ތިބާ ނެތުމުން...

މި ލޮލުގެ ހަމަޖެހުމަކީ ތިބާއެވެ.

ތިބާ ނެތުމުން މިލޮލަށް ހަމަޖެހުމެއް ނެތެވެ.

މިހިތުގެ ވިންދަކީ ތިބާއެވެ.

ތިބާ ނެތުމުން މިހިތުގައި ވިންދުޖެހުމެއް ނެތެވެ.

މިހަށިގަނޑުގެ ދިރުމަކީ ތިބާއެވެ.

ތިބާ ނެތުމުން މިހަށިގަނޑުގައި ދިރުމެއްނެތެވެ.

މި ބުއްދީގެ އަމާޒަކީ ތިބާއެވެ. ތިބާ ނެތުމުން މިބުއްދިއަށް އަމާޒެއްނެތެވެ.

މިދުލުގެ ބަހަކީ ތިބާއެވެ. ތިބާ ނެތުމުން މިދުލަށް ބަހެއް ނެތެވެ.

ދަންނާށެވެ! ތިބާ ނެތުމުން............

ކަރުނައިގެ ސައިލަށް ނިމުމެއް ނެތެވެ.

ހިތާމައިގެ ސިލްސިލާއަށް ހުއްޓުމެއް ނެތެވެ.

ޝަކުވާގެ ގިލަންފައްޗަށް އެމުނިނިމުމެއްނެތެވެ.

ގިލަންވެރިކަމުގެ އާހުން އަރައިގަނެވުމެއްނެތެވެ.

އާފާތްތަކުގެ ބާބުން މިންޖުވެވުމެއްނެތެވެ.

ތިބާ ނެތުމުން...........

ކުރެވޭ މިޝަކުވާއިން ހިތަށް ލިބޭ ފިނިކަމެއް ނުމެނެތެވެ.

ކުރެވޭ މިއާދޭހުން ލިބޭ ނަތީޖާއެއް ނުވެސް ނެތެވެ.

ކުރެވޭ މިމަސައްކަތުގެ އަގެއްވެސް ފެންނާން ނެތްމެއެވެ.

ކުރެވޭ ކަމަކުން ހިތަށް ފިނިކަމެއް ނުލިބޭނެމެއެވެ.

ތިބާ ނެތުމުން...........

މިހެން އިނދެ މިކަހަލަ ދެތިން ލަފްޒެއް މިގަލަމުން ލިޔެލެވިއްޖެއެވެ.

މިހެން ހިތުގެ ތަރާނާ އަމުނައިލައި، އެހެން ދެތިން ބަހެއް ބުނެވިއްޖެއެވެ.

މިހެން ބުނެލެވުނު ބަހަކުން ހިތަށް ހަމަޖެހުމެއް ހޯދުމަށް އުޅެވުނުކަމުން،

ތިބާ ޢުމުރަށްމެ ނެތްކަން، އަދިނުވެސް އަންނާނެކަން ޔަޤީންވެއްޖެއެވެ.

(ނިމުނީ)

ނޯޓު: މިއީ އައުޅެމެއް ހެދުމަށް އުޅުމުން ހިތުގެ ކޮންމެވެސް ކަނަކުން ނުކުމެ މިހިސާބަށް އައި ޢިބާރާތްކޮޅެކެވެ. އަޅުގަނޑަކީ ޝާޢިރެއްކަމުގައި ނުވާތީ ޝާޢިރީ ކުލަވަރު މި ބަސްކޮޅުގައި ނުހުރުމީ އެންމެ ގާތްވެގެންވާ ގޮތެވެ. އެހެނަސް މިއީ ހިތުގެ ފުނުގެ އަނދިރި ހިސާބަކުން ނުކުމެފައިހުރި، ޝުޢޫރުތަކެއްގެ މައްޗަށް ބިނާކޮށް ލިޔެލި ދެތިން ބަހެކެވެ. ޝުކުރިއްޔާ!
ފާހަގަ:

1 ޚިޔާލު!

  1. shaairee kulavaru nuhurumee "gaaai" kamakey buneema heevanee goas hen .. rangalhu gothakee "kaari" dho.. dhen shifzan ekahala ehcheh beynun kohlleema bunelee..
    anyway thiyaee hama aa lhemeh... v salhi... furathama faharaa balaaafa v furihama kamuga buneveynee..

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!