ތަރަހައަކީ

ކީރިތިވަންތަ ކަށަކުޅަދުންވަންތަ ދީލަތިވަންތަ ﷲ ގެ ޙަޟްރަތަށް ޙަމްދާއި ޝުރުކުދަންނަވަމެވެ. ކައުއިތުރު ޙަބީބު މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަމެވެ. މިދުޢާގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލްކުރަމެވެ.

ތަރަހައިގެ ހިޔާވަހިކަމަށް ޒިޔާރަތް ކޮށްލެއްވިކަމަށްޓަކައި ވަރަށް ބޮޑަށް މަރުޙަބާ ދަންނަވައި، ޝުކުރު އަދާކުރަމެވެ. ތަރަހައިގެ ފޭސްބުކްސޮފުހާގައި ބައިވެރިވެލައްވާ، އެހެން އެކުވެރިންނާ މި ސައިޓް ހިއްސާކޮށްލައްވާ، އަޅުގަނޑުމެންގެ މަސައްކަތްތަކާއި ގުޅިލައްވާނަމަ ޝުކުރު ތަކުރާރު ކޮށްލަމެވެ.

މި ސައިޓަކީ ތަހުޒީބާއި ރަށްވެހި ކަމުގެ ނަމުގައި އަޅުގަނޑުމެން އިންޓަނެޓް މެދުވެރިކޮށް ހިންގާ ހަރަކާތެކެވެ. އަޅުގަނޑުމެންގެ މަގުސަދަކީ ދިވެހިންނަކީ ތަހުޒީބީ ގޮތުން ފުދުންތެރި ރަށްވެހި ބަޔަކަށް ވުމަށްޓަކައި ބޭނުންވާނޭ ދީނީ، ފިކްރީ، ސަގާފީ، ޢިލްމީ މައުލޫމާތު ވީ އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމެވެ. ވަށާޖެހިފައިވާ ފިކުރެއްގެ ވެރިއަކަށް ވުމަށްޓަކައި ޢިލްމީ ޚަޒާނާގެ ދޮރުން އެތެރެއަށް އަޅުގަނޑުމެންގެ ކޮންމެ ބައިވެރިއަކު ގެންގޮސްދިނުމެވެ. ދިވެހިރާއްޖޭގައި ދީނީ ދަޢުވަތު ދެއްވަމުން ގެންދަވާ އެންމެ ބޭފުޅުން އެކަތިގަނޑަކަށް ހެދުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކުރުމެވެ. ދިވެހި އިސްލާމީ ހަރަކާތަށް އިތުރު ރޯޝަނީކަމެއް ގެނެސްދިނުމެވެ. އަދި ފާޑުކިޔުމުގެ ފިކުރާ ނުވަތަ ކްރިޓިކަލް ތިންކިން އަށް ތަރުޙީބުދިނުމާއި ކުރިއެރުވުމާއި، ގާނޫނު އަސާސީ ކަށަވަރުކޮށްދޭ ހަމަތަކާއެކު ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ބޭނުން ފުރިހަމައަށްހިފައި، އެންމެހާ ދާއިރާއަކުން މިނިވަން ޖައްވެއްގައި އަޅުގަނޑުމެންގެ ޚިޔާލު ފާޅުކުރުމެވެ.

މި ސައިޓުގައި ހިމެނޭ ލިޔުންތަކަށް ކިޔުންތެރިން ފާޅުކުރައްވާ ޚިޔާލުފުޅުތައް ޝާއިޢުކުރެއްވުމާއި ނުކުރެއްވުމުގެ އިޚްތިޔާރު ލިބިގެންވަނީ އެލިޔުމެއް ލިޔުއްވި ލިޔުންތެރިޔާއަށެވެ.

މި ސައިޓް އަލުން ފަރުމާކޮށްދެއްވުމުގެ ބުރަ ފައްނީ މަސައްކަތް ކޮށްދެއްވާ، ވަރަށް ފުރިހަމަ ބަދަލުތަކެއް، ގެނެސްދެއްވިކަމަށްޓަކައި މިހަރަކާތުގެ މެންބަރު އަދި ނޭކުރެންދޫޓައިމްސް ގެ ހިންގުންތެރިޔާ އަލްއަޚް ޢަލީ ނިޔާޒަށް ފަށްފަށުން ޝުކުރުދަންނަވަމެވެ.

*** ***
ތަރަހައިގެ ފަރާތުން ތިޔަ މެހެމާނަށް މި ސައިޓުގައި ބާއްޖަވެރި ވަގުތުކޮޅަކަށް އެދެން!