ބަދަލެއް


ކުޑަ ބަދަލެއް!
މިބްލޮގަކީ ކުރިން އަޅުގަނޑުގެ އަމިއްލަ ބުލޮގެއްކަމުގައި ވީނަމަވެސް މިހިސާބުން ފެށިގެން މިބްލޮގަކީ ތަރަހަ ނުވަތަ ތަރައްޤީއާއި ރަށްވެހިކަމުގެ ހަރަކާތުގެ ބުލޮގެވެ. މިބްލޮގަކީ ވިސްނުންތައް އެއްތަންވެ ޖަމާވާތަނެކެވެ. ދީނާއި ދުނިޔެ ގުޅުވައިދޭ ޢިލްމުތައް ގެނެސްދިނުން މަޤުޞަދެއްކަމުގައި ދެކޭ ތަރަހަ އަކީ މާތްﷲގެ ވާގިފުޅާއެކު، ހެޔޮ އިޞާލާޙީ ފިކުރަތަކަކާއިގެން ނުކުންނަ ޙަރަކާތެއްކަމުގައިވުމަށް އުންމީދުކުރަމެވެ.
ދީނާއި ޤައުމުގެ ޙައްޤުގައި ތެދުވެ، އިސްލާމް ދީނުގެ އަލި ޞޫރަ ފޯރުކޮށްދީ، ދީނީ ނަޒަރަކުން ކޮންމެ ކަމަކަށް ފާޑުކިޔުމަށް ގޮވާލާ، އެކަން އެގޮތަށްކޮށް، އިސްލާމްދީނުގެ ތަނަވަސްކަމުގެ ހިޔަލުގައި ޤައުމަށް ފިނިކަމެއް ހޯދައިދިނުމަކީ މިޙަރަކާތުގެ މައިގަނޑު ފިކުރެވެ. މިޙަރަކާތުގެ ވިސްނުމަކީ ޙައްލަކީ އިސްލާމް ދީންކަމެވެ. އެހެންނަމަވެސް އިސްލާމްދީނުގައި ކަންކަމަށް ހުރި ޙައްލުތައް ނެރެ، އެދެއްކުމަކީ ކުރުން ލާޒިމުކަމެކެވެ. ތަރައްޤީއާއި ކުރިއެރުން މާއްދީގޮތުން ލިބިގަންނަންވާނީ އިސްލާމްދީނުގެ އިމުގެ ތެރޭގައެވެ. އެއިން ކުރަހައިދިނުމަކީ މުހިއްމުކަމެކެވެ. ރަށްވެހިކަމަކީ މީހުންގެ އުޅުންތެރިކަމާވެސް ގުޅުންހުރިކަމެއް ކަމުގައިވީތީ، އަޚުލާޤީ ރިވެތި އަގުކުރުންތައް ނަގަހައްޓައި ދަމަހައްޓަން ޖެހެއެވެ.
ކުރަންޖެހޭ ކަމަށް މިބުނި ހުރިހާކަމަކީވެސް އަޅުގަނޑުމެންގެ އަމާޒެވެ. އެއިން ކޮންމެ ކަމެއް ޙަޤީޤަތެއްކަމުގައި ހެދުމަށް މާތްﷲގެ ވާގިފުޅާއެކު މަސައްކަތްކުރާނަމެވެ. އަޅަމެން މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ.
މިބަދަލާ ގުޅިގެން މިބްލޮގުގައި އިތުރު ބައެއް އަޚުން ބައިވެރިވެވަޑައިގަންނަވާނެއެވެ. އެހުރިހާ ބޭފުޅުންނަށް އަޅުގަނޑު މަރުހަބާ ދަންނަވަމެވެ. ޚާއްޞަކޮށް މިބަދަލު ގެނައުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވި އަލްއަޚް އަޙްމަދު ޝަމީން ދޮންމަނިކު، އަދި މިހަރަކާތުގެ ނަން ހުށަހެޅުއްވި އަލްއަޚު ނޫރުއްސަލާމް އަބޫބަކުރުގެ ނަން މިތަނުގައި ފާހަގަކުރަމެވެ.
އަޅުގަނޑުގެ ދުޢާއަކީ މާތްﷲގެ ތަނަވަސް ރަޙުމަތުގައި އަޅުގަނޑުމެން އެންމެން ލެއްވުމެވެ. އަޅަމެން އެންމެންގެ ހިތްތަކުގެ ރަބީޢުކަމުގައިވާ އިސްލާމްދީނަށް ނަޞްރުދެއްވުމެވެ. އަދި އަޅަމެންގެ މިމަސައްކަތުގައި ބަރަކާތްލެއްވުމެވެ. އާމީން!
ފާހަގަ:

2 ޚިޔާލު!

  1. aslu mi nakameee alhuganduge ekasha elhumeh noon hageegathuga, mi nikan kureehsure alhuganduge varah gai thimaage beybe aku dhaskodheefa oi nameh..-nooru-

  2. Ehenkamun thividhaalhuvi nukuthaayah balaafa ekashaelhun hushahelhumah badhalukohfeemeve.

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!