އަޚާއެވެ. މިސުވާލަށް ޖަވާބުދީފާނަން ހެއްޔެވެ.
އަމިއްލަ ނަފްސާމެދު، ރަށްރަށު ވަލަށް ނެގިފައި އެހުންނަ ވަހުތާނުހެން ނޫނީ މަގު ވަޔާ ހޫރޭ ކޮތަޅެކޭ އެއްފަދައޭ ހީވޭހެއްޔެވެ؟
މިބުނީ، އެއްވެސް އަމާޒެއް ނެތް ދުވަސްތަކެއް ދިރިއުޅެވޭހެން ހީވޭހެއްޔެވެ؟
މެންދުރުން ފައިބައިގެން އަނެއްކާވެސް ކަލޭ ތިދަނީ އޮފީހަށެވެ.
އަޚާއެވެ. އަހާށެވެ. އަދި ފުރުސަތު އެބައޮތެވެ. ފުރިހަމަ އިޚްތިޔާރާއެކު ތިހުރީ ޢަމަލުކޮށްކޮށެއްނޫން ހެއްޔެވެ؟
ކޮއްލަންޖެހޭ ހަމައެކަނި ކަމަކީ ކުޑަކޮށް އަނބުރާލާ ތެދުމަގަށް އަޅުވާލުވެ.
މިބުނީ، ސިނގިރޭޓު ރޯކުރަން ތިގެންގުޅޭ ލައިޓަރުން ބުއްދީގެ އުށްބައްތި ރޯކޮށްލާ ދޭހަކުރުމުގެ ފަތްފުށްތަކަށް އަލިކޮށް ކިޔަން ފަށާވާހަކައެވެ.
އަސުރުނަމާދުކޮށްގެން އަދި މަޑުކޮށްލަން އެބަޖެހެއެވެ.
އަޚާއެވެ. ތިއީ މި ދުނިޔޭގައި އޭގެ ވެރިޔާއެވެ. ދުނިޔޭގެ އަޅަކަށް ނުވާށެވެ.
މިބުނީ، ހުރިހާގޮތަކުންވެސް މިނިވަންކަން އެއީ އަމާޒުކަމުގައި ނަހަދާ، އެއީ ވަސީލަތެއްކަމުގައި ހަދާވާހަކައެވެ. އަމާޒަކީ ސުވަރުގެ ނޫންހެއްޔެވެ!
މަޣްރިބުނަމާދު ކޮށްގެން ތިހުރީއެވެ.
ޙަޔާތުގެ އުދަރެހަށް ރަތްވިލާއަރާ އިރުއޮއްސުނީކަމުގައި ނުބަލާށެވެ.
މިއަދު ހުރިހާ ދޮރުތަކެއް ލެއްޕި ކުރިމަތިން އެކީ މަގުބަންދުވެފައި އޮތަސްވެހެވެ.
ފަހަރުގައި އެއީ، ތިދެއަތުން އެންމެ ތަނަވަސްކަންބޮޑު ދޮރުހުޅުވެން ނޫންކަމެއްވެސް ނޭންގެއެއްނޫންހެއްޔެވެ.
ވިއްސާރަދުނީން އަލި، ނޫ، އުޑު ޖަރީވަނީ ބޯ ވިއްސާރައަށްފަހުގައި ނޫންހެއްޔެވެ؟
މިބުނީ، މާދަމާ ކާމިޔާބުގެ ދޮރުހުޅުވާނީ ތިދެއަތުން ކަމުގައި ވެދާނެއެވެ.
ޢިޝާނަމާދު ކޮށްލެވުނީތީ ތިބާ ތިހުރީ ހިތްހަމަޖެހިފައެވެ.
ހިތްހަމަ ޖެހިފައި ހުންނާށެވެ. ސަބަބުތަކުގައި ހިފާށެވެ. ﷲއަށް އިޚްލާސްތެރިވުން އިސްކުރާށެވެ. ރަސޫލާއަށް ތަބާވާށެވެ!
މިބުނީ، ބަނދެވުމެއްގެ ވާހަކައެއްނޫނެވެ. ފަންނުވެރިކަމާ އުފެއްދުންތެރި ކަމައިގެން އުޑުތަކާއި ބިމުގައި ވާހާ ތަނެއްގައި ހިނގައި އުދިހިގަންނަންވީ ވާހަކައެވެ.
0 ޚިޔާލު!