިންނަކީ އެ ހަރާކާތާ ދެކޮޅު ބައެއްނަމަ އެމީހުންނާއި ވެސް ހަރުކަށިކަމާއެކު ކުރިމަތިލާންޖެހޭނެއެވެ.
ބާކީ ކޮންމެ ހަރަކާތަކީ މި ދެންނެވި ތިން ހަރަކާތުން ކަފިވެގެން އައިސްފައި ހުރި ގޮފިތަކެވެ.
މީގެ ތެރެއިން އެއް ބައެއްގެ މަންހަޖު އަނެއް ބައެއްގެ މަންހަޖާ ތަފާތެވެ. އެއްބަޔަކު އެހާ މުހިންމު ކަމުގައި ދެކޭ ކަމެއް އަނެއް ބަޔަކަށް އެއީ އެހާ މުހިންމު ކަމެއް ކަމުގައި ނުވާ ފަހަރު އާދެއެވެ. އެންމެން އެއްބަސްވެ އެކައްޗެއް ކިޔާ ފަހަރުވެސް އާދެއެވެ. ނަމަވެސް އަދުގެ އިސްލާމީ ހަރަކާތްތަކުގެ ތެރޭގައި އޮތް އެންމެ ނުބައި ކަމަކަށް ފެނުނީ އެކަކު އަނެކަކަށް ހިތްނުބައިކުރުމުގެ ގޮތްތަކެވެ. ޢުޒުރުވެރިކުރުވުމާއި ޢުޒުރު ގަބޫލުކުރުން ނެތުމުގެ ނުތަނަވަސްކަމެވެ. އަނެކާގެ ބުއްދިއާއި ވިސްނުމަށް، ފިކުރާއި ޚިޔާލަށް އިހުތިރާމުނުކުމުން އުފެދުނު ސުންޕާ ބައްޔެވެ.
ހަގީގީ ނަޒަރަކުން ވިސްނާއިރު މިއިން ކޮންމެ ޖަމާއަތެއްގެ ވެސް މަގުސަދަކީ އެކައްޗެކެވެ. އެ މަގުސަދާ ހަމައަށް ދާން ނެގި މަގު ތަފާތީއެވެ.
މިއިން އެއްވެސް ހަރަކާތަކީ ފުރިހަމަ ހަރަކާތެއް ނޫނެވެ. ސަބަބަކީ އިސްލާމީ ހަރަކާތަކީ އިސްލާމްދީން ތަންފީޒުކުރުމަށް ނުވަތަ ތަންފީޒުކުރުމަށް ޖާގަހޯދުމަށް އިންސާނުންގެ އަމިއްލަ ބުއްދިއަށް ފެންނަ ގޮތަކަށް ހިންގާ ހަރަކާތްތަކެކެވެ. ބާވާލެއްވި އެއްޗެއް ނޫނެވެ. ބާވާލެއްވުނީ އިސްލާމްދީނެވެ. އެދީނުގައި އުނިކަމެއް ނެތެވެ. މީހަކަށް ފާޑުކިޔޭނެ ހަމަ އެއް ކަމެއް ނެތެވެ. ނަމަވެސް އިސްލާމީ ހަރަކާތަކީ އިންސާނުންގެ އުފެއްދުމެކެވެ. ވުމާއެކު އިސްލާމީ ހަރަކާތްތަކުގައި ކުށް ހުރެއެވެ. އިސްލާހުކުރަންޖެހޭ ކަންކަން ހުރެއެވެ. ފާޑުކިޔޭނޭ އަދި ފާޑުކިޔަންޖެހޭނޭ ސިފަތައް ހުރެއެވެ.
ވަރަށް ގިނަ މީހުންނަށްވަނީ (އޭގައި އަހަރެން ވެސް ޝާމިލުވާ ގޮތުން) އިސްލާމީ ހަރަކާތާއި އިސްލާމްދީނާއި އެކައްޗެއް ކަމަށް ހީވެފައެވެ. މިހެންވުމުން އިސްލާމީ ހަރަކާތަކީ އިސްލާމްދީން ކަމަށް ބަލައި އެ ހަރަކާތުން ފެންނަ އުނިކަމަކުން އިސްލާމްދީނަށް ނަފުރަތުކުރާ މީހުން އުޅޭ ފަދައިން، އިސްލާމީ ހަރަކާތަކީ އިސްލާމްދީން ކަމަށް ބަލައި އެއިން ހަރަކާތެއްގެ ކަމަކަށް ފާޑުކިޔައިފި މީހަކީ ދީނުގެ ދުޝްމަނެއް ކަމަށް ބަލާ މީހުންވެސް އެހާ ގިނައީއެވެ.
އެންމެހާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ކުށްތަކުން ހުސްދުރުވެވޮޑިގެންވާ މާތް ﷲ އަޅަމެންގެ މައްޗަށް ދީނެއް ކަމުގައި ރުއްސަވާ ބާވާލެއްވި އިސްލާމްދީނާއި އެ ދީން ތަންފީޒުކުރުމަށް ބުއްދީގެ ގޮތުން އުނި އިންސާނާ ކުރާ މަސައްކަތާއި މިއީ އެއް ދަރަޖައިގެ ދެކަމެއް ނޫންކަން ގަބޫލުކުރުމެވެ. މީގައި އިސްލާމީ ހަރަކާތްތަކުގެ ބައިވެރީންނާއި އެނޫން މުސްލިމުންނާއި ޝާމިލުވާ ގޮތުގައެވެ. އިސްލާމްދީނަށް ނަޞްރު އެދޭނަމައެވެ. އެދީނުގެ ހަރަކާތްތައް ފުޅާވެ ތަނަވަސްވުމަށް އެދޭނަމައެވެ.
އެހެނީ ޢައިބުހުރުން ލާޒިމުވެއްޖެ ކޮންމެ އެއްޗަކީ ކަމަކީ ފާޑުކިޔޭ ފާޑުކިޔަންޖެހޭނޭ އެއްޗެއްސާއި ކަންކަމެވެ. އަދި އެހެންމެ ކަމަކަށް ކިޔޭ ފާޑު އޭގެ ބައިވެރީން ގަބޫލު ނުކުރަނީ ނަމަ އެއީ އެކަމެއް އިންދިރާސްވުމުގެ ފެށުންމެއެވެ.
ނަމަވެސް،......... ނަމަވެސް އިސްލާމީ ހަރަކާތްތަކަށް ފާޑުކިޔުމަށް ދެ ތުންފަތް ހަރަކާތްކުރާ މީހާ، ނުވަތަ ގަލަމުގެ ތުނޑު ޖައްސާ މީހާ، އެ ހަރަކާތްތަކުގެ އަގުވަޒަން ނުކުރާ ނަމަ، ފެންތަށީގައި ފުރިފައި ހުރި ބަޔަށް ރިޢާޔަތް ނުކުރާ ނަމަ، ކިޔޭ ފާޑަކީ އާޑަ ފުރައްސާރައަކަށް ވުން އޮންނާނީ ދާދި ގާތުގައެވެ.
ތަފާތުތައް އެއީ ކޮންމެ ތަނަކުންވެސް ފެންނަކަމެކެވެ. ބަގީޗާއެއްގައި މުޅިން އެއްބާވަތެއްގެ މާއިންދާފައި ހުރިނަމަ އެއީ އުނި ބަގީޗާއެކެވެ. މުޅިން އެއްކުލައިގެ ތަޞްވީރެއްނަމަ، ބަލައިލަން އުދަގޫވާނެއެވެ. މުޅިން އެއްވިސްނުމަކަށް އިންސާނީ ޖަމާޢަތެއް އައުމަކީ މުސްތަޙީލުކަމެކެވެ. އެންމެ މީހެއްގެ ހިތެއް މާތްﷲ ދެއްވިނަމަ އެހެން އެކަންވީހެވެ. އެކަމަކު ފިކުރުތައް ތަފާތެވެ. ވިސްނުންތައް ނުހަނު ތަފާތެވެ. އެއީ މާތްﷲ އިންސާނާގެ ކިބައިގައި ލެއްވި ފިޠުރީ ޞިފައެއްނޫންތޯއެވެ؟ އެހެންކަމުން އެޞިފައިން ރެކިގަނެވޭނެތޯއެވެ؟ ނޫނެކެވެ. ތިކަމެއް ނުވާނެއެވެ. އެހެންކަމުން އެޞިފައާމެދު މުޢާމަލާތްކުރަން ދަސްކުރަންވީއެވެ.
އަޒުހަރުގައި އަޅުގަނޑު
އަޒުހަރުގައި އަޅުގަނޑު
އަޅުގަނޑު މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީއަށް ކިޔަވަން އައީ އަޅުގަނޑުގެ އަމިއްލަ އިޚުތިޔާރުންނެވެ. އަޅުގަނޑުގެ މަޤުޞަދަކަށްވީ އިސްލާމީ ޝަރީޢަތާއެކު ދުނިޔަވީ ކޮންމެވެސް ޢިލްމެއް އުނގެނުމެވެ. ފިކުރު އިތުރަށް ތަނަވަސްކުރުމަށެވެ. އަޅުގަނޑު އެސަބަބަށްޓަކައި އިޚުތިޔާރުކުރީ ޝަރީޢަތާ ޤާނޫނެވެ. އެއީ އިތުރު ޢިލްމެއްގެ ގޮތުގައި ޤާނޫނީ ޢިލްމު އުނގެނި ގަތުމުގެ ބޭނުމުގައެވެ.
އަޒުހަރުގައި ކިޔަވަން ފެށުމުން ހިތަށްވެރިވެގެން އައީ ހައިރާންކަމެވެ. އަޅުގަނޑު އަޖައިބުކުރުވީ އަޒުހަރުގެ މުޤައްރަރުތަކެވެ. އިތުރަށް އަޅުގަނޑަށް ހައިރާންކަން ލިބިގެންދިޔައީ އަޒުހަރުގެ މުދައްރިސުންގެ ފަރާތުންނެވެ. އެބޭފުޅުންގެ ކިބައިން ފެނުނު ބައެއް ކަންކަމުގެ ސަބަބުންނެވެ.
މުޤައްރަރުތަކުގެ ތަނަވަސްކަން ފެނުމުން އަޖައިބުވެ އަންތަރީސްވާހާވެއެވެ. ޝަރީޢަތާއި ޤާނޫން ކިޔަވާ ކުއްޖަކު ހަމައެކަނި ފިޤުހުގެ މާއްދާތަކުގެ ގޮތުގައި ހަތަރު މާއްދާ ނުވަތަ ހަތަރު ކަފި ކިޔަވަން ޖެހެއެވެ. އެއީ ޒަމާނީ ފިޤުހީ މައްސަލަތައް ކިޔަވައިދޭ އެކަމަށް ޚާއްޞަ މާއްދާއަކާއި މަޛުހަބީ ފިޤުހު ކިޔަވައިދޭ ދެމާއްދާއާއި ފިޤުހުލް މުޤާރަންގެ އެއްމާއްދާއެވެ. މަޛުހަބީ ފިޤުހުގައި ކޮންމެ ކުއްޖަކުވެސް އެކުއްޖަކު ނިސްބަތްވާ މަޛުހަބެއްގެ އިހުގެ ތުރާޘީ ފޮތަކާއި މިޒަމާނުގެ ޢިލްމުވެރިންގެ ފޮތެއް ކިޔަވައެވެ. މިކަމުގެ ސަބަބުން ކުރީގެ ފޮތްތައް ދިރާސާކޮށް ތަޙުޤީޤުކުރުމުގެ އުސްލޫބުތައް ދަސްވަމުން އައުދެއެވެ. އަދި ފިޤުހުލް މުޤާރަންގައި ހުރިހާ މަޛުހަބެއްގެ ރައުޔަތައް ތަފްޞީލުކޮށް ކިޔަވައެވެ. ކޮންމެ މަޛުހަބެއްގެ ދަލީލުތަކާއެކުގައެވެ. އަދި އުޞޫލުލް ފިޤުހުގައިވެސް މިދެންނެވި ބީދައިން ތުރާޘީ ނުވަތަ ޒަމާންވީ ފޮތަކާއި ފަހުގެ ފޮތެއް ކިޔެވުމުގައި ބޭނުންކުރަން ޖެހެއެވެ. މިކަމުގެ ސަބަބުން އިހުގެ އެންމެ މުސްކުޅި ފޮތްތައް ބަލައި އިހުގެ ޢިލްމުވެރިން ދޫކުރެއްވި އަގުހުރި ޚަޒާނާގެ ތެރެއަށް ވަނުމުގެ ފުރުޞަތު ދަރިވަރަށް ފަހިވެއެވެ.
ހަމައެފަދައިން އަޒުހަރުގެ މުޤައްރަރުތައް ފެނުނީ މިނިވަން މުޤައްރަރުތަކެއް ކަމުގައެވެ. އެމުޤައްރަރުތަކުގައި ދަރިވަރަށް ވަކިކަމެއް ވަކި ގޮތަކަށް ޤަބޫލުކުރުން ލާޒިމުކޮށްފައިނެތެވެ. މިހެންކަމުން މިޞްރުގައި އިސްލާމީ ޝަރީޢާ ނުވަތަ އިސްލާމީ ޝަރީޢަތާ ޤާނޫނުގެ ޢިލްމު އުގެނޭ ދެމީހެއްގެ ފިކުރު އެއްގޮތްވުމަށްވުރެ ގާތް ގޮތަކީ ނުވުމެވެ. އެމީހެއްގެ ވިސްނުމަށާއި އެމީހެއްގެ ޢިލްމަށް ބުރަވެވުނު އެންމެ ރަނގަޅު ގޮތެއް ޤަބޫލުކުރުމުގެ މިނިވަންކަން ކޮންމެ ދަރިވަރަކަށްމެ، ލިބިގެންވެއެވެ. މާނައަކީ އަޅުގަނޑަކީ އަޅުގަނޑުގެ އުސްތާޛުގެ ނަކަލެއްނޫނީމުއެވެ. އަޅުގަނޑަކީ އަޅުގަނޑެވެ. އަޅުގަނޑުގެ ވިސްނުމަކީ އަޅުގަނޑުގެ މަސައްކަތުން ބިނާކުރި ވިސްނުމެކެވެ. އުސްތާޛު ދެއްކެވީ މަގެވެ. ފޯރުކޮށްދެއްވީ މަޢުލޫމާތެވެ.
މުދައްރިސުންނާމެދު އަޖައިބުވާން ޖެހުނީ ކީއްވެގެންތޯއެވެ؟ އެކިވިސްނުމުގެ ބޭފުޅުން އެއް ހިޔާވެއްސެއްގެ ދަށުގައި އެކީ އުޅުއްވާތަން ފެނުމުންނެވެ. ވަރަށް ތަފާތު ވިސްނުންތަކުގެ ބޭފުޅުން ކިޔަވައިދެއްވަން ވަޑައިގަންނަވައެވެ. އެގޮތުން ފިޤުހީ ޚިލާފުތައް ހުރި ފަދައި ޤާނޫނީ ބޭފުޅުންގެ މެދުގައިވެސް ޚިލާފުތައް އެބަހުއްޓެވެ. އަދި އެހުރިހާ ބޭފުޅުންގެ މެދުގައިވެސް ޖުމްލަކޮށް އެކިވަރުގެ ޚިލާފުތައް އެބަހުއްޓެވެ. އެހެންނަމަވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިޙުތިރާމްކުރައްވަނީ ހައުދަހައި ބޮޑަށެވެ. ބޭފުޅަކަށް ރައްދު ދެއްވާއިރު ނަންވެސް ވިދާޅުވަނީ ތަވާޟުޢުވެރިކަމާއެކުގައެވެ. އަޅުގަނޑަށް ހީވީ ޢިލްމުވެރިންގެ ސިޔަރަތު ލިޔެވިފައި އެހެރަ ފޮތްތަކުގައި ހުރި ވާހަކަތައް ދިރިގެން އަންނަ ހެންނެވެ. އަޅުގަނޑަށް ހީވެފައި އޮތީ ސަލަފުންގެ މެދުގައި އޮތް އެއްބޭކަލަކު އަނެއް ބޭކަލަކަށް އިޙުތިރާމްކުރެއްވުމުގެ ރިވެތި އުޞޫލު ނެތިވެ އިންދިރާސްވެއްޖެކަމުގައެވެ. އެހެންނަމަވެސް ޙަޤީޤަތަކީ އެއެއްނޫނެވެ. އަދިވެސް ބައެއް ހިސާބުތަކުގައި އެއުޞޫލު އެބަފެނެއެވެ. އެރިވެތި ނަމޫނާ ބަލައިގަނެ ފޮތްތަކުން ކިޔުމަށްފަހު އެއަށް ޢަމަލުކުރާ ބަޔަކުވެސް ފެނިއްޖެއެވެ. މިހެން މިދެންނެވީ އެއްވެސް ޙާލެއްގައި އެހެން ޔުނިވަރސިޓީތަކުގައި ނެތްކަމުގައި ޤަބޫލުކޮށްގެނެއްނޫނެވެ. އެކަމަކު މިހެން މިދެންނެވީ އަޅުގަނޑަށް ފެނިފައިނެތީތީއެވެ. އަޅުގަނޑަށް ފެނުނީ ދިވެހިރާއްޖެއާއި މިޞްރެވެ. އެހެންތަނެއް ދެކިލުމުގެ އުންމީދު ހިތުގައި އެބައޮތެވެ.
އާއެކެވެ. އަޒުހަރުގައިވެސް މައްސަލަތަކެއް އެބަހުއްޓެވެ. އެހެންނަމަވެސް މިދެންނެވި ކަންކަމަކީ ޢިލްމު އުނގެނޭ ދަރިވަރެއްގެ ކިބައިގައި ހުރުން ލާޒިމް ޞިފަތަކެކެވެ. އުނިވުމެއްނެތި ލިބިފައި ހުންނަންޖެހޭ ޞިފައެކެވެ. އަނެކުންނަށް އިޙުތިރާމްކުރުމުގެ އުޞޫލެވެ. އަޅުގަނޑަށް އެކަނި ކަންކަން އެގޭކަމަށް ހީވެ، ބޮޑާވެރިކަމާއި ފަޚުރުގެ ސަބަބުން ކަނުވެގެންނުވާނެއެވެ. އަޅުގަނޑުގެ ނިސްބަތުންވެސް ހުންނާނީ އެގޭކަންކަމާއި ނޭނގޭކަންކަމެވެ. އެހެންކަމުން އަނެކާގެ ރައުޔައަކީވެސް މުޢުތަބަރު ޢިލްމުވެރިއެއްގެ އަރިހުން އައިސްފައިވާ މުޢުތަބަރު ރައުޔައެއްނަމަ، އެކަމުގައި އަޅުގަނޑު އިސްކުރާނީ ހެޔޮ ވިސްނޭ ބުއްދިވެރިން އިސްކުރާ މަންހަޖެވެ. ދުލަށް އައިހައި އެއްޗެއްބުނެ، އަނެކުންނާމެދު ހިތުހުރި ގޮތަކަށް ދުލާއި ގަލަން ޙަރަކާތްތެރިކުރުވާނީއެއްނޫނެވެ. އަނެކުން ބުނިއެއްޗެއް ރަނގަޅަށް ދޭހަކުރުމަށްފަހު، އެއަށް ޢިލްމީ އޮއްޓަރުހުރި، ބުރަދަނެއް ހުރި ރައްދެއްދޭނީއެވެ.
އަޅުގަނޑު ދިރިއުޅޭ ގޭގައި އަޅުގަނޑު
އަޅުގަނޑަށް މިޞްރަށް އައިސް ކަންދިމާކުރި ގޮތުން ދިރިއުޅެން މިޖެހުނީ އެންމެ އަހަރެއްގެ ތެރޭގައި ޝަރީޢާ އިސްލާމިއްޔާއިން ޑިގްރީ ނިންމަވާނެ އަޚަކާއި، އިޖުތިމާޢީ ޢިލްމުން ޑިގްރީ ނިންމަވާނެ ބޭފުޅަކާއެކުއެވެ. ދެބޭފުޅުންނަކީވެސް އަޅުގަނޑުގެ ދެއަޚުންނެވެ. މިހާރު އަޅުގަނޑުގެ އެންމެ ގާތް ދެރަޙުމަތްތެރިންނެވެ. އެދެބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ ސީދާ ދީނުގެ ކަންކަން ދިރާސާކުރައްވާ އެޢިލްމު އުގެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެބޭފުޅާއާއި އަޅުގަނޑާމެދުގައި ނުހަނު ގިނަ ޚިލާފުތައް އެބަހުއްޓެވެ. ދީނުގެ ފިޤުހީ ފަރުޢީކަންކަމުގައެވެ. އެހެންނަމަވެސް އެބޭފުޅާއަކީވެސް ދީނަށް ލޯބިކުރައްވާ ބޭފުޅެކެވެ. އެކަމަކު އަޅުގަނޑަށް ފަހުމްވާގޮތް ނޫންގޮތަކަށް ބައެއްކަންކަން ފަހުމްވެވަޑައިގަންނަވަނީއެވެ. އަޅުގަނޑުގެ ޤަބޫލުކުރާ ބައެއްކަންކަން އެބޭފުޅާ ޤަބޫލުނުކުރައްވައެވެ. އަދި އެބޭފުޅާ ޤަބޫލުކުރައްވާ ބައެއްކަންކަން އަޅުގަނޑުވެސް ޤަބޫލެއްނުކުރަމެވެ. ދެވަނަ ބޭފުޅަކީ ސިޔާސީގޮތުން އަޅުގަނޑާ ނުހަނު ވިސްނުން ތަފާތު ބޭފުޅެކެވެ. ސިޔާސީ ގޮތުން މިހައި ހަލަބޮލިކަން ބޮޑު ދުވަސްވަރެއްގައި އެޚިޔާލުތަފާތުވުންތައް ހިލި، އެކަމާ ވާހަކަދެއްކޭތަންވެސް އައުދެއެވެ. ހަމަ ދީނީކަންކަމުގައި ޚިޔާލުތަފާތުވެ ހޫނު ބަޙުސްތައްކޮށް ޙުއްޖަތުން ޙުއްޖަތަށް ރައްދުދީ ހަނދަނީ މަދުންނެއްނޫނެވެ.
މިދެންނެވި ޚިޔާލު ތަފާތުވުންތައް ހުރި އިރު، އެއްބަސްވެވޭކަންތައްތަކެއް އހުރިކަން އަޅުގަނޑުމެން ހަނދާން ނެތިގެންނުދެއެވެ. އަސާސީ ކަންތައްތަކެވެ. އަޅުގަނޑުމެން ތިން މީހުންނީވެސް މުސްލިމުންނެވެ. އަޅުގަނޑުމެން ތިންމީހުންނަކީ ދިވެހިންނީމުއެވެ. އަޅުގަނޑުމެންނީ އެއް ލަނޑުދަނޑިއަކަށް ވާޞިލްވާން ބޭނުންވާ މީހުންނީމުއެވެ. އިސްލާމީ ޝަރީޢަތް ދިވެހި ޤައުމުގައި ތަންފީޛުކުރުމެވެ. ދިވެހި ޤައުމަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމެވެ. މިކަންކަން ވިސްނުމުގެ އުދަރެހުން ފިލައިނުދެއެވެ. އަބަދުވެސް ކުރިމަތިން ފެންނަނީ މިލިސްޓެވެ. އެހެންވީމާ ތިބާއީ މިވެނި، އެވެނި ފިކުރަކަށް ތަބާވާ އެވެނިކަހަލަ އެވެނި ޒާތުގެ މީހެކޭ ބުނުމުގެ ހިތްވަރެއް ނުލިބެއެވެ. ބުނެވެނީ ތިބާ ތިބުނާގޮތަށްވުރެ ގައިމު، ހެޔޮކަން ބޮޑީ މިގޮތެވެ. ސަބަބުތައް މިހިރީއެވެ. މިހެން ބުނެލައި ފުއްދައިލަމެވެ. ނަމާދުކޮށް ރޯދަހިފައި މާތްﷲގެ ފޮތް ކިޔަވައި އެކަލާނގެ ރަސޫލުﷲގެ ސުންނަތް ދިރާސާކުރާ އަޚަކު ދީނުން ބޭރުކޮށް ހަދާކަށް، ނުވަތަ އޭނައަކީ ދީން ހަލާކު ކުރަން އުޅޭ މީހެކޭ ބުނާކަށް ނުކެރެއެވެ.
މިހުރިހާ ވާހަކައެއްދެއްކީ ކީއްވެ ހެއްޔެވެ؟
އާއެކެވެ. ޢިލްމު އުނގެނެމުންދާ މީހަކަށް އެމީހެއްގެ އަޚުންގެ ޙައްޤުތައް އެގުން މުހިއްމެވެ. އަޅުގަނޑުގެ އަޚުންގެ ތެރެއިން އަޚަކު އަޅުގަނޑު ބޭނުންނުވާ ޢިލްމުވެރިއެއްގެ ފޮތެއް ބަލާތީ، އެފަރާތަކީ ތަންދޮރު ނުދަންނަ ޖާހިލެއްކަމުގައި ބުނަން އަޅުގަނޑުމިއީ ކާކުތޯއެވެ؟ އެފަރާތަށް ޙުއްޖަތް ދެއްކުން މާ ރަނގަޅު ނޫންތޯއެވެ؟ އެހެންނޫނަސް މީހެއްގެ ގޯސްކަމެއް ހުރުމުން އެންމެހައި ކަންކަމުގައި ގޯސްވާނެކަމަށް ޤަބޫލުކުރުމަކީ ބުއްދީގެ ތިލަފަތަކުން، ދީނުގެ މީޒާނުން ކިރާއިރު ރަނގަޅު ގޮތެއްތޯއެވެ؟
އިސްލާމްދީނަކީ ރަޙުމަތުގެ ދީނެވެ. މިއީ އަޅުގަނޑުމެން ދުލުކޮޅުން ކިޔައިލައި މާނައެއްނެތް ލަފްޒެއްކަމުގައި ހަދައިގެންނުވާނެއެވެ. މުސްލިމުންނަކީ އެބައިމީހުންގެ މެދުގައި ރަޙުމަތުގެ އުޞޫލު އިސްކުރާ ކާފަރުންގެ މައްޗަށް ހަރުކަށިވާންޖެހޭ ޙާލަތްތަކުގައި ހަރުކަށި ބައެކެވެ. މާނައަކީ މުސްލިމުންގެ އުޞޫލަކީ ރަޙުމަތުގެ އުޞޫލެވެ. މުސްލިމުންގެ މެދުގައި އޮންނާނީ ރަޙުމަތެވެ. ކުށެއްކުރެވޭ މުއުމިނާއަށްވެސް ރިވެތި އުޞޫލުން މުޢާމަލާތްކުރަންޖެހެއެވެ. ކީރިތި ރަސޫލުﷲ މިސްކިތުގެ ތެރެއަށް ކުޑަކަމުދިޔަ އަޢުރާބީއާމެދު ކަންކުރެއްވި ގޮތުގެ ވާހަކަވެސް އަޑު އައްސަވަމު ނޫންތޯއެވެ؟ އަދި ތިބާގެ އަޚާއަށް ކުށްކުރެވޭ ހިދު ޢުޛުރު ދިނުމަށް އަމުރުކުރެއްވިކަން، އެކަލޭގެފާނުގެ އަރިހުން ވާރިދުވެފައި ނުވޭބާވައެވެ؟ އަނެކުންނާ މެދު ހެޔޮކޮށް ވިސްނުމަށް އިސްލާމް ދީން ގޮވައިލައިފައި ނުވޭހެއްޔެވެ؟ މިކަންކަމުން ޢިބުރަތެއް ލިބިގަތުން ކިއެއްތޯއެވެ؟
ތެދެކެވެ. މުސްލިމުންގެ މެދުގައިވެސް ކުށްވެރިން ތިބޭނެއެވެ. ކުށްވެރިންނަކީ ކުށަށް އަރައިގަނެވޭ މީހުންނެވެ. އަދި ޢިލްމުވެރިންނަށްވެސް އެބޭކަލުންގެ އިޖުތިހާދުތަކުގައި ކުށްކުރެވޭނެއެވެ. އަޅުގަނޑުމެންގެ ދީނުގައި އިމާމުންނަށާއި ޢިލްމުވެރިންނަށް މުޤައްދަސްކަމެއް ނުވަތަ މަޢުޞޫމްކަމެއް ލިބިފައިނެތެވެ. މުޤައްދަސްވެގެންވަނީ މާތްﷲގެ ފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތެވެ. އެހެންކަމުން ބައެއް ފަހަރަށް ބައެއް ޢިލްމުވެރިންގެ ބަސްފުޅަށް ކަމޭހިތުމުގައި ހައްދު ފަހަނައަޅައި ދެވެނީ ކީއްވެތޯއެވެ؟ އެފަދަ ކަމޭހިތުމަކީ އެބޭފުޅުންނަށް ދެވޭ އުނިކަމެއްކަމުގައި ނުވެދާނެތޯއެވެ؟ ޢިލްމުވެރިންގެ ފަތުވާތަކުގައި އެއީ މުޤައްދަސް ނައްޞެއްކަމުގައި ދެކިގެން ހިފާހިފުމަކީ ކުށެއް ނޫންބާވައެވެ؟
ދަސްކުރަންވީ މުހިންމު ޤާޢިދާއެއް!
މިތަނުގައި އަޅުގަނޑުގެ މުދައްރިސަކު ދެއްކެވި ވާހަކައެއް ކުރުގޮތަކަށް ހިމަނައިލާނަމެވެ. ދީނުގެ ފިޤުހު ޢިލްމަށް މީހަކު ވަންނަން އެދޭނަމަ، އޭނާގެ މައްޗަށްވަނީ އަންނަނިވި ފިޤުހީ ޤާޢިދާ ދަސްކުރުމެވެ. المجتهد إما مصيب و إما مخطئ إن أصاب له أجران و إن أخطأ لة أجر ޢިލްމުވެރިންކުރެ އިޖުތިހާދުކުރައްވާ (ދަލީލުތަކުގެ އަލީގައި ޙުކުމެއް ނެރުއްވާ) ބޭފުޅާވަނީ ރަނގަޅުގޮތަށް ވާޞިލުވެވަޑައިގެންނެވުނު ނޫންނަމަ ކުށްގޮތަށް މައްސަލަ ނިންމެވުނު ބޭފުޅެއްކަމުގައެވެ. ރަނގަޅު ގޮތަށް ވާޞިލުވެވުނުނަމަ، އެބޭފުޅަކަށް އޮތީ ދެދަރުމައެވެ. ކުށްގޮތަށް ނިންމެވުނުނަމަ، އެބޭފުޅަކަށް ދަރުމައެއްވެއެވެ.
ރަނގަޅު ގޮތަށް ވާޞިލުވެވަޑައިގެންނެވުނު ބޭފުޅަކަށް ދެދަރުމަ ލިބެނީ ރަނގަޅުގޮތް އެގިވަޑައިގަތް ގަތުމަށާއި އެހިސާބަށް ވާޞިލުވެވަޑައިގަތުމަށް ކުރެއްވި މަސައްކަތްޕުޅަށެވެ. ކުށްގޮތަށް ނިންމެވުނު ބޭފުޅާއަށް އެންމެ ހެޔޮކަމެއް ލިބިވަޑައިގަތީ ކުރެއްވި މަސައްކަތަށެވެ. އަޅުގަނޑަށްވެސް މިއަދު އެދުވަހު މުދައްރިސް އެވިދާޅުވި ވާހަކަ ޤަބޫލުކުރެވިއްޖެއެވެ.
މިޤާޢިދާ އެނގޭނަމަ، އަޅުގަނޑުގެ އަޚަކު އަޅުގަނޑަށް ފެންނަ އެންމެ ހެޔޮ ގޮތާ ޚިލާފުވުމުން އެއަޚުގެ ހިތު ނިޔަތް ނުބައިކޮށް އެޚަކު ކިޔަވާތަނަށް ބަދު ބަސްބުނެ، ނުވެސް ބެހޭ ބައަކާމެދު ޣީބަ ބުނެ ނެހެދީމުހެވެ. އާދޭހެވެ. ޚިޔާލުތަފާތުވުމަށް ޖާގަ ދިނީމުހެވެ. އެހެނި އޭނާގެ ފެންވަރުން އޭނާ އެކުރީ އިޖުތިހާދެކެވެ. އެއީ އެންމެ ދަށު ފަންތީގެ އިޖުތިހާދެއްކަމުގައިވެދާނެއެވެ. ދަލީލުތަކަށް ބެލުމަށްފަހު އެންމެ ޤަބޫލުކުރެވޭ ދަލީލަކަށް ތަބަޢުވީއެވެ. އަދި ދަލީލުން އެކި ބޭފުޅުންނަށް ފަހުމުވެވަޑައިގަތް މާނަތައް ދިރާސާކުރުމަށްފަހު އޭނާގެ ސިކުނޑިއަށް އެންމެ ޤަބޫލުކުރެވުނު ރައުޔައަކަށް ތަބާވީއެވެ. ނުވަތަ ލިބިހުރި ޢިލްމުގެ އަލީގައި ތަބާވާނެ ރައުޔައެއް އިޚުތިޔާރުކުރީއެވެ.
އެފަދަ އަޚަކާމެދު އޮތީ ތިންޙާލަތެކެވެ. އަޅުގަނޑަށްވުރެ ޖާހިލު، ތަންދޮރު ނުދަންނަ ފަރާތެއްކަމުގައި އެއަޚު ވީއެވެ. އެހެންކަމުން ޖާހިލާއަކީ ޢުޛުރު ލިބިގެންވާ މީހެކެވެ. އެގެންދެނެވެ. އަޅުގަނޑުގެ މައްޗަށް މިޙާލަތުގައި އޮތީ އުގަންނައިދިނުމަށް މަސައްކަތްކުރުމެވެ. ދެވަނަ ޙާލަތަކީ އެއަޚަށް އަޅުގަނޑަށް ނޭނގޭ އެއްޗެއް އެގެނީއެވެ. މިޙާލަތުގައި އަޅުގަނޑުގެ މައްޗަށް އޮތީ އޮޅުންފިލުވުމެވެ. ތިންވަނަ ޙާލަތުގައި އެއަޚަކީ ހަވާނަފްސަށް ތަބާވާ މީހެކެވެ. މިޙާލަތުގައި އޮތީ ނަޞޭޙަތް ދިނުމެވެ. ފަޟީޙަތްކުރަން އުޅުމެއްނޫނެވެ. ސުވާލަކީ އޭނާ ތަބާވަނީ ހަވާނަފްސަށްކަން ތިބާއަށް އެގޭނެތޯއެވެ؟
މިހުރިހާ ޙާލަތެއްގައިވެސް އިޙުތިރާމްކުރަން އެބަޖެހެއެވެ. އަދި އަމުދުން މުޢުތަބަރު ޚިލާފެއްނަމަ، އެކަން އެގޮތުގައި ބަލައިގަނެ ރައްދުވެސް ދޭންވީއެވެ. އެކަމަކު ޒާތީނުވެއެވެ. ރިވެތި ގޮތުގައެވެ. އޭނާއަކީވެސް މުސްލިމެއްކަން ދަނެގެނެވެ. އެއީވެސް އިންސާނެއްކަމާއި އިޙުސާސްތަކެއް ހުންނާނެކަން ދަނެގެނެވެ. އެއީ ޖަނަވާރެއް ނުވަތަ ހައިވާނެއްކަމުގައިވިޔަސް ރަޙުމަތުގެ މިދީނުގައި މުޢާމަލާތްކުރަންޖެހީ އޯގާތެރި ގޮތުގައި ނޫންތޯއެވެ؟ އަޅުގަނޑު ތިބާއަށް އިޙުތިރާމްނުކުރާނަމަ، އަޅުގަނޑަށް އަނެކުން އިޙުތިރާމުކުރުމަށް އުންމީދުކުރެވެނީ ކީއްވެތޯއެވެ؟ އަނެކުންގެ އަނބުރު ރައްކާތެރިކުރުމަކީ އަޅުގަނޑުވެސް ކުރިއަރުވަން މިއުޅޭ އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތަކުގެ ތެރެއިން މަޤުޞަދެއްކަން ހަނދާނުން މިފޮހެލެވުނީ ކީއްވެތޯއެވެ؟
ނިންމުން.....އެންމެ ފަހުންވެސް...!
މިމަޒުމޫނުގެ ސުރުޚީގައި އެވަނީ އަޅުގަނޑުމެންގެ މިހުރިހާ މައްސަލަތަކެއްގެ ޙައްލެވެ. އިސްލާމީ އުންމަތް ނިކަމެތިކަމުގެ މިއަދަވަޅުން މިންޖުކުރެވޭނީ އެއިރުންނެވެ. އާދޭހެވެ. ޚިޔާލުތަފާތުވުންތައް ބަލައިގަނެ، ބައިބައިވުމަށް ފުރުޞަތުނުދީ ކުރިއަށް ދާންވީއެވެ. އަޅުގަނޑުގެ ތަޖުރިބާއަށް ބަލާއިރު އެއީ ކުރަން އުޅެއްޖެނަމަ، ކުރެވޭނެކަމެކެވެ.
އަޅުގަނޑުގެ ދުޢާއަކީ މިފަދަކަންކަމުގައި އަޅަމެންނަށް ހެޔޮވިސްނުންދެއްވައި މާތްﷲ ރުއްސަވާ މަގަށް މަގުދެއްކެވުމެވެ. އަދި ރިވެތި އަޚުލާޤާއި އުޅުންތެރިކަން އަޅަމެންގެ ޒީނަތެއްކަމުގައި ލައްވައި، ދެއްކުންތެރިކަމާއި ކެހިވެރިކަމުގެ ވިހައިން އަޅަމެންގެ ހިތްތައް މިންޖުކުރެއްވުމެވެ. އާމީން!
ނޯޓު: ކޮމެންޓުކުރެއްވުމުގައި ޒިންމާދާރުވެވަޑައިގަތުމަށް ނަޞޭޙަތްތެރިވަމެވެ. ކުރައްވާ ކޮމެންޓުތައް މަތިކުރެވޭނެއެވެ. ރަނގަޅު ޚިޔާލުތަކެއް ފާޅުކުރެއްވުމީ ކިޔުންތެރިންގެ ޒިންމާއެކެވެ. އެހެންނަމަވެސް ކުރައްވާ ކޮމެންޓުތައް އިސްލާމީ ރިވެތި އަޚުލާޤާ ފުށުއަރާކަމަށް މިބްލޮގް ވިދާޅުވާ ފަރާތަކުން ޝަކުވާއެއްކުރެއްވިނަމަ، އެކޮމެންޓެއް އުނިކުރާނަމެވެ. ޝުކުރިއްޔާ!
އަޅުގަނޑުމެންގެ ޤައުމުގައި އިސްލާމީ ޙަރަކާތްތައް އިހުނަށްވުރެ ގިނަވެފައި، ތަނަވަސް ގޮތެއްގައި އިހުނަށްވުރެ ފާޅުކަން ބޮޑު ގޮތުގައި ހިގަމުން އަންނަކަމީ އުފާކުރުން ލާޒިމު ޙަޤީޤަތެކެވެ. އެހެންނަމަވެސް ޙަރަކާތުގެ ޅަކަމާއި ވިސްނުންތަކުގެ ތަޞައްރަފު ފުދުމުގައި ދަތިކަމެއް ހުރީތީ ޙަރަކާތުގައި ބައެއްކަހަލަ މައްސަލަތައް ފާހަގަވަމުން އައުދެއެވެ. އެއީ މައްސަލައެއްނޫނެވެ. މައްސަލައަކީ މިކަންކަމާމެދު ޚިޔާލު ފާޅުކޮށް މަގުދައްކައިދިނުމަށް މަސައްކަތްކުރެވޭ މިންވަރު ކުޑަވުމެވެ.
ދިވެހި އިސްލާމީ ޙަރަކާތަކީ ސަލަފީ ޙަރަކާތެކެވެ.
ދިވެހި އިސްލާމީ ޙަރަކާތަކީ އޭގެ ޒާތުގައި އަހުލުލް ޙަދީސްގެ އަސަރު ބޮޑު ޙަރަކާތެކެވެ. ސަބަބަކީ މިޙަރަކާތުގެ މަޞްދަރުކަމުގައި ވެފައިވަނީ ސުޢޫދީ ޢަރަބިއްޔާއިން ކިޔަވާވިދާޅުވެގެން ވަޑައިގެންތިއްބެވި ޝައިޚުންނެވެ. އެހެންކަމުން އެބޭފުޅުންގެ ވިސްނުންފުޅުތައް މިއަދު މިދަނީ ޢާންމުވަމުންނެވެ. އިސްލާމީ ޙަރަކާތުގެ މުގުލަކީ އެބޭފުޅުންގެ ފިކުރުތައްކަމުގައި ވެގެން ހިގައްޖެއެވެ. އެއީ ޢަރަބި ދުނިޔޭގައި ސަލަފީ ޙަރަކާތުގެ ގޮތުގައި މަޝްހޫރު ޙަރަކާތުގެ ވިސްނުމާއި ފިކުރުތަކެވެ.
އާދޭހެވެ. ސަލަފީ ޙަރަކާތަކީވެސް އެތައް ޖަމާޢަތްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޙަރަކާތެކެވެ. އެއީ އެއްވިސްނުމެއް ނުވަތަ އެއްފިކުރެއްގެ މައްޗަށް ޖަމާވެފައިވާ ބައެއްކަމުގައި ޤަބޫލުކުރެވޭކަށްނެތެވެ. އެހެނީ ފެންނަމުންދާ ޙަޤީޤަތް ހެކިދޭތީއެވެ. ސިޔާސީ ސަލަފީންނާއި، ސިޔާސަތާއި ސަލަފިއްޔަތު ވަކިކުރައްވާ ބޭފުޅުންނާއި ޖަރަޙުކުރެއްވުމުގައި ތަޚައްޞުޞު ވެވަޑައިގަންނަވާ ސަލަފީންނަކީ މިދެންނެވި ޙަރަކާތުގެ އެކި ޖަމާޢަތްތަކެވެ.
އެހެންކަމުން ރާއްޖޭގެ އިސްލާމީ ޙަރަކާތުގެ ތެރޭގައިވެސް މިދެންނެވި ޖަމާޢަތްތައް ފެންނަމުން އެބަދެއެވެ. އަޅުގަނޑަކީ ހަމައެކަނި މިޙަރަކާތް ދުރާއި ގާތުން ތަޙުލީލުކުރާ މީހަކީމެވެ. ތަޙުލީލުކުރާ މީހެއްގެ ނަޒަރުން ދެންނެވޭނީ ސަލަފީ ޙަރަކާތުގެ އެންމެހާ ގޮފިތަކެއް ދިވެހި ރާއްޖޭގައިވެސް ހިގަމުން އަންނަކަމަށެވެ. އެގޮތުން ޢަދާލަތު ޕާޓީ ތަމްސީލުކުރަނީ ސިޔާސީ ސަލަފިއްޔަތުގެ ވިސްނުމެވެ. ޑރ.ޢާއިޟުލް ޤަރަނީއާއި ސަލްމާން ފަހުދުލް ޢައުދާއާއި ޝައިޚު ސަފަރުލް ޙަވާލީ ފަދަ ބޭފުޅުންގެ ވިސްނުމެވެ. ދެވަނަ ވިސްނުމަކީ ސަލަފީވިސްނުމާއި ސިޔާސަތާ ވަކިކޮށްގެން ނުވަތަ ސިޔާސީކަންކަމުގެ ތެރެއަށް ވަދެވަޑައިނުގެން ދަޢުވަތުގައި ޙަރަކާތްތެރިވާ ފިކުރެވެ. މިފިކުރުގެ ބޭފުޅުންގެ ގޮތުގައި ފާހަގަވަނީ ޖަމްޢިއްޔަތުއް ސަލަފުގެ ޝައިޚުންނެވެ. މިއީ ދުނިޔޭގެ ގިނަ ސަލަފުންގެ ވިސްނުމެވެ. ތިންވަނަ ޖަމާޢަތަކީ ޝައިޚު ރުބައިޢުލް މަދުޚަލީގެ ވިސްނުންފުޅަށް ތަބާވެވަޑައިގަންނަވާ ބޭފުޅުންނެވެ. ދިވެހިންގެ ތެރޭގައި މިބޭފުޅުންނަށް އެސްއެސް ނުވަތަ ސުޕަރ ސަލަފޭ ކިޔެއެވެ. އެހެންނަމަވެސް އެއީ އެބޭފުޅުން ލޯބިކުރައްވާ ނަމަކަށްނުވާތީ އެނަން ބޭނުންކުރުމަށް އަޅުގަނޑު ޢުޛުރުވެރިވަމެވެ.
އަދި މިދެންނެވި ތިން ޖަމާޢަތުގެ އިތުރަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އެންމެހާ ނިޒާމްތައް ކާފަރުކުރާ ވިސްނުމެއްވެސް އިސްލާމީ ޙަރަކާތުގެ ތެރެއިން ފެންނަމުން އެބަދެއެވެ. އެއީ ޑޮޓުންގެ ނަމުން މަޝްހޫރުވެފައިވާ ޖަމާޢަތެވެ. މިނަމަކީވެސް ބޭނުންކުރަން އެންމެ ރަނގަޅު ނަމެއްކަމުގައިނުވާތީ އަޅުގަނޑު އެނަން ބޭނުންނުކުރާނަމެވެ. އެހެންކަމުން ކޮންމެ ޖަމާޢަތަކާމެދު ވާހަކަދެއްކުމުގައިވެސް ތަރުތީބުން ނަންބަރެއް ބޭނުންކުރާނަމަވެ.
ފުރަތަމަ ދެޖަމާޢަތުގެ ބޭފުޅުންގެ މެދުގައި މާބޮޑެތި މައްސަލަތަކެއް ނުހުރެއެވެ. އެހެންނަމަވެސް ތިންވަނަ ޖަމާޢަތާއި ފުރަތަމަ ޖަމާޢަތާ ދެމެދުގައި ފިކުރީ ބޮޑެތި ފަރަޤުތަކެއް އެބަހުއްޓެވެ. ހަތަރުވަނަ ޖަމާޢަތަކީ އެއްވެސް ޖަމާޢަތަކާ ގުޅުން ބަދަހިކުރަން ބޭނުންވާ ބައެއްނޫނެވެ. އެމީހުންގެ ގާތުގައި ސަރުކާރާ މުޢާމަލާތްކޮށްފިނަމަ، ނުވަތަ ސަރުކާރުގެ ބަސް ޤަބޫލުކޮށްފިނަމަ، މުރުތައްދުވެއެވެ.
މައްސަލައަކީ ބައިބަވުމެވެ. ޙައްލަކީ ކޮބައިތޯއެވެ؟
ޙައްލަކީ އެއްގަލަކަށް އެރުމަށް މަސައްކަތްކުރުމެވެ. ވާހަކަދައްކައި މަޝްވަރާކުރުމެވެ. އެގޮތުން އެއްގަލަކަށް ނާދެވުނުނަމަ، އެންމެހާ ފިކުރުތައް އެއްތަންވެ ވާހަކަދައްކައި ހެދޭނެ ނިޒާމެއް އުފައްދަންވީއެވެ. އެއިރުން ސަލަފީންނަކީ އެއްބަހެއް ބުނާ ބައެއްކަމުގައިވެދާނެއެވެ. ސަލަފީންގެ ފިކުރުތަކަށް ޢާންމުންގެ ގާތުގައި ވަރަށްބޮޑު މަޤުބޫލުކަމެއް މިއަދު މިވަނީ ލިބިފައެވެ. އެހެންކަމުން އެމަޤުބޫލުކަން ދެމެހެއްޓުމަށް ޙަރަކާތުގެ އެތެރެއިން ބައިބައިވުން ފައްސައިލަން ޖެހޭނެއެވެ.
ދެން އޮތް މައްސަލައަކީ ތަޢައްޞުބުގެ މައްސަލައެވެ. ބައިބައިވުމާ ހަމައަށް ޙަރަކާތެއްގެ އެތެރެ މިދަނީ ޒާތީ ތަޢައްޞުބުގެ ސަބަބުންނެވެ. ޒާތީ ތަޢައްޞުބުކަމުގައި މިދެންނެވުނީ ތިމަން ނޫން އެހެން މީހުން މިތިބީ ޙައްޤުގެ ގޮތުގެ މަތީގައި ނޫންކަމަށް ޤަބޫލުކުރުމެވެ. ތިމާގެ ޝަޚުޞީ ވިސްނުމަށް ތަޢައްޞުބުވެ، ހުސްވުމެވެ. މިކަންތައް ބަދަލުކޮށް އެހެން މީހުންގެ ވިސްނުމާއި ފިކުރަށް އިޙުތިރާމްކުރުމުގެ ރޫޙެއް އުފެދެން އެބަޖެހެއެވެ. ތިމާގެ ރައުޔައަކީ ފަހަރުގައި ރަނގަޅު ރައުޔައަށް ނުވުން އެކަށީގެންވާކަން ޤަބޫލުކުރަން ޖެހެއެވެ.
އިމާމް ޝާފިޢީ ވިދާޅުވެފައިވެއެވެ. رأيي صواب يحتمل الخطأ و رأي غيري خطأ يحتمل الصواب
މާނައީ: ތިމަންކަލޭގެފާނުގެ ރައުޔައަކީ ކުށްގޮތަކަށްވުމުގެ އިޙުތިމާލު އޮތް ރަނގަޅު ރައުޔައެވެ. އަދި އަނެކުންގެ ރައުޔައަކީ ރަނގަޅުވުމުގެ އިޙުތިމާލުއޮތް ކުށްގޮތެވެ.
މިފަދަ ބަސްފުޅުތައް ދުލުކޮޅުން ކިޔައިލުމަކުން ފައިދާއެއް ނުވާނެއެވެ. އެއަށް ޢަމަލުކުރުންމަތީ ދެމިހުންނަންޖެހެއެވެ. އޭގެ މާނަތައް އެގި އެއުގަންނައިދޭންޖެހެއެވެ. އޭގެ މާނައަކީ އެހެން ބޭފުޅުންގެ ރައުޔައަށް އިޙުތިރާމްކުރައްވާ ވާހަކައެވެ. މިއިޙުތިރާމުގެ ސަބަބުން ޚިޔާލުތަފާތުވުންތައް އެއްވެސް ގޮތަކުން ބައިބައިވުމަށް ބަދަލުވެގެންނުދާނެއެވެ.
މިޙަރަކާތަކީ ފިޤުހީ ޙަރަކާތެއް ނޫނެވެ. މިއީ ހިތި ޙަޤީޤަތެކެވެ.
ދިވެހި ރާއްޖޭގައި އުފަންވެގެން ހިގަމުން އަންނަ އިސްލާމީ ޙަރަކާތަކީ ފިޤުހީ ހަރަކާތެއްކަމުގައި ނުވެއެވެ. މިހެން ދެންނެވުމުން ތިޔައިގެ ތެރެއިން ބޭފުޅަކު އެކަމާ ހިތްޕުޅާ ހަމަ ނުކުރެއްވުމީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް ދުރުން ބަލައި ތަޙުލީލީ ނަޒަރަކުން ދިރާސާކުރާ މީހެއްގެ ޙައިސިއްޔަތުން ދަންނަޖެހުނު ބަހަކީ މިއީއެވެ.
ފިޤުހީ ޙަރަކާތެއްކަމުގައިނުވަނީ ކީއްވެތޯއެވެ؟ ފިޤުހުގެ މާނައަކީ ކޮބައިތޯއެވެ؟ ނުވަތަ ފިޤުހީ ޙަރަކާތެއްކަމުގައި އަޅުގަނޑު މިދަންނަވަނީ ކޮންކަހަލަ ޙަރަކާތެއްތޯއެވެ؟
ފިޤުހުގެ މާނައަކީ އިސްލާމްދީނުގެ ނައްޞުތައް މުޠާލިޢާކޮށް ދިރާސާކުރުމަށްފަހުގައި އެއިރެއްގެ ޙާލަތަށާއި ތަނުގެ ޟަރޫރަތްތަކަށް ބަލައި އެކަންކަން މިންކުރުމަށްފަހު، އެންމެ އެކަށީގެންވާ ޙުކުމެއް ނައްޞުތަކާ ޚިލާފުވުމެއްނެތި، ނެރުމެވެ. ނުވަތަ އިސްތިންބާޠުކުރުމެވެ.
ފިޤުހީ ޙަރަކާތެކޭ ބުނެވުމުން ދޭހަވަނީ އިޖުތިހާދުކުރުމުގެ ޙަރަކާތެއްގެ ގޮތުގައެވެ. އެޙަރަކާތުގެ މަޤުޞަދެއްކަމުގައިވާނީ ތަނުގެ ޙާލަތާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަތައް ދީނުގެ ތިލަފަތުން ކިރައި ކަންކަމަށް ހުކުމްތަކެއްނެރުމެވެ. މިފަދަ ޙަރަކާތަކީ ފިޤުހުލް ވާޤިޢު ނުވަތަ ޙާލަތުގެ ފިޤުހުގެ މައްޗަށް ބަރޯސާވާ ޙަރަކާތެއްކަމުގައިވާނެއެވެ. މީހުންގެ ޙާލަތަށް ބެލުމަށްފަހު ދީނުގެ މަޞްދަރުތަކުގެ ތެރެއިން އެތަނަކަށް އެންމެ އެކަށީގެންވާ މަޞްދަރުތަކާއި، ނައްޞު ފަހުމުކުރުމުގައި ބޭނުންކުރުން އެންމެ ރަނގަޅު އާލާތްތައް ބޭނުންކޮށްގެން ޙުކުމްތައް އެކަށައަޅުއްވާނެއެވެ.
ދިވެހި އިސްލާމީ ޙަރަކާތަކީ ފިޤުހީ ޙަރަކާތެއްކަމުގައި ނުވާ ސަބަބަކީ ކޮބައިތޯއެވެ؟ އެސަބަބަކީ މިޙަރަކާތުގައި މިދެންނެވި ފިޤުހުލް ޥާޤިޢު ނުވަތަ ޙާލަތުގެ ފިޤުހަށް ސަމާލުކަން ދެވޭ މިންވަރު ކުޑަވުމުންނެވެ. އަދި ފިޤުހީ މައްސަލަތަކުގައި ފަތުވާ ދިނުމުގައި ޒަމާނާއި ތަނުގެ ޙާލަތު އެކީ އެކަހެރިކޮށްލެވޭތީއެވެ. ބައެއް މިސާލުތައް ދަންނަވައިލުމުން ފަހުމްވުން ފަސޭހަވާނެ ދެއްތޯއެވެ؟
މިޞްރުން ކިޔަވައިގެންދާ މީހަކު ދިވެހި ރާއްޖޭގައި މިޞްރުގެ މުފުތީގެ ފަތުވާ ތަންފީޒުކުރުމަށް ގަދައަޅައި އުޅޭއިރު، މިޞްރުގެ މާޙައުލާއި ދިވެހި ރާއްޖޭގެ މާޙައިލާ ނުލާހިކު ތަފާތެވެ. ދިރިއުޅެން ޖެހޭ ގޮތްވެސް ތަފާތެވެ. ކަންކަމުގައި ނުކުންނަ ނަތީޖާތައްވެސް ތަފާތެވެ.
ހަމައެފަދައިން ފިޤުހީ ޙަރަކާތެއްގެ އެއްޞިފައަކީ ބަދަލުވާނެ ކަންކަމާއި ނުވާނެ ކަންކަން، ޝަރީޢަތުގެ ޙުކުމްތަކުގެ ތެރެއިން ބަޔާންކުރެއްވުމެވެ. އަދި އަޞްލުތަކާއި ފަރުޢުތައް ވަކިކުރެއްވުމެވެ. ރާއްޖޭގެ އިސްލާމީ ޙަރަކާތުގެ ތެރޭގައި ފަރުޢުތަކާއި އަސާސްތައް ވަކިކޮށްގެން ޙުކުމްތައް ބަޔާންކުރައްވާތީ ނުފެނެއެވެ. އަދި ސާބިތު ޙުކުމްތަކާއި ބަދަލުވާނެ ޙުކުމްތަކުގެ މެދުގައި ފަރަޤުކުރެވޭތަނެއްވެސް ނުފެނެއެވެ. އަދި ނައްޞުން ނެގޭ ޙުކުމްތަކާއި ނައްޞު އެއް ދަރަޖައަކަށް އުފުލޭ ތަންވެސް އެބަފެނެއެވެ. މިއީ ހައްތާވެސް އިޞްލާޙުކުރެވެން ޖެހޭ ކަންކަމެވެ.
ޙައްލަކީ ކޮބައިތޯއެވެ؟ ޙައްލަކީ ފިޤުހުލް ޥާޤިޢު ދަސްކުރުމެވެ. ނުވަތަ އެތަޢާރަފުކުރުމެވެ. އަދި އުފެދިފައިވާ ދިވެހިރާއްޖޭގެ ފިޤުހު އެކަޑަމީއިން މިކަމުގައި މަސައްކަތްތަކެއް ކުރެވިދާނެއެވެ. ދިވެހިންގެ ޙާލަތާއި ދިވެހިންގެ ވައްޓަފާޅިތަކަށް ރިޢާޔަތްކުރެއްވުމަށްފަހު ޙުކުމްތައް ނެރުއްވުން މުހިއްމެވެ.
އެހެން ވިސްނުންތަކަށް ޖާގަ ދިނުން މުހިއްމެވެ.
މިއަދު ދިވެހި ރާއްޖެއަކީ ސަލަފީވިސުނުމަށް ވަރަށްބޮޑަށް ޖާގަ ދެވިފައިވާ ބިމެކެވެ. މިއަދު ދިވެހިންގެ މެދުގައި މަޤުބޫލުކަން ލިބިފައިވަނީވެސް އެވިސްނުމަށެވެ. އެހެންނަމަވެސް އެހެނިހެން އިސްލާމީ ފިކުރުތަކަށާއި ހަރަކާތްތަކަށް ޖާގަ ދެވެން އެބަޖެހެއެވެ. މާނައަކީ ސަލަފީ ޙަރަކާތުގެ އެތެރޭގައި އިޙުތިރާމްކުރުމާއި ރަޙުމަތުގެ އުޞޫލުތައް އޮންނަ ފަދައިން އެކަންކަން އެޙަރަކާތުން ބޭރުގައިވެސް އޮންނަންވާނެއެވެ.
ފިޤުހީ މައްސަލައެއްގައި ދަލީލެއްގެ މައްޗަށް ބިނާކޮށް ޢިލްމުވެރިންގެ މެދުގައި އޮންނަ ޚިލާފުތައް ބަލައިގަންނަން ދަސްކުރަން އެބަޖެހެއެވެ. މިސާލަކަށް ތިމާއަށް ޤަބޫލުކުރެވޭ ގޮތް ނޫން ގޮތެއް ރަނގަޅުކަމަށް ޤަބޫލުކުރައްވާ ބޭފުޅާގެ ޒާތަށް ރައްދު ދިނުމުގެ ބަދަލުގައި ޙުއްޖަތުން ޙުއްޖަތަށް ރައްދުދެއްވަން ވީއެވެ. އެބޭފުޅާގެ ޢިލްމުވެރިކަމާއި ދީންވެރިކަމާމެދު ބަދުބަސްބުނުމަކާނުލައެވެ. ތުހުމަތާއި ފުރައްސާރައިގެ ގޮވެލިތައް ގޮވުމަކާނުލައެވެ. އެއިރުން އެކަމަކީ ޢިލްމީ ނުވަތަ އެކަޑެމިކް ކަމެއްގެ ގޮތުގައި ދެމި އޮންނާނެވެ. އެކުވެރިކަމުގެ ގުޅުންތަކަށާއި ދީނުގެ ތަސާމުޙާއި ރައުފަތުގެ ގުޅުމަކަށް އުނިކަމެއް ނުފޯރާނެއެވެ.
އިސްލާމީ އުންމަތުގެ ތެރޭގައި އުފެދުނު އެންމެ ވަރުގަދަ ދެމަދުރަސާގެ ދެމެދުގައި ހުރި ޚިޔާލުތަފާތުވުންތަކާއެކު، އެބޭފުޅުންގެ މެދުގައި އޮތް އިޙުތިރާމްކުރުމާއި ޤަދަރުކުރުމުގެ ރިވެތި އުސްލޫބުގައި ހިފަހައްޓަމާތޯއެވެ؟ އިމާމް އަބޫޙަނީފާއަކީ އަހުލުއް ރައުޔުގެ އެންމެ ވަރުގަދަ ޢިލްމުވެރިޔާކަމުގައިވާއިރު، އަހުލުލް ޙަދީސްގެ އެންމެ ވަރުގަދަ ޢިލްމުވެރިޔާ އިމާމް އަޙުމަދު، އިމާމް އަބޫޙަނީފާއަށް ބަދުބަހެއް ރައްދުކުރައްވައި އުނިކަމެއް ލިބޭ ގޮތަށް ވާހަކައެއް ދައްކަވާފައިނެތެވެ.
އިމާމް އައުޒާޢީގެ ސިޔަރު ނަމަކަށް ކިޔުނު ފޮތުގެ ތަޢުލީޤެއް އިމާމް ޝާފިޢީގެ އުންމު ނަމަކަށް ކިޔުނު ފޮތުގައި ހިމެނެއެވެ. އެބައަށް ދެއްވި ނަމަކީ ސިޔަރުލް އައުޒާޢީއެވެ. މިބައިގައި އިމާމް އަބޫޙަނީފާއަށާއި އިމާމް އަބޫޔޫސުފަށް ރައްދުދެއްވާފައިވެއެވެ. އެހެންނަމަވެސް ނުލާހިކު އިޙުތިރާމްކުރެއްވުމާއެކުގައެވެ. މިކަންކަމުން ޢިބުރަތެއް ލިބިގަނެ ޢަމަލީ މައިދާނުގައި އެޢިބުރަތް ތަންފީޛުކުރާނެ ދަނޑިވަޅު ނުޖެހެނީތޯއެވެ؟
އެހެން ފިކުރަކަށް ބޭނުންވަނީ ކީއްވެގެންތޯއެވެ؟ ސަލަފީ ފިކުރަކީ މައްސަލައެއްތޯއެވެ؟
ސަލަފީ ފިކުރަކީ މައްސަލައެއްނޫނެވެ.
އެއީ އޭގެޒާތުގައި ވަރުގަދަ ފިކުރެކެވެ. ދުނިޔޭގައި އެންމެ އަވަހަށް ހަލުއި މިނެއްގައި ފެތުރެމުން އަންނަ އިސްލާމީ ފިކުރަކީ ސަލަފީ ފިކުރެވެ. އެހެންނަމަވެސް އިސްލާމްދީނުގެ ފުރިހަމަކަމީ އެދީން އެކި ފިކުރުތަކުން އެކުލެވިގެންވުމެވެ. އިސްލާމީ މުޖުތަމަޢުގެ މުއްސަނދިކަމަކީ އެކި ފިކުރުތަކުގެ އަހުލުވެރިންނަށް އެމުޖުތަމަޢުގައި ހަމަޖެހުމާއެކު އުޅެވޭކަމެވެ. މިތަނަވަސްކަން އޮތުމަކީ އެދެވިގެންވާ ގޮތެވެ. އެންމެ ރަނގަޅު ހެޔޮ ގޮތްވެސްމެއެވެ.
ޞަޙާބީންގެ މެދުގައިވެސް ޚިލާފުތައް ހުއްޓެވެ. އަދި ތާބިޢީންގެ މެދުގައި ހަމައެފަދައިން އެކަން ދެމި އޮތެވެ. އަދި އެކަން މިއަދާހަމައަށްވެސް ވާރުތަވެގެން އައިސްފައިވެއެވެ. މިތަރިކަ ނައްތާލުމަކީ ކުރެވޭނެކަމެއް ނޫނެވެ. އެހެންނަމަވެސް އެތަރިކަ ހެޔޮގޮތުގައި ބޭނުންހިފިދާނެއެވެ.
މީހަކު ބުނެފާނެއެވެ. ސަލަފުއްޞާލިޙުގެ ޒަމާނުގައި ޚިޔާލުތަފާތުވުންތައް ހުރީ އެއްބޭފުޅަކަށް އަނެއްބޭފުޅެއްގެ ރައުޔަތައް އެގިވަޑައިނުގަންވާތީއެވެ. އަދި އެއްބޭފޫޅެއްގެ ދަލީލުތައް ލިބިވަޑައިގެންފައިނެތުމުންނެވެ. މިބަހަށް ރައްދެއް ދޭން ބެލިއިރު ފެންނަނީ އެބޭފުޅުންގެ މެދުގައިވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދުދެއްވައި ވާހަކަދައްކަވައި ހައްދަވާފައިވާތަނެވެ. ލައިޘުބިން ސަޢުދުވަނީ މިޞްރުން މަދީނާގައި ހުންނެވި އިމާމް މާލިކަށް މަދީނާގެ އަހުލުވެރިންގެ ޢަމަލުގެ ޙުއްޖިއްޔަތުކަން ބާޠިލުކަން ސާބިތުކޮށްދެއްވުމަށް ސިޓީއެއް ފޮނުއްވާފައެވެ. އިމާމް ޝާފިޢީގެ އުންމޭ ކިޔުނު ފޮތުގައި އެތައްތަނެއްގައި އިމާމް އަބޫޙަނީފާއަށާއި އިމާމް އަބޫޔޫސުފަށާއި އިމާމް އައުޒާޢީއަށް ރައްދުދެއްވާފައި އެބަހުއްޓެވެ. ހަމައެފަދައިން އިމާމް މާލިކަށްވެސް ރައްދުދެއްވާފައި އެބަހުއްޓެވެ.
އެބޭފުޅުން އެދެއްވި ރައްދުތަކާއި އަޅުގަނޑުމެންގެ ރައްދު ދިނުމުގައި ހުރި ފަރަޤަކީ ރައްދު ދޭ ވައްޓަފާޅީގެ ފަރަޤެވެ. އަޅުގަނޑުމެންނަށް އަނެކާގެ ރައުޔައަށް އިޙުތިރާމް ކުރުމާއެކު ރައްދުދޭކަށްނޭނގެއެވެ. މިއީ ބާޠިލް ރައުޔައެއްކަމުގައި ނުބުނެ މިއަށްވުރެ ރަނގަޅީ މިގޮތްކަމުގައި ބުނަން ދަސްވެފައިނެތީއެވެ.
ބޭރުފުށަށް ދީންވެރިކަން ހުއްޓުވުން!
އަޅުގަނޑުވެސް ޤަބޫލުކުރާ ގޮތުގައި ބޭރުފުށުންވެސް ދީންދެކެ ލޯބިވާކަން އެގެން ޖެހޭނެއެވެ. އެކަމަކު ބޭރުފުށައް ބެލުމަށްފަހު މީހުންނާ މެދު ގޮތް ކަނޑައެޅުމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތެއް ނޫނެވެ. އެހެނީ ބޭރުފުށުން ވަކި ގޮތަކަށް ހުރުމަކީ ދީނުގެ އެންމެ އަސާސީ ރުކުނެއްނޫނެވެ.
ކީރިތި ރަސޫލާގެ އަރިހަށް އައި އަޢުރާބީއަކު ސުވަރުގެ ދިއުމަށް ކުރަންވީ ކޮންކަމެއްތޯ ސުވާލު ދެންނެވުމުން ޝަހާދަތް ކިޔައި އީމާންވުމަށްފަހުގައި ނަމާދުކުރުމާއި ރޯދަހިފުމާއި ޒަކާތް ދިނުމާއި ކުޅަދާނަކަން ލިބުމުން ޙައްޖުވުމަށް އިރުޝާދުދެއްވުމުން އެއިންކަމެއްގެ މައްޗަށް އިތުރުވެސް ނުކުރާނެ ކަމަށާއި މަދުވެސް ނުކުރާނެކަމަށް އޭނާ ދެންނެވިއެވެ. އޭނާއަށް ސުވަރުގޭގެ ބަޝާރަތު މާތް ރަސޫލާ ދެއްވިއެވެ. އެހެންކަމުން މިދެންނެވި ކަންކަންކުރާ ކޮންމެ މީހަކީވެސް މުސްލިމެކެވެ.
އެމީހަކު ރަސޫލާއަށް ލޯބިކުރުމާއި މާތްﷲއަށް ލޯބިކުރުމަކީ އެމީހެއްގެ ހިތާ ގުޅިފައިވާކަމެކެވެ. އެމީހަކަށް އަޅުގަނޑަށް ޙަދީސެއް ދޭހަވި ގޮތަށް ދޭހަނުވުމުން ނުވަތަ އެމީހަކަށް އަޅުގަނޑަށް ނެރުވުނު ޙުކުމް ޙަދީސަކުން ނުނެރެވުނީތީ އޭނާ މާތްﷲ ދެކެ ލޯބިނުވާކަމަށް ނިންމަން އަޅުގަނޑުމިއީ ކާކުތޯއެވެ؟ ނުވަތަ އޭނާގެ ކޮންމެވެސް ޙާލަތެއް މެދުވެރިވެގެން އަޅުގަނޑު ހުރި ގޮތް ނޫން ގޮތަކަށް ހުރީތީ އޭނާއަކީ ސުންނަތަށް ލޯބިނުކުރާ ނުވަތަ އެއަށް ނަފްރަތުކުރާ މީހެއްކަމުގައި ނިންމަން އަޅުގަނޑަކީ ކާކުތޯއެވެ؟ މިއީ ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާ ކުރަން ރަނގަޅު ސުވާލުތަކެކެވެ.
ބޭރުފުށަށް ބެލުމުގެ ކަންތައް ދޫކޮށް ދީންވެރިވުމުގެ ފުރިހަމަ މާނަ ދެނެގަންނަން އެބަޖެހެއެވެ. ޖިބުރީލުގެފާނު ރަސޫލާގެ އަރިހުން އިޙުސާންކަމާމެދު ސުވާލު ދެންނެވި ހިނދު ޙަދީސްކުރެއްވިއެވެ.
أن تعبد الله كأنك تراه فإن لم تكن تراه فإنه يراك
މާނައީ: މާތްﷲ އަށް ތިބާއަށް ފެންނަ ފަދައިން އެކަލާނގެ އަށް އަޅުކަންކުރުމެވެ. ތިބާއަށް އެކަލާނގެ ނުފެނުނަސް އެކަލާނގެ ތިބާއަށް ބައްލަވާވޮޑިގެންވެއެވެ.
އާއެކެވެ. ދީންވެރިވުމަކީ އެއީއެވެ. ދެއްކުންތެރިކަމާއި ބޮޑާކަމުން އެއްކިބާވެގެންވާ ގޮތުގައި މާތްﷲއަށް ޚާލިޞްކޮށް ޚުޝޫޢަތާއެކު އަޅުވެތިވުމެވެ. ބޭރުފުށުގެ ޞިފަތަކުގެ މައްޗަށް ދީން ހުއްޓުވުމުން ދެއްކުން ތެރިކަން ހިތަށް ވަދެއެވެ. އަދި އަޅުކަމުގައި ބޮޑާވެވެއެވެ.
ތިމާނޫނީ ރަނގަޅަށް ކަމެއްކުރާ މީހަކު ނެތްކަމަށް ހީވެއެވެ. މިހުރިހާ ކަމަކުން ސަލާމަތްވުމަށްޓަކައި ދީނަކީ ހަމައެކަނި ބޭރުފުށުގެ ކަންކަން ނޫންކަން ޔަޤީންކުރަންޖެހެއެވެ. މިއީ މުހިއްމުކަމެކެވެ.
ތިމާނޫނީ ރަނގަޅަށް ކަމެއްކުރާ މީހަކު ނެތްކަމަށް ހީވެއެވެ. މިހުރިހާ ކަމަކުން ސަލާމަތްވުމަށްޓަކައި ދީނަކީ ހަމައެކަނި ބޭރުފުށުގެ ކަންކަން ނޫންކަން ޔަޤީންކުރަންޖެހެއެވެ. މިއީ މުހިއްމުކަމެކެވެ.
ނިންމުން
އަޅުގަނޑުގެ ދުޢާއަކީ، މާތްﷲ، ދިވެހި ރާއްޖޭގެ އިސްލާމީ ހަރަކާތް ވަރުގަދަކުރައްވައި އެޙަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު އަޅުގަނޑަށް ދެއްވައި، އެޙަރަކާތުގައި ހުރިނަމަ ހުރި އުނިކަމެއް އިޞްލާޙުކުރުމުގެ ޤާބިލްކަން ދިވެހި އަޚުންނާއި އުޚުތުންނަށް ދެއްވުމެވެ. އާމީން!
(ނިމުނީ)
މައުޟޫޢަކީ ޚުޠޫރަތްތެރި ނުރައްކައުތެރި، މައުޟޫޢެކެވެ. އޭގެ ޒާތުގައި ކުޑަ ބިރުވެރިކަމެއް އެކުލެވިގެންވާ މައުޟޫޢެކެވެ. އެހެންއެކަން އޮތުމާއެކުވެސް މިމައުޟޫޢުގައި ދެތިން ބަހެއް ކިޔުންތެރިންނާ ހިއްސާކޮށްލުމީ އަޅުގަނޑުގެ އެދުމަކަށްވެއްޖެ ހިނދު އެނިޔަތުގެ މަތިން މިދެތިން ބަސް ލިޔަމެވެ.
އިސްލާމީ ފިކުރީ ފަޒާއަކީ އިޚުތިލާފުގެ ޖައްވެކެވެ. އެއީ ފިކުރުތަކުގެ ޖައްވެއްކަމުގައިވާތީ އެޖައްވުގައި އިޚުތިލާފުތައް ހުރުމީ ޠަބީޢަތެވެ. އެއްކަމެއްގައި ދެމީހެއްގެ ޚިޔާލާއި ވިސްނުން އެގޮތްވަނީ ނުހަނު ނާދިރު ޙާލަތެއްގައި ނޫންތޯއެވެ؟ އެހެންނަމަވެސް އިސްލާމީ ފިޤުހުގައި އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ ޚިޔާލު ތަފާތުވުންތަކާމެދު އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ.
އެސުވާލުތަކަށް ޖަވާބު ދިނުމުގެ ގޮތުން ކޮންމެ ސުވާލަކަށްމެ، ޚުލާޞާ ކުރު ޖަވާބެއް ދިނުމަށް އަޅުގަނޑު މަސައްކަތްކުރާނަމެވެ.
ސުވާލު 1: އިސްލާމީ ފިޤުހުގެ މައިގަނޑު ދެމަޞްދަރަކީ ކީރިތި ޤުރުއާނާއި ސަލާމާއި ޞަލަވާތްލެއްވުނު ރަސޫލުﷲގެފާނުގެ މޫރިތި ސުންނަތް ކަމުގައިވާއިރު، އެދެ މަޞްދަރުން ދެޢިލްމުވެރިޔަކު އެއްމަސަލައެއްގައި ދެގޮތަށް ޙުކުމް ނަންގަވަނީ ކީއްވެގެންތޯއެވެ؟
ޖަވާބު: ތެދެކެވެ. މައިގަނޑު ދެމަޞްދަރަކީ ޤުރުއާނާއި ސުންނަތެވެ. އެހެންނަމަވެސް އެދެމަޞްދަރު ފޯރުކޮށްދޭ މަޞްދަރުތައް ފަހުމްކުރުމުގައި ޢިލްމުވެރިން ބޭނުންކުރައްވާ އާލަތްތައް ވަރަށްތަފާތެވެ. އެހެނީ ބައެއް ޢިލްމުވެރިންނަކީ އެނައްޞުގެ ސަބަބު ހޯދައި އެސަބަބުގެ މައްޗަށް ޙުކުމް ބިނާކުރައްވާ ބޭކަލުންނެވެ. ނުވަތަ ޙުކުމްތަކުގެ މަޤުޞަދުގެ މައްޗަށް ޙުކުމް ބިނާކުރައްވާ ބޭފުޅުންނެވެ. މިއީ މަދުރަސަތު އަހުލުއްރައުޔު ނުވަތަ ބުއްދީގެ އަހުލުވެރިންގެ މަދުރަސާގެ ޢިލްމުވެރިންނެވެ. ފަހުން މިއީ މަދުރަސަތުލް މަޤާޞިދު ނުވަތަ ޙުކުމްތަކުގެ މަޤުޞަދުތައް ދިރާސާކުރައްވާ މަދުރަސާގެ ޢިލްމުވެރިންގެ ގޮތުގައި މަޝްހޫރުވެވަޑައިގަތެވެ. ޞަޙާބީންކުރެ މިމަދުރަސާގެ މިއުޞޫލަކީ ދެވަނަ ޚަލީފާ ޢުމަރުގެފާނާއި ހަތަރުވަނަ ޚަލީފާ ޢަލީގެފާނާއި، އިބްނު މަސްޢޫދުފަދަ ބައެއް ޞަޙާބީންގެ އުޞޫލެވެ. މިމަދުރަސާގެ އެންމެ މަޝްހޫރު ބޭފުޅުންނަކީ ޙަނަފީ މަޛުހަބުގެ ޢިލްމުވެރިންނާއި ޝާފިޢީ މަޛުހަބުގެ ބައެއް ދަންނަ ބޭކަލުންނެވެ. މިޒަމާނުގައި މިފިކުރުގެ އެންމެ އަލިގަދަ ތަރިންނަކީ އަޒުހަރުގެ ދަރިންނެވެ. މިހާރު މިމަދުރަސާގެ އެންމެ ކުޅަދާނަ ޢިލްމުވެރިޔަކީ ޢައްލާމާ ޑރ.ޔޫސުފުލް ޤަރަޟާވީއާއި، ފިކުރުގެ ޚަޒާނާ ކަމުގައިވެވަޑައިގަތް އަޅުގަނޑުމެންގެ ލޮބުވެތި ޝައިޚު މުޙައްމަދު ޣަޒާލީއާއި، ޑރ. ވަހުބަތުއް ޒުޙައިލީއާއި އައްޝައިޚު މުޞްޠަފައްޒަރުޤާއާއި، ޑރ.ޢަބްދުލްކަރީމް ޒައިދާންއާއި މިނޫންވެސް ކުޅަދާނަ ބައެއް ޢިލްމުވެރިންނެވެ. މިވިސްނުން ބޮޑަށް ފެތުރިފައިވަނީ މިޞްރާއި ޝާމްއާއި ޢިރާޤުގައެވެ.
ފުރަތަމަ މަދުރަސާއާއި ޚިލާފަށް ދެވަނަ މަދުރަސާއަކީ ޙުކުމްތައް އެޙުކުމުގެ ނައްޞުގެ މައްޗަށް އެކަނި ބިނާކުރައްވާ ބޭކަލުންނެވެ. މާނައަކީ ނައްޞުގެ ބޭރުފުށަށް ބޮޑަށް ބަރޯސާވެވަޑައިގަންނަވާ ބޭފުޅުންނެވެ. މިއީ ޞަޙާބީންކުރެ އުންމުލް މުއުމިނީން ޢައިޝަތުގެފާނާއި، ޢަބްދުﷲބިން ޢުމަރާއި، އަދިވެސް މާތް އެތައް ޞަޙާބީންނެއްގެ އުޞޫލެވެ. މި މަޛުހަބަކީ ޝާފިޢީ މަޛުހަބުގެ ބައެއް ބޭކަލުންނާއި މާލިކީ މަޛުހަބުގެ ބޭފުޅުންނާއި ޙަންބަލީ މަޛުހަބުގެ އުޞޫލެވެ. މިއީ އަހުލުލް ޙަދީސްގެ މަޛުހަބު ކަމުގައި މަޝްހޫރުވި މަޛުހަބެވެ. މިމަޛުހަބު މިޒަމާނުގައި އެންމެ ވަރުގަދައަށް ފެތުރިފައިވަނީ ސުޢޫދީ ޢަރަބިއްޔާގައެވެ. ޝައިޚުނާ ޢައްލާމާ މުޖައްދިދު ބިންބާޒު ރަޙިމަހުﷲއާއި މުޙައްދިސުއް ޒަމާން އިމާމް އަލްބާނީއާއި، އެދެބޭކަލުންގެ ދަރިވަރުންނަކީ މިމަދުރަސާ ތަމްސީލުކުރައްވާ ބޭފުޅުންނެވެ. އަދި މިމަދުރަސާގެ ދިދަ އުފުއްލަވަމުން ގެންދަވަނީ ސުޢޫދީގެ ޝައިޚުންނެވެ. ޑރ.ސަލްމާން ފަހުދުލް ޢައުދާ، ޑރ.ޢާއިޟުލް ޤަރަނީ، ޝައިޚު ޞާލިޙުލް މުނައްޖިދު، ޝައިޚު ރުބައިޢުލް މަދުޚަލީ، ޝައިޚު މުޤުބިލް ބިން ހާދިލް ވައްދާޢުފަދަ ބޭފުޅުންނަކީ މިމަދުރަސާގެ އެކި ޖަމާޢަތްތަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ.
މިދެޖަމާޢަތުގެ ބޭފުޅުންގެ ދެމެދުގައި ޒަމާނުއްސުރު ފިޤުހީ ޚިޔާލުތަފާތުވުންތަކެއް ހުއްޓެވެ. ފުރަތަމަ ޖަމާޢަތުގެ ބޭފުޅުންނަކީ ފިޤުހުލް ވާޤިޢު ނުވަތަ ޙާލަތުގެ ފިޤުހަށް އެންމެ ކުޅަދާނަ ބޭފުޅުންގެ ގޮތުގައި ފާހަގަވެއެވެ. އަދި ދެވަނަ ޖަމާޢަތުގެ ބޭފުޅުން ފިޤުހުއް ތަރުޖީޙު ނުވަތަ ރާޖިޙު ރައުޔަ ނެރެދެއްވުމުގައި އެންމެ ޤާބިލް ބޭފުޅުންގެ ގޮތުގައި ފާހަގަވެއެވެ. އެބޭފުޅުންގެ މެދުގައި ޚިލާފުތަކެއް މިހުރީ ޤުރުއާނާއި ސުންނަށް ފޯރުކޮށްދިން ނައްޞުން ހުކުމެއް ނެންގެވުމުގައި ވިސްނަވާ ގޮތް ނުވަތަ ބޭނުންކުރައްވާ ވަސީލަތްތައް ތަފާތުވުމުގެ ސަބަބުންނެވެ.
އަދި މިނޫނަސް ފިޤުހުގައި އިޚުތިލާފު އުފެދޭ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ކުރު ޚުލާޞާ ލިސްޓެއް ހުށަހަޅައިލަމުއެވެ.
ހ. ނައްޞުގައި އެއްމާނައަށްވުރެ ގިނަމާނަ ދޭހަވާ ލަފްޒެއް އޮތުން ށ. ޙަދީސް ޞައްޙަވުމާއި ނުވުން (އެއް ޢިލްމުވެރިއެއްގެ އަރިހުގައި ޞައްޙަ ޙަދީސް އެހެން ޢިލްމުވެރިއެއްގެ އަރިހުގައި ޟަޢީފުވުން) ނ. ޞަރީޙަ ނައްޞެއް މައްސަލައެއްގައި ނެތުން. (ނުވަތަ ޞަރީޙަކަމަށް އެއްބައި ޢިލްމުވެރިން ޤަބޫލުކުރައްވާ ނައްޞެއް ޞަރީޙަ ކަމުގައި އެހެން ޢިލްމުވެރިން ދެކެވަޑައިނުގަތުން) ރ.އެއްމައްސަލައެއްގައި ބޭރުފުށުން ފުށުއަރާ ދެޙަދީސް އައުމުން ތައުފީޤުކުރުމުގައި ބޭނުންކުރެއްވި އުސްލޫބުތަފާތުވުން. ބ. ނައްޞުގައި ވާރިދުވެފައިވާ އަމުރު ނުވަތަ ނަހުޔު ޢާންމުވުމާއި ޚާއްޞަވުމާ މެދު ޚިޔާލުތަފާތުވެވަޑައިގަތުން.
މިހެން ގޮސް އެތައްކަމެއް މިތަނުގައި ދެންނެވިދާނެއެވެ. އެހެންނަމެވެސް އެންމެ ބޮޑު ބޭނުމަކީ އިޚުތިލާފުތައް މިހުންނަނީ ސަބަބުތަކެއް މެދުވެރިވެގެންކަން ބުނެދިނުމެވެ. އެއްވެސް ދަންނަބޭކަލަކު އެބޭކަލެއްގެ ހަވާ ނަފްސަށް ތަބާވެވަޑައިގެން އެހެންބޭކަލުންގެ ރައުޔަތަކާ ތަފާތު ރައުޔައެއް ނުނެރުއްވާކަން ބުނެދިނުމެވެ.
ސުވާލު 2: ޚިޔާލުތަފާތުވުމަކީ އިސްލާމީ ނަޒަރަކުން މައްސަލައެއްތޯއެވެ؟ ނުވަތަ އެންމެން ތިބެންވާނީ އެއް ވިސްނުމެއްގެ މަތީގައިތޯއެވެ؟
ޖަވާބު: އިސްލާމްދީނުގެ އެންމެ ފަހުގެ ބަސްބުނުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއްނޫނެވެ. އެހެންނަމަވެސް ފެންނަންހުރި ދަލީލުތަކުގެ މައްޗަށް ބިނާކޮށް ޖަވާބެއް އެރުވިދާނެއެވެ. އެހެންނޫންތޯއެވެ؟
ޚިޔާލުތައް ތަފާތުވެ، ވިސްނުންތައް ތަފާތުވުމަކީ އިންސާނީ ޠަބީޢަތެކެވެ. އެއީމާތްﷲ އިންސާނާގެ ކިބައިގައި ލައްވާފައިވާ ފިޠުރީ ޞިފައެކެވެ. އެހެންކަމުން އެޞިފަ އިންސާނާގެ ކިބައިން ފިލައިގެނެއް ނުދާނެއެވެ. އެހެންކަމުން އިސްލާމްދީން ފިޠުރަތާ ޚިލާފުގޮތަކަށް އިންސާނީ ފިޠުރަތަށް ޖާގަ ނުދޭ ގޮތަކަށް އައުން އެކަށީގެންނުވެއެވެ. މިއީ ބުއްދީގެ ދަލީލެކެވެ.
ނަޤުލީ ދަލީލަށް ބަލާއިރު ކީރިތި ރަސޫލާގެ ޞަޙާބީންގެ މެދުގައި ޒަމާނުއްސުރެ ޚިލާފުތައް ހުރެ އެކަމަށް އެކަލޭގެފާނު ފުރުޞަތުދެއްވިކަން އެގެއެވެ. މިކަމުގައި ބަނޫޤުރައިޡާގެ ކޯއްޓޭއަށް ވަޑައިގެންނެވި ދުވަހުގެ ވާހަކައަކީ މަޝްހޫރުވާހަކައެކެވެ. ނަމާދުކުރައްވަންވާނީ ކޯއްޓޭގައިކަމަށް އެކަލޭގެފާނު ޙަދީސްކުރެއްވުމުން އެއްބައިބޭކަލުންނަށް ދޭހަވެވަޑައިގަތީ އެތަނަށް ވަޑައިގަތުން އަވަސްކުރެއްވުމަށް ރަސޫލާ އެދިވަޑައިގަންނަވާކަމެވެ. އަނެއްބައިބޭކަލުން ނެންގެވީ ޙަދީސް ބަސްފުޅުގެ ބޭރުފުށުގެ މާނައެވެ. އެއްވެސް ގޮތަކާމެދު އެކަލޭގެފާނު އިންކާރުކުރެއްވިކަމެއް އެގިފައިނެތެވެ. (މިއީ އަހުލުއްރައުޔައާއި އަހުލުލް ޙަދީސް ނޫންތޯއެވެ؟ އަދި އެކަލޭގެފާނު ހުންނަވަނިކޮށް އިޖުތިހާދުކުރެއްވުމުގެ ހުއްދަ ޞަޙާބީންނަށް ދެއްވިއެވެ. މިސާލަކަށް ވެރިކަމުގެ ކަންކަން ޙަވާލުކުރެއްވުމަށްފަހު އެހުއްދަ މުޢާޛުގެފާނަށްވެސް ދެއްވިއެވެ.
ޞަޙާބީންގެ މެދުގައި ފިޤުހީ ކަންކަމުގައި ހުރި ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އެބޭކަލުންގެ މެދުގައި ބައިބައިވުން އުފެދުމަށް ފުރުޞަތެއް ދެއްވައިފައިނެތެވެ. މިހެންކަމުން އެގެނީ އެއީ އިސްލާމީ ނަޒަރަކުން މައްސަލައެއްނޫންކަމެވެ.
ދެން ސުވާލަކީ އެއްވިސްނުމެއްގެ ސުވާލެވެ. އެސުވާލުގެ ޖަވާބުގައި ދަންނަވަން ޖެހެނީ އިސްލާމީ ފިޤްހަކީ ވަރަށް ތަނަވަސް ފިޤުހެއްކަމުގައެވެ. އިސްލާމްދީނުގެ ރައުޔައަކީ އެންމެ އިމާމެއް ނުވަތަ އެންމެ ޝައިޚެއްގެ ރައުޔައެއްނޫނެވެ. އެހުރިހާ ރައުޔަތަކެއްވެސް ހިމެނެނީ އިސްލާމީ ޝަރީޢަތުގެ އިމުގެ ތެރޭގައެވެ. އެރައުޔަތަކުގެ ތެރޭގައި ބަލިކަށި ރައުޔަތަކާއި ވަރުގަދަ ރައުޔަތައް ހުއްޓަސްމެއެވެ. މިކަން މިހެން އޮތުމުގެ ފައިދާތަކެއް އެބަހުއްޓެވެ. މަޞްލަޙަތާއި ޝަރީޢަތުގެ މަޤުޞަދުގެ މައްޗަށް ބިނާކޮށް އެކި ޙާލަތުގައި އެކި ރައުޔަށް ޢަމަލުކުރުމުގެ ފުރުޞަތު އޮންނާނެއެވެ. އެހެންކަމުން އިސްލާމީ ފިޤުހުގައި ޚިލާފުތައް ހުރުމީ އެފިޤުހުގެ އެންމެ ރިވެތިވެގެންވާ ޞިފައެވެ. އެއީ އެފިޤުހުގެ ތަނަވަސްކަމެވެ.
ޚިލާފުގެ ވާހަކަދައްކާއިރު ފާހަގަކޮށްލަން ޖެހޭ ނުކުތާއަކީ އިސްލާމީ ފިޤުހުގެ އެންމެހާ ޙުކުމްތަކަކީ އަދި ޝަރުޢީ އެންމެހައި ނިންމުންތަކަކީ އެއްދަރަޖައެއްގެ ނިންމުންތަކެއް ނޫންކަމެވެ. ސާބިތު ޙުކުމްތައް ހުންނަ ފަދައިން ތަނުގެ ޙާލަތަށާއި ޒަމާނުގެ ޟަރޫރަތްތަކަށް ރިޢާޔަތްކުރުމަށްފަހު ބަދަލުގެނެވޭނެ ޙުކުމްތައް ހުންނާނެއެވެ.
ސުވާލު 3: ޢިލްމުވެރިންގެ މެދުގައި ޚިލާފުވެވުމުން، ޢާންމުން ކަންކުރާނީ ކިހިނަކުންތޯއެވެ؟ އަދި އެކަހަލަ ކަންކަމުގައި ދީން އުގެނިވަޑައިގަންނަވާ ބޭފުޅުންގެ ޢަމަލުތައް ހުންނަންވާނި ކިހިންކުންހެއްޔެވެ؟
ޖަވާބު: ޢާންމުންގެ މައްޗަށްވަނީ އެމީހަކަށް ފެންނަ އެންމެ ރަނގަޅު ރައުޔައަކަށް ތަބާވުމެވެ. މިކަމުގައި ތަނަވަސްކަން ލިބިގެންވީ މިންވަރަކުން ކަންކަން ހޯދައިބެލުންހުއްޓެވެ. ހޯދައިބެލުމަށްފަހު އެންމެ ރަނގަޅުކަމަށް ލަފާކުރެވޭ ރައުޔައަކަށް ތަބާވުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ގިނަ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވައެވެ.
ދީން އުގެނިވަޑައިގަންނަވާ ބޭފުޅުންގެ މައްޗަށް އޮތީ ކޮންކަމެއްކަން އެބޭކަލުންނަށް އެގިވަޑައިގަންނަވާނެއެވެ. އެހެނީ ދީން އުގެނި ވަޑައިގަންނަވާއިރު އެންމެ އިސްކަމަކަށް ރިވެތި އަޚުލާޤު އުގެނިވަޑައިގަތުން މުހިއްމެވެ. އެހެންކަމުން އެންމެ ފުރަތަމަކަމަކީ ތިބާގެ އަޚާއާމެދު ހެޔޮކޮށް ވިސްނުމެވެ. އެފަރާތުގެ އަނބުރާއި ޢިއްޒަތް ޙިމާޔަތްކުރެއްވުމެވެ. އައިބު ފޮރުވައިދެއްވުމެވެ. އަދި ޙުކުމެއް އަނެކާއާމެދު ނެރުއްވުމުގެ ކުރިން އަނެކާގެ ރައުޔަ ބިނާކުރެއްވި އަސާސްތައް ދިރާސާކުރެއްވުމެވެ.
ކޮންމެ އިޚުތިލާފަކީ މުޢުތަބަރު ޚިލާފެއްނޫނެވެ. އެކަން ބަޔާންކުރަމުން ޅެންވެރިޔާވެސް ވިދާޅުވެފައިވެއެވެ.
و ليس كل خلاف جاء معتبرا إلا الخلاف له حظ من النظر!
މިޅެންބަހުގެ މާނައަކީ: ކޮންމެ ޚިލާފަކީ މުޢުތަބަރުގޮތެއްގައި އައިސްފައިވާ ޚިލާފެއްނޫނެވެ. އެއީ ބަލައިދިރާސާކުރުމުގެ ތެރެއިން ނަޞީބެއްލިބިފައިވާ ޚިލާފުތައް މެނުވީއެވެ.
އެހެންކަމުން ޚިލާފީ މައްސަލަތަކުގެ ތެރެއިން މުޢުތަބަރު މައްސަލަތަކުގައި އަނެކުންގެ މައްޗަށް އިންކާރުކޮށް އޭނާ ދީނުން ބޭރުކުރާ ހިސާބަށް ދިއުމެއް ނެތެވެ. އަދި ހަމައެފަދައިން ތިމާގެ ޝައިޚުގެ ރައުޔައަށް ތަޢައްޞަބުވެ ހުސްވެގަތުމެއްވެސް ނެތެވެ. ބައެއް އަޚުން އަދި އުޚުތުން ހަމައެކަނި ވަކި ޝައިޚުންތަކެއްގެ ފޮތްތައް ކިޔުމަށް ނުވަތަ ވަކި ޝައިޚުންތަކެއްގެ ރައުޔައަށް މެނުވީ ތަބާނުވުމަށް ގޮވައިލާ ފަތުވާދީ ހަދައިފައިވެއެވެ. މިކަމުގެ ސަބަބުން އަޅުގަނޑުގެ ޚިޔާލުގައި އުފެދުނީ ތަޤުލީދުކުރުމަށް ގޮވާލައި، ތިމާގެ މަޛުހަބު ނޫން އެހެން މަޛުހަބެއް ކުރިއަރުވާން އިހުގައި ކުރެވިފައި ހުރި މަސައްކަތްތަކެވެ. އެކަންކަމުގެ ސަބަބުން އިޚުތިލާފުތައް ބޮޑެތި ހައިޖާނަށް ބަދަލުވެއެވެ. އެހެންކަމުން މަޛުހަބީ ތަޢައްޞުބުން ދުރުވުން ހުއްޓެވެ.
މަޛުހަބީ ތަޢައްޞަބަކީ މަޛުހަބެއްގެ ނަން ބުނެފައި މަޛުހަބަކަށް ނިސްބަތްވުމެއްނޫނެވެ. އެއީ ވަކި މަޛުހަބެއްގެ ރައުޔަނޫނީ ރަނގަޅުނުވުމެއްވެސް ނޫނެވެ. އެއީ އެހެން މަޛުހަބުތަކުގެ ރައުޔަތަކަށް އިންކާރުކޮށް އެރައުޔަތައް ބިދުޢަވެރިކޮށް އެރައުޔަތަކުގެ އަހުލުވެރިން ދީނުން ބޭރުކުރުމެވެ. މިޒަމާނުގައި މަޛުހަބެއްގެ ނަމެއް ނެތި ހަމަ މިކަންތައް މިގޮތަށް ހިގާތަން ފެނެއެވެ. މިވެނި އެވެނި ޝައިޚެއްގެ ފޮތް ނޫން ފޮތެއް، އެނޫން ފަތުވާއެއް ޤަބޫލުކުރުމީ މުރުތައްދުވާވަރުގެ ކަމެއްކަމުގައި ހަދައިގެންއުޅޭ ބަޔަކުވެސް އެބައުޅެއެވެ. ނުވަތަ އެބޭފުޅުން ވިދާޅުވީތީ ރައުޔަތައް ޞައްޙަކަމުގައި ހަދައިގެންވެސް އެބައުޅެތެވެ. މިއީ ހައްތަހާވެސް މައްސަލައެވެ. މިކަންކަމާމެދު ސަމާލުވުން ހުއްޓެވެ.
މިފަދަކަންކަމުގައި އިސްލާމީ ރަޙުމަތާއި ރައުފަތާއި ލޯތްބާއި ކުލުން އިސްނުކުރެވެނީ ކީއްވެތޯއެވެ؟ ބޮޑެތި އިމާމުންގެ އަޚުލާޤުން މިސާލު ލިބިނުގަނެވެނީ ކީއްވެތޯއެވެ؟ އެބޭފުޅުންގެ މަތިވެރި ސުލޫކު ބަލައިނުގަނެ، ކުދި ކުދި ކަންކަމުގައި އެކަކު އަނެކަކު ކާފަރުކުރާ ހިސާބަށް ކަންކަން މިގެންދެވެނީ އަޅެފަހެ، ޖާހިލުކަމުން ނޫންބާވައެވެ؟ އަސާސްތައް ހަނދާން ނެތިކޮށް، ރުކުންތަކާމެދު ޣާފިލުވެ، ފަރުޢުތަކުގައި ކޮލުދަތުން ހިފެނީ ތަނެއްދޮރެއް ނޭނގޭތީ ނޫންބާވައެވެ؟ އަމިއްލަ ނަފްސާ ކޮށްލަން ރަނގަޅު ސުވާލުތަކެއްނޫންތޯއެވެ؟
ނޯޓު: ޢިލްމީ ގޮތެއްގައި މަރުޖިޢުތަކާއެކު މިލިޔުން ނުލިޔުނީ ކުރުކުރުމުގެ ގަސްތުގައެވެ. އެހެންނަމަވެސް ބޭނުންވި މިންވިރަށް ކުރުނުކުރެވުނެވެ. އެކަމަށްޓަކައި ކިޔުންތެރިންގެ ކިބައިން މަޢާފަށް އެދެމެވެ. އެހެންނަމަވެސް މިލިޔުމުން ފައިދާއެއް ލިބިވަޑައިގަތްކަމަށް އުންމީދުކުރަމެވެ.



