ދީނީ ދަޢުވަތު ދޭ މީހާއަށް ލިބޭ ބޮޑު ދެ ނިޢުމަތެއް
-
މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރުﷲ ތަޢާލާ ކީރިތި ޤުރްއާނުގައި
ވަޙީކުރައްވާފައިވެއެވެ.يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ
وَقُولُوا قَوْلًا ...
ހިންޏަކީ ދުވަހެއްގައިވެސް ނާއުންމީދުވާ އެއްޗެއް ނޫނެވެ. ހިނީގެ ފަލްސަފާއިން ހީވާގިކަމާއި މަސައްކަތްތެރިކަމާއި ހިތްވަރަކީ ކޮބައިކަން ދެނެގަންނާށެވެ!
ހިނީގެ ފަލްސަފާއަކީ ކުރިއަށްދާ މަގަށް ހުރަސްއެޅުމުން އެހެން މަގެއް ހޯދުމެވެ. ހުރަހުގެ މަތިންލާފައި ނުވަތަ ދަށުން ލައިފައި ދިއުމެވެ. އެހެން ގޮތެއް ނެތިއްޔާ ވަށާލާފައި ދިއުމެވެ. ފަސްއެނބުރުމެއް ނެތެވެ.
ޢިބްރަތަކީ: ކަލޭ ހާސިލުކުރަން ބޭނުންވާ ކަމަކަށް ވާސިލުކޮށްދޭނޭ ގޮތް ހޯދުން ފަހަރެއްގައި ވެސް ހުއްޓައި ނުލާށެވެ.
ހިނީގެ ފަލްސަފާގައި ވަނީ ހޫނު މޫސުމުގައި ފިނި މޫސުމަށް ރޭވުންތެރިވުމެވެ. އެއްވެސް މޫސުމެއް ތާއަބަދު ދެމި ނޯންނާނެކަން ޔަގީންވާއިރު އެކަމާ މެދަށް ރޭވުންތެރިކަން މިސްރާބުކުރުމެވެ. ފިނިމޫސުމަށްޓަކައި ހޫނު މޫސުމުގެ މެދާ ހަމައިން ކާނާ ރައްކާކުރަން ފަށައެވެ. ވެއްޔާއި ހޫނުން އަރާމު ހޯދާއިރު ފިނީގައި ނިވާވާނޭ ގޮވައްޗާ މެދު ހަނދާން ނައްތައެއް ނުލައެވެ.
ޢިބްރަތަކީ: ކަންހިނގާ އުސޫލު ގަބޫލުކޮގެން ހުރުމާއެކު ކުރިއަށް ވިސްނާށެވެ.
ހިނީގެ ފަލްސަފާގައި ފިނީގައި ހޮރަށް ވަނަސް އިރު ހޫނާއެކު ދުނިޔޭގެ އައްޔަށް ރުޖޫއަވުން ލާޒިމެވެ. ޢިބްރަތަކީ: ކޮންމެ ވަގުތެއްގައި ވެސް އެވަގުތަކާ މެދު އެކަށީގެންވާ ގޮތުގައި އުޅޭށެވެ.
ސުވާލަކީ ހޫނު މޫސުމުގައި ފިނި މޫސުމަށްޓަކައި ހިނި ޖަމާކުރަނީ ކިހާވަރަކަށް ހޭ ނަމަ ޖަވާބަކީ އޭއްޗަށް ކުޅަދާނަވީ އެންމެ މަތީ މިންވަރެކެވެ.
ޢިބްރަތަކީ: ކަލެއަށް ކުޅަދާނަވީ އެންމެ މަތީ މިންވަރެއްގައި އަބަދުވެސް މަސައްކަތްކުރާށެވެ.
ބުނަން މިއުޅޭ އެއްޗަކީ ހިނީގެ ފަލްސަފާގައި ހިފާށެވެ!
މާޒީގައި އެލިގަނެގެން ނޯވެ ހަޔާތަށް ނުކުމެ "ސަޅިކަމެއް" ކޮށްލާށެވެ.
ހިނީގެ ފަލްސަފާއަކީ ކުރިއަށްދާ މަގަށް ހުރަސްއެޅުމުން އެހެން މަގެއް ހޯދުމެވެ. ހުރަހުގެ މަތިންލާފައި ނުވަތަ ދަށުން ލައިފައި ދިއުމެވެ. އެހެން ގޮތެއް ނެތިއްޔާ ވަށާލާފައި ދިއުމެވެ. ފަސްއެނބުރުމެއް ނެތެވެ.
ޢިބްރަތަކީ: ކަލޭ ހާސިލުކުރަން ބޭނުންވާ ކަމަކަށް ވާސިލުކޮށްދޭނޭ ގޮތް ހޯދުން ފަހަރެއްގައި ވެސް ހުއްޓައި ނުލާށެވެ.
ހިނީގެ ފަލްސަފާގައި ވަނީ ހޫނު މޫސުމުގައި ފިނި މޫސުމަށް ރޭވުންތެރިވުމެވެ. އެއްވެސް މޫސުމެއް ތާއަބަދު ދެމި ނޯންނާނެކަން ޔަގީންވާއިރު އެކަމާ މެދަށް ރޭވުންތެރިކަން މިސްރާބުކުރުމެވެ. ފިނިމޫސުމަށްޓަކައި ހޫނު މޫސުމުގެ މެދާ ހަމައިން ކާނާ ރައްކާކުރަން ފަށައެވެ. ވެއްޔާއި ހޫނުން އަރާމު ހޯދާއިރު ފިނީގައި ނިވާވާނޭ ގޮވައްޗާ މެދު ހަނދާން ނައްތައެއް ނުލައެވެ.
ޢިބްރަތަކީ: ކަންހިނގާ އުސޫލު ގަބޫލުކޮގެން ހުރުމާއެކު ކުރިއަށް ވިސްނާށެވެ.
ހިނީގެ ފަލްސަފާގައި ފިނީގައި ހޮރަށް ވަނަސް އިރު ހޫނާއެކު ދުނިޔޭގެ އައްޔަށް ރުޖޫއަވުން ލާޒިމެވެ. ޢިބްރަތަކީ: ކޮންމެ ވަގުތެއްގައި ވެސް އެވަގުތަކާ މެދު އެކަށީގެންވާ ގޮތުގައި އުޅޭށެވެ.
ސުވާލަކީ ހޫނު މޫސުމުގައި ފިނި މޫސުމަށްޓަކައި ހިނި ޖަމާކުރަނީ ކިހާވަރަކަށް ހޭ ނަމަ ޖަވާބަކީ އޭއްޗަށް ކުޅަދާނަވީ އެންމެ މަތީ މިންވަރެކެވެ.
ޢިބްރަތަކީ: ކަލެއަށް ކުޅަދާނަވީ އެންމެ މަތީ މިންވަރެއްގައި އަބަދުވެސް މަސައްކަތްކުރާށެވެ.
ބުނަން މިއުޅޭ އެއްޗަކީ ހިނީގެ ފަލްސަފާގައި ހިފާށެވެ!
މާޒީގައި އެލިގަނެގެން ނޯވެ ހަޔާތަށް ނުކުމެ "ސަޅިކަމެއް" ކޮށްލާށެވެ.
ނިމިދަނީއެވެ. ހަމަ ޙަޤީޤަތުގައިވެސް ނިމިދަނީއެވެ. މަރުގެ ސަކަރާތަށް މިވަނީ ހުށަހެޅިފައެވެ. ނޭވާ ހޮޅިއަށްއެޅި ނޭވާލުން މިވަނީ ދަތިވެފައެވެ. ފިކުރުބޮޑުވެ ދެލޯ މުދުނަށް އަރައިފައިމިވަނީ ބިރުންނެވެ. އަޖަލުޖެހޭތީއެވެ. އިންޒާރުގެ ރަނގަބީލުގެ އަޑު މެދުކެޑުމެއްނެތި އެބައިވެއެވެ. ފުރާނައިގެ ބާރު ހުސްވެ، ހަށިން ހޭނެތިދަނީއެވެ. އަޅުގަނޑުތޯއެވެ؟ ނޫނެކެވެ. އަޅުގަނޑު ހަމަހެޔޮ ޙާލުގައި އެބަހުރީމެވެ. އެހެންނަމަވެސް މިދެންނެވީ އަޅުގަނޑުމެންގެ ލޮބުވެތި ވަޠަނުގެ ޙާލެވެ. މިޤައުމު ތަޙައްމަލުކުރަމުންދާ ނިކަމެތިކަމުގެ ވާހަކައެވެ. މިދީބު މިއަދު ހުށަހެޅިފައިވާ ގެއްލުން ލިބެނެވި ޙާލުގެ ވާހަކައެވެ. މިނާމާންކަން އިޙުސާސުކުރާ ދިވެއްސެއް ކަމުގައިވާތީ ބަހެއްނުދަންނަވައި ނުހުރެވިގެން ތިޔަ ކިޔުންތެރިންނާ މިކަންކަން ޙިއްސާކޮށްލާނަމެވެ.
އަޅުގަނޑުމެންގެ މިކުޑަކުޑަ ޤައުމުގެ ނިމިދިޔުން އައިސް އަޖަލު ޖެހެނީ ކަމުގައި އަޅުގަނޑު ދެންނެވީ ސަބަބެއްނެތިއެއްނޫނެވެ. ޤައުމެއްގެ ފަނާވުމަކީ ސުނާމީއެއްގައި ނުވަތަ ކަނޑުގެ ރާޅު އުސްވެގެން، ނުވަތަ އެނޫންވެސް ޤުދުރަތީ ކާރިސާއެއްގައި އެޤައުމު އެކީ ހަލާކުވުމެއްނޫނެވެ. ނުވަތަ ކޮންމެވެސް ބައްޔެއްގެ ސަބަބުން އެޤައުމުގެ އެންމެހާ އަހުލުވެރިން އެކީ ހަލާކުވުމެއްވެސް ނުމެނޫންމެއެވެ. އެނޫން ގޮތްގޮތަށްވެސް ޤައުމެއްގެ ނެތިދިއުން އައިސް އެޤައުމަކާ ކުރިމަތިވެއެވެ. މާނަވީ ނެތިދިއުމެކެވެ. އާދޭހެވެ. ލޮލަށް ނުފެންނަ ހަށިގަނޑަށް އިޙްސާސް ނުކުރެވޭ ނެތިދިއުމެކެވެ. އަޅުގަނޑުމެން މިއަދު މިކުރިމަތިލަނީ އެފަދަ ނެތިދިއުމަކާއެވެ. އެފަދަ އަޖަލަކާއެވެ.
ދަންނަވަން މިއުޅެނީ ބައެއްބޭފުޅުންނަށް ޤަބޫލުކުރައްވަން ދަތި ޙަޤީޤަތެއްގެ ވާހަކައެވެ. އަޅުގަނޑުމެންގެ އެންމެ އަގު ބޮޑު ޖައުހަރުކަމުގައިވާ އިސްލާމްދީން އަޅުގަނޑުމެންގެ އަތްތަކުން މިފަސްގަނޑުގައި ކަފުންކުރާން އުޅޭ މަންޒަރު އެބަފެނެއެވެ. ދިވެހިން ބޭނުންވަނީ އެދީނުގެ އެވަރުގަދަ އޮޑިން މާކަނޑަށް ފުންމާލާށެވެ. ދެންއަރަން މިއެދެނީ މަޑޫތައް ވަކިވެފައިވާ ހުޅަނގުގެ ނު ކިއްސަރު އޮޑިއަށެވެ. ނިކަންވިސްނަވާށެވެ. ހަންޖާވަކިވެފައިވާ ހުންގާނުނެތް އޮޑިއަކަށް އަރަން ބޭނުންވާނީ ކާކުތޯއެވެ؟ ހުޅަނގުގެ އުޞޫލުތަކާއި ފަލްސަފާތައް މިއަދު އަޅުގަނޑަށް ޞިފަވަނީ އިސްވެމިދެންނެވި ނިކަމެތިކަންމަތީ އޮތް އޮޑިއެއްކަމުގައެވެ. އެކަމަކު ދިވެހިން ވަރުގަދަ ހަރުދަނާ އޮޑިއެއް ދޫކޮށް މިނިކަމެތި އޮޑިއަށް ހިޖުރަމިކުރަނީ ފުންކަނޑުގެ އަޑިއަށް ފެތިގެން ދާން ބާވައެވެ؟ މިފަދައިން ކަންކުރުމަކީ އަޅުގަނޑުމެންގެ ހަލާކުނޫންބާވައެވެ؟
ދެން އޮތީ އެދީނުގެ ތަރަހައިގެ މަތީގައި ބިނާކުރެވުނު ދިވެހި މުޖުތަމަޢުގެ ތަނބުތަކެވެ. އާދޭހެވެ. އިޖުތިމާޢި އަގުކުރުންތަކެވެ. ދަންނަވަންއޮތީ ހިތާމަވެރި ވާހަކައެކެވެ. އަޅުގަނޑުމެންގެ އިޖުތިމާޢީ ފޭރާން ފީވެ، ބާހެދި، ބަލިކަށިވެފައިވާ ވާހަކައެވެ. ޒުވާނުންނާއި ހަރުމީހުން ޝާމިލުވާފަދައިން ނޭދެވޭ ޢަމަލުތަކުގެ ކަނޑަކަށް އަޅުގަނޑުމެން އެންމެން އެކީ ފީނަމުންދާ ވާހަކައެވެ. ހޮޓާހޮޓަލުގައްޔާއި ފިނި މައިޒާންތަކުގައި ހުތުރު ބަހުރުވައިން ނޭދެވޭ ޢިބާރާތްތަކުން އެކި ވާހަކަތައް ދެއްކުން ޢާންމުވެއްޖެއެވެ. ކުޑަކުޑަކުދީން ބަދުއަޚުލާޤީ ޢަމަލުތަކުގައި ޝާމިލުވަމުންދާތަން ފެންނަނީ ވަރަށްގިނައިންނެވެ. މަސްތުވާތަކެއްޗަކީ ޢުމުރުން ހަގު ކުޑަކުދީންނާއި ޒުވާނުންނާއި ހަރުކުލައިގެ ޢުމުރުން ދޮށީ މީހުންވެސް ބޭނުންކުރާ އެއްޗެއްކަމުގައިވެއްޖެއެވެ. މިއީ ނެތިދިއުން ނޫންތޯއެވެ؟ މިއީ އަޅުގަނޑުމެންގެ ހަލާކުނޫންބާވައެވެ؟
އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ފޯރުކޮށްދެއްވި ޘަޤާފަތުގެ ވާހަކަ އެކިތަންތަނުގައި އެކިއެކި ބޭފުޅުން ވަރަށްގިނައިން ދައްކަވައެވެ. އެހެންނަމަވެސް އެޘަޤާފަތުގެ ވާހަކަ އެންމެ ގިނައިން ތަކުރާރުކޮށް ދައްކަނީ ކިޔަވާކުދިންނެވެ. ގިނަ މުނާސަބަތުތަކެއްގައި ގިނަގުނަ ޕޯޑިއަމްތަކެއް ފަޅުފިލުވައިލަނީ އެޘަޤާފަތުގެ ވާހަކަދައްކާ ކުދިންނެވެ. ކޮންމެވެސް ހިސާބަކުން އެންމެ ޖުމްލައެއްގައި ނަމަވެސް "ޘަޤާފަތް" މިލަފްޒު ގެނައުމަކީ އެކުދިންގެ އާދައެކެވެ. ސުވާލަކީ އެންމެން މިކިޔާ "ޘަޤާފަތު"ގެ ތެރެއިން ރައްކާތެރިކަމާއެކު އަޅުގަނޑުމެންނަށް ދެމެހެއްޓުނީ ކޮން އެއްޗެއްތޯއެވެ؟ ބަޑިޔާޖެހުމާއި ލަނގިރި ގުރޫޕުތަކުގެ ޙަރަކާތްތޯއެވެ؟ އެޘަޤާފަތުގެ އަޞްލުތައް ކަމުގައިވާ އަޚްލާޤީ ޞިފަތައް ރައްކާތެރިކުރެވުނުތޯއެވެ؟ ކިޔަވާކުދިންކުރެ ގިނަކުދިންނަށް "ޘަޤާފަތް" މިލަފްޒުން ދޭހަވަނީ ލަނގިރިޖެހުމާއި ބަޑިޔާޖެހުމާއި ތާރަޖެހުންފަދަ ކުޅިވަރުތަކެވެ. ތެދެކެވެ. އެއީވެސް ޘަޤާފަތުގެ ބައެކެވެ. އެކަމަކު އަޅުގަނޑުމެންގެ ޘަޤާފަތުގެ އަސާސަކީ މާނަވީ ޞިފަތަކެކެވެ. އެޞިފަތަށް އެކުދިންނަށް ނޭނގެއެވެ. އަޖައިބުވެ އަންތަރީސްވާކަށްނުޖެހެއެވެ. އެކުދީންނަށް އެކަންކަން ބުނެދީ ދަސްކޮށްދޭނެ ބަޔަކު ނެތެވެ. އެޞިފަތައް ދައްކައިދޭނެ ބަޔަކު ނުމެނެތްމެއެވެ. އެކުދިންނަށް ފެންނަނީ އަޚުލާޤީ ހުރިހާ އިންތަކަކުން މަޙުރޫމްވެފައިވާ ޘަޤާފަތެކެވެ. މިއީ މިޤައުމުގެ ހަލާކުކަމުގައި ނުވާނެތޯއެވެ؟
އަޅުގަނޑުގެ އަޚު އަޙްމަދު ޝަމީނު އޭނާގެ ޅެމެއްގައި ދިވެހިބަސްވަނީ ޣަރުޣަރާގައިކަމުގައި ވިދާޅުވިއެވެ. ޙަޤީޤަތުގައިވެސް ވަރަށްބޮޑު ތެދުފުޅެކެވެ. މިހާރު މިވަނީ ދިވެހި ވަޠަނުގެ އަމިއްލަ ޝަޚުޞީ ރަމްޒުކަމުގައިވާ ދިވެހި ބަހުގެ ޙާލު އިހުނަށްވުރެ ބޮޑުވެފައެވެ. އައިސީޔޫގައި ދިވެހިބަސް އެދުމަތިކުރެވިއްޖެއެވެ. މިހެން މިދެންނެވީ ސަބަބުތަކެއް މެދުވެރިވެފައިހުރީމައެވެ. ރަސްމީ ލިޔެކިޔުންތަކުގައި ދިވެހި ބަސް ބޭނުންކުރުން މަޑުމަޑުން މިދަނީ ހުއްޓެމުންނެވެ. ތަޢުލީމާއި ބެހޭ ވުޒާރާގައި މިހާރު އެއްކުރެވެމުންދާ 2009ވަނަ އަހަރުގެ މަޢުލޫމާތުތައް ޖަމާކުރެވެނީ ކޮންމެވެސް ވިލާތު ބަހަކުންނެވެ. ކުދިން ދިވެހި ބަހާމެދު ދެކެނި ކޮންގޮތަކަށްތޯއެވެ؟ ޒަމާނަށްނުފެތޭ، ނުކުޅެދުންތެރި ބަހެއްގެ ގޮތުގައެވެ. އުރަތްޕެއްނެތް ޙާލު ދަތިވެފައިވާ ބަލިކަށި ބަހެއްގެ ގޮތުގައެވެ. މިއީ ދިވެހީންނަށް މިނަންދެވުނު ސަބަބުކަމުގައިވާ ދިވެހި ބަހުގެ ނިމުންކަމުގައިވެދާނެނޫންތޯއެވެ؟
ޙުއްބުލް ވަޠަނަކީ ހާދަހާ މަތިވެރި ލޯތްބެކެވެ. ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ހަނގުރާމައިގެ ދަތިކަމާއި ވޭނުގެ ތެރެއަށް ނެރުނީ މިލޯތްބެވެ. އަޅުގަނޑުމެންގެ ހިތްތަކުގައި މިލޯބި ހުރީ ކިހާވަރަކަށްބާވައެވެ؟ މީހަކުދެކެ ނުވަތަ އެއްޗެއް ދެކެ ލޯބިވާނަމަ އެމީހަކަށް ނުވަތަ އެއްޗަކަށް ޚިދުމަތްކޮށް އަޅައިލާނެކަން ޔަޤީނެވެ. ސުވާލަކީ އަޅުގަނޑުމެންނަށް މިވަޠަނާމެދު ލޯބިން ކަންކަން ކޮށްދެއްވޭތޯއެވެ؟ މިޤައުމުގެ ޙައްޤުގައި ތަޢުލީމު ޙާޞިލުކޮށްގެން އައިސް މިޤައުމަށް ޚިދުމަތްކުރަނީ ކިތައް ދަރިންތޯއެވެ؟ މިފަސްގަޑުން އަޅުގަނޑުމެން ހޯދާ ފައިސާގެ އެހީގައި ހިލޭ ހުރިހާ ދިވެހި ދަރީންނަށް ތަޢުލީމު ފޯރުކޮށްދިނުމުން ވަޠަނަށް ލިބުނީ ކޮން އެއްޗެއްތޯއެވެ؟ އެކަކު ކިޔަވައިގެން އައިސް ދީނަށް ގޮންޖަހައި ވަޠަނުގެ މެއަށް ތޫނު ޚަންޖަރަކުން ޙަމަލާދެނީއެވެ. އަނެކަކު ފަރަންޖީ ބަސްބަހަށް މޮޅުކަމުން ދިވެހިބަސް "ކަޓު" އެއްޗެއްކަމުގައި ހަދާ އެބަސް ގާދޫ ކޮލުން ދިވެހި ރާއްޖޭގެ ހަފޮޅުން ބޭރުނުކުރެވިގެން މަރުދެނީއެވެ. މިހެންކަންކަން ވަމުންދާނަމަ މިޤައުމު ހަލާކުނުވާނެހެއްޔެވެ؟
މިލިޔުން މިކުރުކުރަނީ ލިޔަން ހުރި ވާހަކަތައް ކޮޅުންލައިގެންނޫނެވެ. އެކަމަކު ހިތްދަތިވެފައިވާ މިންވަރުގެ ބޮޑުކަމުން އިތުރަށް ލިޔަން ނުކުޅެދުންތެރިވީއެވެ. ލޮބުވެތި އަޚުންނާއި އުޚުތުންނެވެ. މިދިވެހި ވަޠަނުގެ ޙައްޤުގައި ފަސްހަނގުރާމަ ބަލައިލާން ނުވޭތޯއެވެ؟ ބޮއްސުންލަމުންމިދަނީ އަޅުގަނޑުމެންގެ ވަޠަނެވެ. ކޮންމެ ބޭފުޅަކުވެސް މިޤައުމުގެ ޙައްޤުގައި މިކަންކަން ފަސޭހަކޮށްނުލައްވައި ވިސްނަވައިގެން ކަންކަން ކޮށްދެއްވަން ވެއްޖެއެވެ. އެއިރުން އަލުން މިވަޠަނަށް ފަސްބޮންތި ދިމާވެ ތަނަވަސްކަން ލިބިދާނެއެވެ.
ނޯޓު: މިލިޔުމަކީ ކުރިން ފަންވަތުގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.
ތަރުޖަމާ: ޝިފްޒާން އަޙްމަދު
ހަރުދަނާ ބުއްދިވެރިން ނާކާމިޔާބު ކާމިޔާބަށް ބަދަލުކުރެއެވެ. ތަންދޮރުނުދަންނަ މޮޔަމީހާ ޖެހޭ ކޮންމެ މުޞީބަތެއް ދުމުޞީބަތަށް ބަދަލުކުރެއެވެ. ސަލާމާއި ޞަލަވާތްލެއްވުނު މާތް ރަސޫލާ މައްކާއިން ބޭރުކޮށްލެއްވުމުން މަދީނާގައި ތާރީޚުގައި އެދައުލަތެއްގެ ވާހަކަ ހުރަހަށާއި ދިގަށް ތާރީޚުގައި ލިޔެވުނު ދައުލަތެއް ޤާއިމުކުރެއްވީއެވެ.
އިމާމް އަޙުމަދުބިން ޙަންބަލު ޖަލަށް ލެވި އެތަށް އަދަބެއް ދެވުނެއެވެ. އެއަށްފަހު ވެވަޑައިގަތީ ސުންނަތުގެ އިމާމުކަމުގައެވެ. އިމާމް އިބުނު ތައިމިޔާ ހުރަގޭގައި ބަންދުކުރެވުނެއެވެ. އެބަންދުގެ ސަބަބުން ޝާމިލު ޢިލްމީ މަސައްކަތެއް ނެރުއްވިއެވެ. އިމާމް ސަރުޚަސީ ބިއުރު މަޠުލަޢާ ނަމަކަށް ކިޔުނު ވަޅެއްގައި ބަންދުކުރެވުނެވެ. އެކަލޭގެފާނު އެބަންދުގައި ހުންނަވައިގެން ފިޤުހުގައި ވިހި މުޖައްލަދު (ވޮލިއުމް)ގެ ފޮތެއް އެކުލަވައިލެއްވިއެވެ. އިމާމް އިބްނު އަޘީރު ގޭގައި ބަންދުކުރެއްވުމުން، ޙަދީސް ޢިލްމުގައި އެންމެ މަޝްހޫރު އަދި އެންމެ މަންފާ ބޮޑު ފޮތްތަކުގެ ތެރޭގައި ހިމެނޭ ޖާމިޢުލް އުޞޫލޭ ކިޔުނު ފޮތާއި، ނިހާޔަތޭ ކިޔުނު ފޮތް ލިޔުއްވިއެވެ. އިބްނުލް ޖައުޒީ ބަޣުދާދުން ބޭރުކޮށްލެއްވުމުން ހަތް ޤިރާއާތު އިތުރަށް ފުރިހަމަކޮށްދެއްވިއެވެ. މަލިކު ބިން އައްރަބީބަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގަތް ހިނދު، ޢައްބާސީ ދައުލަތުގެ ހުރިހާ ޅެންވެރިންގެ ޅެންތަކަށްވުރެ މޮޅު، ރީތި ހިތްގައި ޅެމެއް ޢާލަމްތަކަށް ހަދިޔާކުރެއްވިއެވެ. ذؤيب الهذلي އެކަމުގެ ހިތާމާގައި ތާރީޚު އެކީ ސިހިގެންދިޔަ، ޢާންމުން އަންތަރީސްކޮށްލި، ވަގުތު އޭގެ ސަބަބުން ހަމަހިމޭންވި އަސަރުހުރި ޅެންބައިތުތަކެއް އެކުލަވައިލެއްވިއެވެ.
ތިބާއަށް ދަތިކަމެއް ޖެހިއްޖެނަމަ، އެކަމަކަމުގައި އޮތް އަލިފަރާތް ހޯދާށެވެ. ތިބާއަށް ހިތި ލުނބޯ ދިޔަ ތައްޓެއް މީހަކު ދީފިނަމަ، އެއަށް ހަނކުރު ކޮޅެއް އިތުރުކޮށްލާށެވެ. ހިޔަޅެއް ތިބާއަށް މީހަކު ހަނދިޔާކޮށްފިނަމަ، އެހިޔަޅުގެ އަގު ބޮޑު ހަންގަނޑު ނެގުމަށްފަހު ބާކީހުރި ބޭނުމެއް ނެތް ތަކެތި އުކައިލާށެވެ. ތިބާގަޔަށް ނަގުލަން ދާއްޓެއް ކަށި ޖަހައިފިނަމަ ދަންނާށެވެ. އެއީ ހަރުފައިގެ ވިހަޔަށް ލިބިފައިވާ ވެކުސިނެކެވެ. ނުވަަތަ ހަރުފައިގެ ވިހައިން ޙިމާޔަތްކޮށްދޭ އެންޓި ބޮޑީއެކެވެ.
ތިބާއަށް ދިމާވެފައިވާ ދަތި ޙާލަތާ ކުރިމަތިލާށެވެ. އަދި ޔާސްމީނާއި ފިނެފެންމަލާއި އެހިނެހެން މާތަކާއިގެން ނުކުންނާށެވެ. ކާމިޔާބު ކުރާށެވެ. ﴿وعسى أن تكرهوا شيئا وهو خير لكم﴾. ތިޔަބައިމީހުންނަށް ރަނގަޅު ކަމެއްކަމުގައިވާ ކަމަކާމެދު ތިޔަބައިމީހުން ނުރުހުން އެކަށީގެންވެއެވެ.
ފަރަންސޭސި އިންޤިލާބުގެ ކުރިން ކުޅަދާނަ ދެޝާޢިރަކު ޖަލަށް ލެވުނެވެ. އެކަކީ ކުރިމަގާމެދު ހެޔޮކޮށްދެކޭ މީހެކެވެ. ދެވަނަ މީހަކީ ނާއުންމީދުން ފުރިފައިވާ މީހެކެވެ. ދެމީހުންމެ ޖަލުގެ ތޭރިތަކުގެ ތެރެއިން ބޭރަށް ބޯ ދިއްކޮށްލައެވެ. އެކަކު އުޑުގައިވާ ތަރިތަކަށް ބެލުމަށްފަހު ހިނިތުންވެއެވެ. އަނެކަކު ބިމުގެ ވެއްޔަށް ބެލުމަށްފަހު ހިތާމަކޮށް ރޮއެއެވެ.
ހިތާމައިގެ އަނެއް ޙަޤީޤަތަށް ބަލާށެވެ. އެކީ ނުބައި ދެރަ ޙާލަތަކީ ޙަޤީޤަތެއް ނޫނެވެ. ކޮންމެ ކަމެއްގައިވެސް ހެވެއް ވާނެއެވެ. ލިބިގަނެވޭނެ ކަމެއް އޮންނާނެއެވެ. އައު ފުރުޞަތާއި ހެޔޮ ދަރުމަވާނެއެވެ.
މަޞްދަރު: އޮންއިސްލާމް
-ނަބީލް-
"އެމީހުން އެންމެން ވަނީ ވަރަށް ބޮޑު ކަމެއްގެ މައްޗަށް އިއްތިފާޤުވެފައެވެ. އެއީ ދުވަހަކު ވެސް އެއްބަޔަކު އަނެއް ބަޔަކަށް އިއްތިފާޤު ނުވުމުގެ މައްޗަށެވެ."1
އެމީހުންގެ ބަހަކީ އަބަދުވެސް އެއް ބަހެކެވެ.
އެއީ ދުވަހަކު ވެސް ކަމަކާއި އެއްބަސް ނުވުމަށް ބުނެވޭ ބަހެވެ.
އެމީހުން އެއްބައިވަންތައެވެ. އެންމެން އެއްބައި ނުވުމުގައެވެ. އެކުވެރިއެވެ. އެކަކު އަނެކަކަށް ދެކޮޅުވެރިވުމުގައެވެ. އެހެނަސް ވަރަށް ރަހުމަތްތެރިއެވެ. ސައިބުއިމާ ސުއްޓާ ބުއިމުގައެވެ.
އެމީހުންގެ ކިބައަކުން އެއްވެސް ތަފާތެއް ނުފެނުނެވެ. އެންމެން އެއްގޮތެވެ. ހަމަ އެކައްޗެކެވެ.
އެމީހުންވަނީ އެކަކު އަނެކަކަށް ބައިޢަތު ހިފާފައެވެ. ދުވަހަކުވެސް އެންމެން އެއްވެ އެކެއްގެ މައްޗަށް ބައިޢަތު ނުހިފުމަށެވެ.
އެމީހުންގެ ޚަލީފާއަކީ ޚިލާފުވުމެވެ. އަމީރަކީ ގަމާރުކަމެވެ. ރައީސަކީ އަސީރުވުމެވެ.
އެމީހުން އެންމެންނަކީ ވެސް ޖެހިލުން ކުޑަ ބައެކެވެ. ބިރުކުޑަ ބައެކެވެ. ކެރޭ ބައެކެވެ. އެމީހުންގެ ރައްޔިތުންގެ ކުރިމަތީގައެވެ.
އެމީހުންނަކީ އޯގާތެރިބައެކެވެ. ޢަދުއްވުންގެ ޅަ ދަރީންނަށްޓަކައެވެ. ރަޙުމުހުރި ބައެކެވެ. ދުޝްމަނުންގެ އަނބީންނަށްޓަކައެވެ. މަދަދުވެރިވާ ބައެކެވެ. އަނިޔާވެރިންގެ ކުރިއެރުމަށްޓަކައެވެ.
އެމީހުންނަކީ ދުރުވިސްނޭ ބައެކެވެ. ވެރިކަން ޙިމާޔަތްކުރާނޭ ގޮތާއި މެދުގައެވެ.
ސަމާލުވެ ލޯހުޅުވައިން ތިބޭ ބައެކެވެ. ގޮޑިތަކާއި މެދުގައެވެ.
އަމާނާތްތެރި ބައެކެވެ. ޚިޔާނާތްތެރިވުމުގައެވެ. ތެދުވެރިބައެކެވެ. ދޮގުހެދުމުގައެވެ.
އެމީހުންނަކީ މިނިވަނުންނެވެ. ދީނުގެ އެންމެހާ ހައްޔަރަކުންނެވެ. ދީނާއި ދުނިޔޭގެ ހަމަތަކާއި އުސޫލުތަކުންނެވެ.
"އެމީހުން އެންމެން ވަނީ ވަރަށް ބޮޑު ކަމެއްގެ މައްޗަށް އިއްތިފާޤުވެފައެވެ. އެއީ ދުވަހަކު ވެސް އެއްބަޔަކު އަނެއް ބަޔަކަށް އިއްތިފާޤު ނުވުމުގެ މައްޗަށެވެ."1
އެމީހުންގެ ބަހަކީ އަބަދުވެސް އެއް ބަހެކެވެ.
އެއީ ދުވަހަކު ވެސް ކަމަކާއި އެއްބަސް ނުވުމަށް ބުނެވޭ ބަހެވެ.
އެމީހުން އެއްބައިވަންތައެވެ. އެންމެން އެއްބައި ނުވުމުގައެވެ. އެކުވެރިއެވެ. އެކަކު އަނެކަކަށް ދެކޮޅުވެރިވުމުގައެވެ. އެހެނަސް ވަރަށް ރަހުމަތްތެރިއެވެ. ސައިބުއިމާ ސުއްޓާ ބުއިމުގައެވެ.
އެމީހުންގެ ކިބައަކުން އެއްވެސް ތަފާތެއް ނުފެނުނެވެ. އެންމެން އެއްގޮތެވެ. ހަމަ އެކައްޗެކެވެ.
އެމީހުންވަނީ އެކަކު އަނެކަކަށް ބައިޢަތު ހިފާފައެވެ. ދުވަހަކުވެސް އެންމެން އެއްވެ އެކެއްގެ މައްޗަށް ބައިޢަތު ނުހިފުމަށެވެ.
އެމީހުންގެ ޚަލީފާއަކީ ޚިލާފުވުމެވެ. އަމީރަކީ ގަމާރުކަމެވެ. ރައީސަކީ އަސީރުވުމެވެ.
އެމީހުން އެންމެންނަކީ ވެސް ޖެހިލުން ކުޑަ ބައެކެވެ. ބިރުކުޑަ ބައެކެވެ. ކެރޭ ބައެކެވެ. އެމީހުންގެ ރައްޔިތުންގެ ކުރިމަތީގައެވެ.
އެމީހުންނަކީ އޯގާތެރިބައެކެވެ. ޢަދުއްވުންގެ ޅަ ދަރީންނަށްޓަކައެވެ. ރަޙުމުހުރި ބައެކެވެ. ދުޝްމަނުންގެ އަނބީންނަށްޓަކައެވެ. މަދަދުވެރިވާ ބައެކެވެ. އަނިޔާވެރިންގެ ކުރިއެރުމަށްޓަކައެވެ.
އެމީހުންނަކީ ދުރުވިސްނޭ ބައެކެވެ. ވެރިކަން ޙިމާޔަތްކުރާނޭ ގޮތާއި މެދުގައެވެ.
ސަމާލުވެ ލޯހުޅުވައިން ތިބޭ ބައެކެވެ. ގޮޑިތަކާއި މެދުގައެވެ.
އަމާނާތްތެރި ބައެކެވެ. ޚިޔާނާތްތެރިވުމުގައެވެ. ތެދުވެރިބައެކެވެ. ދޮގުހެދުމުގައެވެ.
އެމީހުންނަކީ މިނިވަނުންނެވެ. ދީނުގެ އެންމެހާ ހައްޔަރަކުންނެވެ. ދީނާއި ދުނިޔޭގެ ހަމަތަކާއި އުސޫލުތަކުންނެވެ.
(ނިމުނީ)
__________________________
(1) މިއީ ޢަރަބި ވެރިން ސިފަކުރުމަށް ޖެހެވޭ މިސާލު ބަހެކެވެ.ފޭރާއަކީ ގަބުޅި، ކާށި ހެހުމަށްޓަކައި ކުރެދި ފަދަ ތަކެތިން ހަދާފައި ހުންނަ އެއްޗެކެވެ. މިހުންނާނީ އެއްކޮޅު ބިމަށް ޖަހާފައި އަނެއްކޮޅު ފޭއްސާ ތޫނުކޮށްފައެވެ. މި ޒަމާނުގައި ފޭރާގެ ތޫނުކޮށްފައި ހުންނަ ކޮޅު ހަދާފައި ހުންނަނީ ދަނގަޑުންނެވެ.
ފުރޯ އަކީ ލަކުޑިގަނޑެއް ކޮށާމަށާ ވައްކޮށް އޭގެ އެއްކޮޅަށް ކައްޗަށް ވާ ގޮތަށް ތިލައެއް ލައްވާފައި އޮންނަ ހަތިޔާރެކެވެ. ގިނަ މީހުން މި ހަތިޔާރު ބޭނުންކުރަނީ ރުއްގަސް ކެނޑުމަށެވެ.
ކިރުނައިގެ އެއް މާނައަކީ ކަނބުރުގޭތަކުގައި ދަނގަނޑުތަޅާ އިރު ދަނގަޑު ގަނޑު ބޭއްވުމަށްޓަކައި ބިމަށް ވައްދާފައި ހުންނަ ދަނގަޑު ގަޑެވެ. މި ނޫން ގޮތްގޮތަށް ވެސް ކިރުނަ ހެދިފައި ހުރެއެވެ. (މާލޭ ބަހުރުވައިން މިއަށް ކިޔަނީ ކިރުނު) އެވެ.
މަށަންދައްޗޭ ކިޔަނީ ދަތްބަރިއެއްހެން ހުންނަ އެއްޗެއް ދަނޑިގަނޑެއްގެ އެއްކޮޅުގައި ހަރުކޮށްގެން ހަދާފައި ހުންނަ ހަތިޔާރަކަށެވެ. މަށަންދަތި ބޭނުންކުރެވެނީ އިލޮށިފައްޗަށް ނުކުޅަދާނަ ތަންތަނުން ކުނިކެހުމަށާއި ބިމުގެ ފަސްގަނޑު އެއްވަރުކުރުން ފަދަ ކަންކަމަށެވެ.
ކަތިވަޅިއޭ ކިޔެނީ އާދައިގެ ވަޅިއަށް ވުރެ ތަންކޮޅެއް ބޮޑުކޮށް ހަދާފައި ހުންނަ ވަޅިއަށެވެ. މި ވަޅި ހަދާފައި ހުންނަނީ ލަކުޑި މުއްގަނޑަކަށް ދަނގަޑު ތިލައެއް އިންދައިގެންނެވެ. ދަރުކޮށުން ފަދަ މަސައްކަތްތަކުގައި މީހުން ވަޅިއެއްގެ ގޮތުގައި އާއްމުކޮށް ބޭނުންކުރަނީ ކަތިވަޅިއެވެ.
ކަން މިހެން ހުރިއިރު ފުރޯ، ފޭރާ، މަށަންދަތި، ކިރުނަ، ކަތިވަޅި، މި ހުންނަނީކީ ކޮމްޕިޔުޓަރުގެ ޢާއިލާއާ ހަސަބަކުން ނަސަބަކުން ތިމާގެ ކަމެއް ކީއްކުރަން ރައްޓެހިކަމެއް ވެސް ހުރި އެއްޗެއްސެއް ނޫނެވެ. ދެން އަދި އިންޓަނެޓާ މި ތަކެއްޗާ ކޮން ބެހޭކަމެއްހެއްޔެވެ؟ ނަމަވެސް ...؟ ކޮމްޕިޔުޓަރުގެ ލޭގައި އިންޓަނެޓު ދައުރުކުރަން ފެށުމާއެކު، ކޮމްޕިޔުޓަރު ބަދަލުވެގެންދަނީ ހަމަ މަތީގައިވާ ތަސްވީރާއި ދާދި އެއްގޮތަށެވެ.
އިންޓަރނެޓް! އެއީ ފޭރާއެކެވެ. ނަފުސުގެ ވަށައިގެން ލެވިފައިވާ ޖާހިލިއްޔަތު އެ ފޭރާއިން ހެހޭށެވެ!
ލޮލާއި ކަންފަތާ، ބުއްދީގެ ޢިއްފަތްތެރިކަން އެ ފޭރާއަށް މެހުނަ ނުދޭށެވެ!
އިންޓަރނެޓް! އެއީ ފުރޯ އެކެވެ. އެ ފުރޯއިން އަހަރެމެންގައިވާ ދިގުވެގެންވާ ނާތަހުޒީބު ގުޅިގުޅިން ކަނޑާ ތިރިކުރާށެވެ!
ލޮލާއި ކަންފަތާ، ބުއްދީގެ ޢިއްފަތްތެރިކަމުގައި އެ ފުރޯ އިން ނުޖަހާށެވެ!
އިންޓަރނެޓް! އެއީ ކިރުނައެކެވެ. އެ ކިރުނައިގެ މަތީގައި ކާފަރުންގެ ރޭވުންތައް ތަޅާ ފިސްކުރާށެވެ!
ލޮލާއި ކަންފަތާ، ބުއްދީގެ ޢިއްފަތްތެރިކަން އެ ކިރުނައިގެ މަތީ ނުބާއްވާށެވެ!
އިންޓަރނެޓް! އެއީ މަށަންދައްޗެކެޗެވެ. އެއިން ޚިޔާނާތާއި އަނިޔާވެރިކަމުގައި މަށަންދަތި އަޅާށެވެ!
ލޮލާއި ކަންފަތާ، ބުއްދީގެ ޢިއްފަތްތެރިކަމުގައި އެމަށަންދަތި ނާޅާށެވެ!
އިންޓަރނެޓް! އެއީ ކަތިވަޅިއެކެވެ. އެ ވަޅިން ތަރައްޤީ ގެ މަގުތައް ކޮށާ އަލިކުރާށެވެ!
ލޮލާއި ކަންފަތާ، ބުއްދީގެ ޢިއްފަތްތެރިކަމަށް އެ ވަޅިން ހަމަލާ ނުދޭށެވެ!
އިސްރާއީލުގެ މީޑިޔާއިންނާއި ޞިހުޔޫނީ ޖާސޫސީ އިދާރާގެ ސަމާލުކަން މިހާރަކަށް އައިސް ޢަރަބި ދުނިޔޭގެ ވަކި ޝަޚުޞަކަށް ހުއްޓެމުން އެބަދެއެވެ. އަދި ޞިހުޔޫނީ ދައުލަތުގެ ކުރީގެ މަސްއޫލުވެރިންނާއި މިހާރުގެ އިސްވެރިންގެ ޞަރީޙަ ބަސްތަކާއި އެމީހުންގެ ޢަމަލުތަކުން މިޝަޚުޞަކީ އެމީހުން އެންމެ ބިރުގަންނަ ޝަޚުޞިއްޔަތުކަން ދޭހަވަމުން އެބަދެއެވެ. އެއީ ކޮން ޝަޚުޞިއްޔަތެއްތޯއެވެ؟ އިސްލާމީ ޢިލްމުވެރިންގެ އިއްތިޙާދުގެ ރައީސް އަލްޢައްލާމާ ޑރ.ޔޫސުފުލް ޤަރަޟާވީއެވެ.
އަންނިވި މަރުޙަލާގައި ޤަރަޟާވީއަކީ ޞިހުޔޫނީ ދައުލަތުގެ މައްޗަށް އެހެން ހުރިހާކަމަކަށްވުރެ ނުރައްކާތެރިކަން ބޮޑު، އެދައުލަތަށް ޖެހޭނެ ދުއްތުރާއެއްކަމުގައި އެބައިމީހުން ދެކެއެވެ. އަދި ނިމިދިޔަ މިޞްރުގެ އިންޤިލާބުގެ ތެރޭގައި ޝައިޚުގެ ދީނީ ފިކުރުފުޅުތަކާއި ސިޔާސީ ޤަބޫލުކުރެއްވުންތަކުގެ ސަބަބުން މިޞްރުގެ ޢާންމު ޙަރަކާތްތެރިންގެ ވިސްނުމަށާއި ފިކުރަށް އަންނަމުން ދިޔަ ބަދަލުތަކާ ބެހޭ ޢިލްމީ ދިރާސާތައް ޞިހުޔޫނީ މީޑިޔާގައި ފެތުރިފައިވެއެވެ. އަދި ހަމައެފދައިން ޝައިޚުގެ ޝަޚުޞިއްޔަތާއި ޝައިޚުގެ ވާހަކަފުޅުތަކުގެ ސަބަބުން ޞިހުޔޫނީ ދައުލަތަށް ލިބެމުން އަންނަ ގެއްލުންތައް ދިރާސާކޮށް ފަތުރާފައިވެއެވެ.
އިސްރާއީލުގެ ރޭވުންތެރިކަން (ސްޓްރެޓެޖީ) ދިރާސާކުރައްވާ ބޭފުޅެއްކަމުގައިވާ ޑރ.ސާމިޙު ޢައްބާސް އަލްޚައިރު ވިދާޅުވެފައިވަނީ، ޞިހުޔޫނީ ދައުލަތުގެ ޖާސޫސީ އިދާރާތަކުން ޝައިޚު ޤަރަޟާވީގެ ޝައިޚުޞިއްޔަތު ކަވި ގޮތެއްގައި ދިރާސާކުރަމުން ގެންދާކަމަށެވެ. އެކި ސިޔާސީ ނުވަތަ ދީނީ ކަންކަމުގައި ޝައިޚު ނިންމެވުން ހުރިގޮތްތަކާއި ޝައިޚުގެ ޒާތީ ތާރީޚާއި ޝައިޚުގެ އަމިއްލަ އުޅުއްވުން ފަދަ ކަންކަމެވެ.
ޞިހުޔޫނީ ދައުލަގެ ޚާރިޖީ ވުޒާރާގެ އިސް މަޤާމެއްގައި ކުރިން ހުރި، ޞިހުޔޫސީ ސިޔާސީ މުފައްކިރާއެއްކަމުގައިވާ އެއިލީ އޮވެޑަރ “إسرائيل هيوم” ނަމަކަށް ކިޔާ ޢަރަބި މަޖައްލާއެއްގައި ލިޔެފައިވެއެވެ. ޝައިޚު ޤަރަޟާވީއަކީ މިޞްރުގެ މުސްތަޤުބަލާ އެންމެ ބޮޑަށް ގުޅިފައިވާ މީހާއެވެ. ފަހަރުގައި ޝައިޚަކީ މުސްތަޤުބަލުގައި މިޞްރުގައި އިސްލާމީ ޖަމާޢަތަކުން އުފައްދާ ވެރިކަމުގައި އެންމެ އިސް ފަރާތެއްކަމުގައި ހުރެދާނެއެވެ.
އަދި އޭގެ އިތުރުން ޝައިޚު ޤަރަޟާވީ ތަޙުރީރުގައި ދެއްވި ހުކުރު ޚުޠުބާގައި މަޢުބަރު ހުޅުވޭނެ ކަމަށާއި މިޞްރުގެ އިންޤިލާބުން ފައިދާއާއި މަންފާ ފަލަޞްޠީނުގެ ލޮބުވެތި ރައްޔިތުން ލިބޭނެކަމަށް ވިދާޅުވި ވިދާޅުވުމަކީ އިސްރާއީލަށް ދެއްވި އިންޒާރެއްކަމުގައި އެއިލީ ބުންޏެވެ.
އަދި ޢަރަބިންގެ ކަންކަން ދިރާސާކުރައްވާ ފަރާތެއްކަމުގައިވާ ޖޭ ބާޚޫރު ބުނާގޮތުން ޝައިޚު ޤަރަޟާވީ މިޞްރުގެ ބިމަށް އަނބުރާ ވަޑައިގަތުމަކީ އިސްރާއީލަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ. އަދި އޭނާ ބުނާގޮތުން ޝައިޚު ޤަރަޟާވީ އިންޤިލާބަށް ފަހު މިޞްރަށް ވަޑައިގަތުމާއި އިންޤިލާބުގެ މައިދާނުގައި އިމާމްވެ ހުކުރުކުރެއްވުމަކީ މިއިންޤިލާބުގެ ދީނީ މޫނު ފުރަތަމަ ފަހަރަށް ދުނިޔެއަށް ފެނުމެވެ.
އަދި ހަމައެފަދައިން ޝައިޚުގެ ޚުޠުބާގައި މާތްﷲގެ އިރާދަފުޅާއެކު މަސްޖިދުލް އަޤުޞާގައި މުސްލިމުން އަދި މިނިވަންކަމާއެކު ނަމާދުކުރާނެކަމަށް ވިދާޅުވި ވިދާޅުވުމަކީ އިސްރާއީލު މީހުން އެންމެ ސިއްސުވާލި، ބިރުގަންނަވާލި ބަސްފުޅެވެ. އަދި ހަމައެފަދައިން ޢަރަބި ދައުލަތްތަކުގައި ތިބި އިސްރާއީލާއި އެމެރިކާގެ އަޢުވާނުންނަށް ޝައިޚު ހުއްޓެވުމެއް ލަސްކުރެއްވުމެއް ނެތި ދެއްވާ ރައްދަކީ ޝައިޚުގެ ވިސްނުންފުޅު ހުރި ގޮތުގެ ހެއްކެއްކަމުގައި ޞިހުޔޫނީން ޤަބޫލުކުރެއެވެ.
ފަލަޞްޠީނުގައި ހިނގާ އިސްތިޢުމާރާ ދެކޮޅު އިސްލާމީ ޙަރަކާތްކަމުގައިވާ ޙަމާސްގެ އެންމެ އިސްވެރިންކުރެ ހިމެނިވަޑައިގަންނަވާ އިސްމާޢީލް ހަނީއާ ވިދާޅުވެފައިވަނީ ޝައިޚު ޤަރަޟާވީއަކީ މަސްޖިދުލް އަޤްޞާގެ ޝެއިޚުކަމަށެވެ. އަދި ޝައިޚަކީ ފަލަޞްޠީނުން އިސްތިޢުމާރާ ދެކޮޅަށް ހިންގާ ހަރަކާތުގެ އިސްވާގިވެރިއެއްކަމުގައެވެ. އިސްމާޢީލް ހަނީއަކީ ޙަމާސްގެ ފަރާތުން އެކުލަވާލި ވެރިކަމުގެ ބޮޑުވަޒީރެވެ.
ކޮންމެއަކަސް ޝައިޚު ޤަރަޟާވީއަކީ އަބަދުވެސް އިސްރާއީލާއި ޞިހުޔޫނީންނަށް ޙަމަލާދެއްވާ ބޭފުޅެކެވެ. އަދި ޝައިޚަކީ ބައެއް އަޚުންނާއި އުޚުތުން ހީކުރާ ފަދަ އެމެރިކާގެ އަޅެއް ނޫނެވެ. ޝައިޚަކީ އުންމަތުގެ ބޭފުޅެކެވެ. މާތްﷲގެ ވާގިފުޅާއެކު އިސްލާމީ ޚިލާފަތު އެބުރި އަންނާނެއެވެ. އެދުވަހަކުން ޞިހުޔޫނީ ވެރިކަން މިބިމުން ފުހެލައި މަސްޖިދުލް އަޤުޞާ މިނިވަންވާނެއެވެ. އަދި މަސްޖިދުލް އަޤުޞާގައި
މުސްލިމުން މިނިވަންކަމާއެކު ނަމާދުކުރާނެ ދުވަސް އަންނާނެއެވެ. އެދުވަސް ދުށުމުގެ ނަޞީބު ޝައިޚު ޤަރަޟާވީއަށާއި އަޅަމެނަށް ދެއްވާންދޭވެ!
މަޞްދަރުތައް:
ނަވާފިޒުނާ.ކޮމް
ޝަބަކަތު ފަލަޞްޠީން ލިލްޙިވާރު
ޝައިޚު ޤަރަޟާވީގެ ސައިޓު
މުސްލިމުން މިނިވަންކަމާއެކު ނަމާދުކުރާނެ ދުވަސް އަންނާނެއެވެ. އެދުވަސް ދުށުމުގެ ނަޞީބު ޝައިޚު ޤަރަޟާވީއަށާއި އަޅަމެނަށް ދެއްވާންދޭވެ!
މަޞްދަރުތައް:
ނަވާފިޒުނާ.ކޮމް
ޝަބަކަތު ފަލަޞްޠީން ލިލްޙިވާރު
ޝައިޚު ޤަރަޟާވީގެ ސައިޓު
ކޮންމެ މުޖުތަމަޢެއްގެވެސް މުސްތަޤުބަލުގެ ރަމްޒަކީ އެމުޖުތަމަޢެއްގެ ކުޑަކުދިންނާއި އެކުދިންގެ އުޅުންތެރިކަމެވެ. މިދެންނެވި ޙަޤީޤަތުގެ އަލީގައި އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުގެ މުސްތަޤުބަލަށް ނަޒަރެއް ހިންގައިލުމުން ގިސްލައި ރޮވޭނެއެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. ކުޑަކުދިން މިވަނީ ކުށްތަކުގެ ޝިކާރައަކަށްވެ، ނިމިފައެވެ. ކުށްތަކުގެ ކަނޑުގައި ފީނަމުންދަނީ އެކުދިންގެ ދިރިއުޅުން އެކަނޑުގެ މުލައްމާ ރާޅުތަކުގެ ތެރެއަށް ދޫކޮށްލަމުންނެވެ.
ފުލުހުންނާއި ޝަރުޢީ ކޯޓުތަކުގެ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި މިއަދު ކުށްކުރާ އާބާދީގެ ބޮޑު އިންސައްތައެއް ޙިއްސާކުރަމުންދަނީ ކުޑަކުދިންނެވެ. މިކަމަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެކެވެ. އަދި އެކަމަކަށް ޙައްލެއް ބޭނުންވާ ކަމެކެވެ. އެހެންނަމަވެސް އެޙައްލު ހޯދުމުގައި އަޅުގަނޑުމެން ޤައުމުގެ މުއައްސަސާތައް ނުކުޅެދުންތެރިވެފައިވާކަމީ ހިތްދަތިކުރުވަނިވި ޙަޤީޤަތެކެވެ.
މިފަދަ ދަނޑިވަޅެއްގައި ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް އަޙްމަދު މަޙުލޫފު، ކުޑަކުދިން ކުށް ކުރުމުގެ ވެށިން ދުރުކުރެއްވުމުގެ މަޤުޞަދުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނަށް އިޞްލާޙެއްވަނީ ހުށަހަޅުއްވާފައެވެ. މިއިޞްލާޙަކީ ކުޑަކުއްޖެއްކަމުގައި ބަލާ ޢުމުރު 18 އަހަރުގެ ބަދަލުގައި 16 އަހަރުކަމުގައި ހަމަޖެއްސެވުމަށް ހުށަހެޅުއްވި އިޞްލާޙެވެ.
ދުސްތޫރީ ނަޒަރަކުން ބަލާއިރު މިއިޞްލާޙު އަދި މިނޫން ގޮތަކަށް ގެނައުމަކީ ކޮންމެހެން މުހިއްމުކަމެއްކަމުގައި އަޅުގަނޑު ނުދެކެމެވެ. މިއީ ދުސްތޫރުން ބާރު ލިބިގެން ހެދިފައިވާ ޤާނޫނެކެވެ. އެހެންކަމުން މި ޤާނޫން ފަރުމާކުރުމާއި އެއަށް އިޞްލާޙު ގެނައުމުގައި އެދުސްތޫރުން ލިބިދީފައިވާ ދުސްތޫރީ މަފްހޫމްތަކަށް ރިޢާޔަތްކުރަންޖެހޭނެއެވެ.
އެގޮތުން ދިވެހި ޖުމްހޫރިއްޔަގެ ޤާނޫން އަސާސީގެ 10ވަނަ މާއްދާގެ ހ.އާއި ށ.އިން ޔަޤީންކޮށްދޭ ވަރަށް މަތިވެރި ދުސްތޫރީ މަފުހޫމެއް އެބައޮތެވެ. އެއީ ދިވެހި ދައުލަތަކީ އިސްލާމީ ދައުލަތެއްކަން ޔަޤީންކޮށްދޭ ނުވަތަ ބުނެދޭ ދުސްތޫރީ މަފްހޫމެވެ. މިމާއްދާގެ ހ.ގައި ބުނެފައިވަނީ އަންނަނިވި ފަދައިންނެވެ. "ދިވެހި ރާއްޖޭގެ ދީނަކީ އިސްލާމް ދީނެވެ. އަދި އިސްލާމްދީނަކީ ދިވެހި ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރެކެވެ." އަދި އެމާއްދާގެ ށ.ގައި ބުނެފައިވެއެވެ. ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢަތުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނެހެދޭނެއެވެ.
މިމަފްހޫމުގެ ހިޔަލުގައި މިޤާނޫނަށް ހުށަހެޅިފައިވާ އިޞްލާޙަށް ބަހެއް ދަންނަވަނީނަމަ، ދެންނެވޭނީ މިއިޞްލާޙުވެސް އަދި ކުރިން ގެނެވުނު އިޞްލާޙުވެސް އިސްލާމީ ޝަރީޢަތުގެ ގިއުގަނޑުން ބޭރުނުވާކަމުގައެވެ. އެހެނީ ޙަނަފީ މަޛުހަބުގެ ޢިލްމުވެރިންގެ އަރިހުގައި ބާލިޣުވުމުގެ ޢުމުރެއްކަމުގައި 18 އަހަރު ކަނޑައެޅިދާނެއެވެ. އަދި އިމާމް ޝާފިޢީގެ އަރިހުގައި އެއީ 15 އަހަރުކަމުގައިވެއެވެ. ކޮންމެއަކަސް މިއިން ކޮންމެ ރައުޔަކަށް ޢަމަލުކުރިއަސް މިކަމުގައި މައްސަލައެއްނެތެވެ. ބާލިޣުވުމުގައި ވަކި އަހަރެއް ކަނޑައަޅާނެ ދަލީލެއް ޞަރީޙަ ޞައްޙަ ސަނަދަކުން ވާޞިލުވެފައިނެތެވެ. (الموسوعة الكويتية ގެ 8ވަނަ ވޮލިއުމްގެ 162 ބައްލަވާ!)
އެހެންނަމަވެސް ޢުމުރު ހަނގުކުރުމަކީ ބައިނަލް އަޤުވާމީ މިންގަނޑުތަކުން ބެލިނަމަވެސް އެންމެ ރަނގަޅު ކަމެކެވެ. އެހެނީ އެކުވެރި ދައުލަތްތަކުން ކުޑަކުއްޖެއްކަމުގައި ބަލާ މިންގަނޑަކީ 14 އަހަރުން ދަށެވެ. އެހެންކަމުން ބައިނަލް އަޤުވާމީ ގޮތުން ލިބިފައިވާ ތަނަވަސް ފުރުޞަތުގެ ބޭނުން ހިފުމަކީ އެންމެ ރަނގަޅު ގޮތެވެ.
އެއީ އަޅުގަނޑުގެ ފުރަތަމަ ނުކުތާއެވެ. ދެވަނަ ނުކުތާއަކީ ހަމައެކަނި މިއިޞްލާޙު ގެނައުމުން ކުޑަކުދިން ކުށްތަކުގެ ތެރެއަށް ވަނުމުގެ މައްސަލަ ޙައްލުވެގެންދޭތޯއެވެ؟ ޖަވާބަކީ ނޫނެކެވެ. މިކަންކުރުމަށް ބޭނުންވާ ވަރަށް މުހިއްމު ޤާނޫންތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ހެދިފައިނެތެވެ. އަދި ކަމާގުޅުންހުރި މުއައްސަސާތަކުގައި އެކަށީގެންވާ ހަރުދަނާ ނިޒާމްތަކެއްވެސް ނެތެވެ. އެހެންކަމުން މިފަދަ އިޞްލާޙެއްގެ ސަބަބުން މިކަންކަމަށް ނިމުމެއް ގެނެވިދާނެކަމަށް ޤަބޫލުނުކުރެވެއެވެ.
ޤާނޫނީ އޮނިގަނޑުގައި މިކަމަށް ހުރި ދޮރުތައް ބަންދުކުރުން:
ކުޑަކުދިން ކުށްކުރުމުގެ ތެރެއަށް ވަންނަމުންދަނީ އެކުދިންނަށް ލިބެންވާ އެންމެ ރަނގަޅު ތަރުބިއްޔަތު ލިބިފައި ނެތުމުންކަން ކަށަވަރެވެ. މިސަބަބަށްޓަކައި އެކުދިންނަށް އަދަބު ދިނުމުގެ އިތުރުން އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭނެ ގޮތަކަށް ޤާނޫންތައް ބައްޓަންކުރުން މުހިއްމެވެ. އެގޮތުން ޖުވެނައިލް ލޯ ނުވަތަ ކުޑަކުދިންނާ ބެހޭ ޤާނޫނެއް އުފެދެން އެބަޖެހެއެވެ. އެޤާނޫނުގައި ކުށްކުރާ ކުޑަކުދިންނާ މުޢާމަލާތްކުރާނެ ގޮތްތައް ސާފުކޮށް ބަޔާންކުރެވެން ޖެހެއެވެ.
އެގޮތުން ކުޑަކުދިންގެ ތެރެއިންވެސް އެކި ޢުމުރުފުރާގެ ކުދިންނާއި އެކި ކުށްތައް ކުރާ ކުދިންނާމެދުގައި އެކުއްޖަކަށް ޙައްޤުވާ، އެންމެ ރަނގަޅު ގޮތެއްގައި މުޢާމަލާތްކުރެވެން އެބަޖެހެއެވެ. މިސާލަކަށް 15 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންނަކީ ފުރާވަރުގެ ކުދިންނެވެ. މިޢުމުރަކީ އުގެނުމާއި ހުނަރުތައް ތައްޔާރުކުރުމުގެ ދުވަސްވަރެވެ. އެހެންކަމުން އެކުދިން ކުރި ކުށުގެ ބާވަތުގެ ސަބަބުން އެކުދިން މުޖުތަމަޢާ އެކަހެރިކުރަން ޖެހުނު ނަމަވެސް ތަރުބިއްޔަތާއި ތަޢުލީމު ލިބޭނެ މަގުތައް އެކުދިންނަށް ފަހިކޮށްދެވެންޖެހެއެވެ.
ހަމައެފަދައިން ޖިނާއީ އަދަބު ކުޑަކުއްޖެއްގެ މައްޗަށް ތަންފީޛުކުރުމުގައި ވަކި ޚާއްޞަ އުސްލޫބުތަކެއް ބޭނުންކުރަންޖެހެއެވެ. ކުޑަކުދިންނަށް ޚާއްޞަ ކޯޓުތަކެއް ހުރުމުގެ އިތުރުން، އެކުދިންނާ މުޢާމަލާތްކުރަން ޚާއްޞަ ފުލުހުންގެ ޓީމެއް އޮތުމަކީ ދުނިޔޭގެ ބައެއް ޤައުމުތަކުގައި ތަޖުރިބާ ކުރެވޭ ކަމެކެވެ. އަދި ހަމައެފަދައިން ކުޑަކުދިންގެ ޖަލުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެމުވައްޒަފުންގެ އުޅުންވެސް ހުންނަންޖެހޭނީ ވަކި ގޮތަކަށެވެ.
މިފަދަ ނިޒާމެއް އަދި ދިވެހިރާއްޖޭގައި ޤާނޫނީ އޮނިގަނޑުގެ ތެރެއިން އުފެދިފައިނެތެވެ. އެހެންކަމުން ކުށްކުރާ ކުދިންނަށް ކުށްކުރުން ފިޔަވައި ކުރާނެ އިތުރުކަމެއް ދަސްކޮށްނުދެވި، ކުށްކުރުމުގެ މިހާލީގެ ތެރެއަށް ދޫކޮށްލެވެނީއެވެ.
ކުޑަކުދިންނާ ބެހޭ ހަރުދަނާ ޤާނޫނެއް ނެތުމުގެ އިތުރުން ޖަލުތަކާ ބެހޭ ހަރުދަނާ ޤާނޫނެއް ނެތުމަކީވެސް މިއަދު ކުރިމަތިވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. މިކަމުގެ ސަބަބުން ޖަލުތައް ވެފައިވަނީ ކުށްވެރިން އުފައްދާ ކާރުޚާނާ ތަކަކަށެވެ. އެހެންކަމުން އެކަމަށް އިޞްލާޙެއް ގެންނަން މުހިއްމެވެ.
އެކި ބާވަތުގެ ކުށްވެރިންނާއި އެކި ޢުމުރުގެ ކުށްވެރިންނަށް ޚާއްޞަ ޖަލުތައް ތައްޔާރުކުރެވެން އެބަޖެހެއެވެ. އެގޮތުން މެދުފަންތީގެ ކުށްތައްކަމުގައި ބެލެވޭ ކުށްތަކާއި އާދައިގެ ކުށްތަކާއި ބޮޑެތި ކުށްތަކަށް ޚާއްޞަ ޖަލުތައް ދުނިޔޭގެ ޤައުމުތަކުގައި މިއަދު ހެދެއެވެ. މިއިން ކޮންމެ ޖަލެއްގެ ހިންގާ ނިޒާމް އެހެން ޖަލުތަކާ ތަފާތެވެ. މިސާލަކަށް ދަންނަވަނީނަމަ، ކުޑަކުދިންނަށް ޚާއްޞަ ޖަލުގައި، ނުރައްކާތެރި ކުށްތައް ކުރާ ކުދިން ގެންގުޅެން ޖެހޭނީ ވަކިންނެވެ. ވަކި ހިސާބެއްގައެވެ. ތަމްރީނާއި ތަރުބިއްޔަތު ފޯރުކޮށްދެމުން އައިސް، އަޚުލާޤަށް ހެޔޮ ބަދަލުތަކެއް އަންނަނަމަ، އެއަށްވުރެ އާދައިގެ ކުށްތަކެއް ހިންގާފައިވާ ކުށްވެރިންގެ ހޯލަކަށް ލާނީއެވެ. އެއިރުން ރަނގަޅު ވުމަށްފަހު ރަނގަޅު ގޮތުގައި ދެމިހުރުމަށް އެހީވެވޭނެއެވެ.
ޖަލުތައް ހިންގާނެ ވަކި ނިޒާމެއްވެސް އެގެންވާނެއެވެ. ޖަލުތަކުގައި ތިބޭ މީހުންނަށް އެއްތަންވެވޭނެ ގަނޑިއަކާއި، އެއްތަންވެވޭނެ ގޮތެކެވެ. އަދި އެއެއްވުންތައް ވިލަރެސްކުރާނެ ގޮތެވެ. ހިންގޭނެ ޙަރަކާތްތަކާއި ނެރެން ބޭނުންވާ ނަތީޖާތައް ހުންނަންވާނީ ޤަވާޢިދަކުން ނުވަތަ ޤާނޫނަކުން ސާފުކޮށް ބަޔާންކޮށްފައެވެ.
މިގޮތަށް މިކަންކަން ނެތި މިގެނެވޭ އިޞްލާޙުގެ ސަބަބުން ފައިދާއަށްވުރެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެކަމާމެދު ބިރުހީވެއެވެ. މިސާލަކަށް 17 އަހަރުގެ ކުއްޖަކު މާރާމާރީގެ ކަމެއްގައި ދޫނިދޫ ޖަލަށް ލެވޭއިރު، އެތަނުގައި އޭނާއާ އެއްގޮޅިއެއްގައި، ކުޑަކުއްޖަކާ ބަދު އަޚުލާޤީ ގުޅުން ގަދަކަމުން ހިންގި މީހަކާއި، މަސްތުވާތަކެތި ބޭނުންކުރާ މީހަކާއި، މީހުން މަރާ މީހަކާއި، ފާޙިޝް ޢަމަލުތައް ހިންގާ މީހަކު ތިބިނަމަ، އެޖަލުން އެކުއްޖާނުކުންނާނީ މިހުރިހާ ކުށްތަކެއް ހިންގުމުގެ ދާއިރާއިން ޑިގްރީ ނަގައިގެނެވެ. އެއިރުން މިކުރެވުނުކަމަކީ އިބުތިދާއީ މަރުޙަލާގައި ހުރި ކުށްވެރިއަކު ޑިގުރީއަކާ ހަމައަށް ގެންދެވެނީއެވެ. މިގޮތް ކަމަކު ނުދާނެ ނޫންތޯއެވެ؟
އެހެންކަމުން މުޅި ޤާނޫނީ ނިޒާމަށް އިޞްލާޙުތައް ގެނެސް، ކުޑަކުދިންނަށް ފުރިހަމަ ޙިމާޔަތް ލިބޭނެ ގޮތެއް ހަނދަން އެބަޖެހެއެވެ. އެކަންކުރުމަށްޓަކައި މިބުނި ޤާނޫންތައް މިދެންނެވި ގޮތަށް ނުވަތަ އެއަށްވުރެވެސް ރަނގަޅު ގޮތަކަށް ހަދައި އަވަހަށް ނެރެދޭން އެބަޖެހެއެވެ. އަދި ޚަރަދުތަކެއް ކުރަން ޖެހުނަސް ރަނގަޅު ފެންވަރުގެ އެކަށީގެންވާ ޖަލުތަކެއް އެކި ފެންވަރުގެ ކުށްވެރިންނާ އެކަށީގެންވާ ގޮތުގައި ބިނާކުރަން އެބަޖެހެއެވެ.
ޒަމާނީ ކުރަންވީ ހަމައެކަނި، ދުސްތޫރެއްނޫނެވެ. މުޅި ނިޒާމެވެ. މުއައްސަސާތަކާއި އެމުއައްސަސާތައް ހިގާގޮތްތަކެވެ. އެއިރުން މާތްﷲގެ އިރާދަފުޅުން ދިވެހި ޤައުމުގެ މުސްތަޤުބަލު އަޅުގަނޑުމެންގެ ހިތްތަކުގެ ފިނިކަންކަމުގައިވާ ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރެވޭނެއެވެ.
ދުނިޔެ ހެޔޮ މަގަށް އެޅޭނީ އިސްލާމީ ދުނިޔެ ހެޔޮމަގަށް އެޅިގެނެވެ. އިސްލާމީ ދުނިޔެ ހެޔޮމަގަށް އެޅޭނީ ޢަރަބި ދުނިޔެ ހެޔޮމަގަށް އެބުރިގެނެވެ. އެކަންކުރެވޭނީ މިޞްރު އޭގެ ޝަރަފާއި ޢިއްޒަތުގައި ފެނިގެނެވެ. ދަންނާށެވެ. މިޞްރަށް ކުޑައިމީސްކޮށް ނިކަމެތިކަމުގެ ބަސްރައްދުކުރާނަމަ، މިލިޔުން ކިޔައިލާށެވެ.
އަޅުގަނޑު މިޞްރު މީހުންނަށް ސަނާކިޔާ ކިޔުމުގެ މިސާލަކީ، ކަނު އަނދިރީގައި ހިގައިފައި ދަނިކޮށް ކުއްލިއަކަށް ހަނދު ފައުޅުވުމުން، އެހަނދަށް ސަނާކިޔުމުގެ ގޮތުން، އެހަނދާ މުޚާޠަބުކޮށް އަންނަނިވި ވާހަކަތައް ބުނި އަޢުރާބީގެ މިސާލެވެ. އޭނާ ބުންޏެވެ. "މާތްﷲ ތިބާ ރީތި ކުރެއްވިކަމަށް އަހުރެން ބުނެފިނަމަ، ދަންނާށެވެ. އެކަލާނގެ ތިބާ ރީތި ކުރެއްވިއެވެ. މާތްﷲ ތިބާ އުފުއްލެވިކަމަށް ބުނެފިނަމަ، ދަންނާށެވެ. މާތްﷲ ތިބާ އުފުއްލެވިއެވެ."
އޭ މިޞްރެވެ! އަހުރެންގެ ވާހަކަތައް ފަށާނީ ކިހާ ހިސާބަކުން ހެއްޔެވެ؟ އަހަރެން ވާހަކަދައްކާނީ ކިހިނަކުންހެއްޔެވެ؟ ބަސްބުނާނީ ކޮން ދުލަކުން ހެއްޔެވެ؟
މިޞްރުގެ ވާހަކަ ދައްކަން ފެށިއްޖެނަމަ، އަޅުގަނޑަށް ވަދެވޭނީ ތާރީޚުގެ އެންމެ ތަނަވަސް ދޮރާށީތަކުގެ ތެރެއިން ދޮރާއްޓަކުންނެވެ. މިޞްރުގެ ވާހަކަ ދައްކައިފިނަމަ، ދުނިޔެއާއި ޒަމާން އަޅުގަނޑަށް ތަރުޙީބު ދޭނެއެވެ. އަތްތިލަބަޑަ ޖަހާނެއެވެ.
އެމިޞްރުގެ ވެރި އިލާހަށް ކިޔަމަންތެރިވެގެންވާ މިޞްރެވެ. އަދި އެއިލާހަށް ސަޖިދަކޮށް ޚުޝޫޢަތްތެރިވި މިޞްރެވެ.
އެމިޞްރުގެ ވެރި އިލާހަށް ކިޔަމަންވުމުގެ ޝުޢޫރުތަކުން އެމިޞްރުގެ ހިތްތައް ފުރާލި މިޞްރެވެ. އަދި އެމިޞްރުގެ ލޭނާރު ތަކުގައި މާތްﷲގެ ނަބިއްޔާގެ ލޯބި ދައުރުކުރުވާ މިޞްރެވެ.
އޭ މިޞްރެވެ! ހިތްވަރުގަދަކަމުގެ ދުނިޔޭގައި ތިބާގެ ދައުރުވެއެވެ. އަދި ޤުރުބާނުގެ ދުނިޔޭގައި މަޤާމެއް ތިބާއަށް ވެއެވެ. ވިސްނުން ތޫނުކަމުގެ މަގުގައި ހަނދުމަ ނުނެތޭނެ ސިޔަރަތެއް ތިބާއަށް ލިބިފައިވެއެވެ.
މިޞްރު ރުހިގެންވާ ޙާލު އިސްލާމްދީން އެބިމަށް ވަނެވެ. ލޯތްބާއެކު މިޞްރުގެ ހިތަށް އިސްލާމްދީން ވެރިވިއެވެ. އަދި މިޞްރު މީހުން އެބައިމީހުންގެ އިލާހާމެދު ހަންހާރަވެތިކަމުގެ ޝުޢޫރުތައް އިސްކުރިއެވެ. އެކަލާނގެ ދީނުގެ ޙިމާޔަތުގައި ހަނގުރާމަކުރިއެވެ. އަދި އެކަލާނގެ ޝަރީޢަތް ޙިމާޔަތްކޮށް މަންހަޖު ފެތުރިއެވެ.
ދަރިވަރުން މުދައްރިސެއް ދެކެ، އަދި ބަޠަލުން އެބައިމީހުންގެ ޤާއިދަށް ލޯބިކުރާނެ އެންމެ ބޮޑު މިންވަރަށް މިޞުރުގެ އަހުލުވެރިން ސަލާމާއި ޞަލަވާތްލެއްވުނު މުޙައްމަދުގެފާނަށް ލޯބި ކުރިއެވެ.
އޭ މިޞްރެވެ. ބައެއް މީހުންނަށް މާތް ރަސޫލާ ގެނެސްދެއްވި އުޚުވަތްތެރިކަމުގެ ގުޅުން ހަމަ ނޭނގެނީއެވެ. އެގުޅުމުގެ އަގު ނުވެސް ދެނެގަނެވެނީއެވެ. މަޢާފުކުރާށެވެ!
އެމިޞްރުގެ ބޮޑު ޔުނިވަރސިޓީއަކަށް އެއުރެން ނުވަދެއެވެ. އެޔުނިވަރސިޓީއަކީ ޒަމާނުގެ ހުރިހާ ހެޔޮކަމަކާއި، އަދި މީހުން އުޅޭ ކޮންމެ ހިސާބެއްގައި ހުރި ކޮންމެ އިންސާނެއް، އެތަނުގެ ބައިވެރިއެއް ކަމުގައި ދުށް ޔުނިވަރސިޓީއެވެ. އެޔުނިވަރސިޓީއަކީ ތަޢައްޞުބާއި ނަފްރަތުގެ ހަތުރެކެވެ. އެއީ އެކުވެރިކަމާއި ލޯތްބާއި ރަޙުމަތުގެ ރަމްޒެކެވެ. އެއީ އިޚުލާޞްތެރިކަމުގެ އަޞްލެކެވެ. އާދޭހެވެ. މުސްލިމުންގެ ޢިލްމީ ޤިބުލަކަމުގައިވާ އަޒުހަރެވެ.
އޭ މިޞްރެވެ! މަޢާފުކުރާށެވެ! އަލިކުރުވަނިވި އަޒުހަރުގެ ބިމާއެވެ! އަދި ހިތްވަރުގަދަކަމާއި ފިދާވުމުގެ ބިމާއެވެ. ތޫނުފިލިކަމާއި ކުޅަދާނަކަމުގެ ބިމާއެވެ!
ތިބާގެ ޢާންމުންގެ ތެރޭގައި ސަނާ ޙައްޤު ނޫން މުޖުރިމުން ތިބިކަން އަހުރެން ދަންނަމެވެ. އެމަގުން އެއްވެސް ރައްޔިތެއް އިސްތިސްނާ ނުވާނެއެވެ. އެކަމަކު ހެޔޮ ޢަމަލުކޮށް ނަމާދުކުރާ ޞާލިޙު އަޅުވެރި ގިނަބަޔަކު ތިބާގެ ކިބައިގައި އެބަ ތިއްބެވެ. ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާއަށް ތަބާވެގެން މަޝްރިޤާއި މަޣުރިބުގައި ތިބިހައި ބަޔަކަށް ޝުކުރު އަދާކުރުމީ އަޅުގަނޑުގެ މައްޗަށް މިވަގުތު އޮތް ޙައްޤެކެވެ. މިޞްރުގަޔާއި އެހެން ތަންތަނުގައެވެ. އެތަނާއި މިތަނުގައެވެ. އަދާއި މާދަމައެވެ. އިއްޔެއާއި އިހެއްދުވަހުގައެވެ.
މިޞްރުގައި ނެތް ޢިލްމެއް ފަތުރަނީ ކޮން ޔުނިވަރސިޓީއެއްގައި ހެއްޔެވެ؟ އިންސާނުން އުޅޭ ތަނެއްގައި މިޞްރުގައި ނެތް ޢިލްމީ މުއައްސަސާއެއް އެބަ ހިގާ ހެއްޔެވެ؟ މިޞްރު މީހުންގެ ބުއްދިއާއި ފިކުރުން އެއުރެން ހިގައިފައިނުވަނީ، ޡަޤާފީ މަގުތަކުގެ ތެރެއިން ކޮން މަގެއްގައިހެއްޔެވެ؟
ހަނދުގެ ޞަޠަހައއަށް އެމެރިކާގެ ސެޓެލައިޓު ތިރިކުރީ ކަށަކުޅަދުންވަންތަ މާތްﷲގެ ޤުދުރަތްތެރިކަމުންނެވެ. އެއަށްފަހު މިޞްރު ސިކުނޑިއެއްގެ ސަބަބުންނެވެ. ދުނިޔޭގެ ޤާނޫނީ ކޮލެޖްތަކުގެ އެންމެ އިސް މަޤާމްތަކުގައި މިޞްރުގެ ޢިލްމުވެރިންނެވެ. ބޭސްވެރިކަމާއި ފަންނީކަންކަމުގެ އެންމެ އިސް ސަފުގައި މިޞްރުގެ ސިކުނޑިތަކެވެ. މިކަންކަމަށް އިންކާރުކުރާނީ ޙަސަދައިގެ ސަބަބުން ކަނުވެފައިވާ މީހެއް އެކަންޏެވެ.
މިއިން ވާހަކައަކަށް މީހެއްގެ ކިބައިން ޝުކުރުވެރިކަމެއް ލިބޭނެކަމަށް އަޅުގަނޑު އުންމީދެއް ނުކުރަމެވެ. އަޅުގަނޑު އެދެނީ ﷲގެ ކިބައިން މަތިވެރި ދަރުމައެވެ. ވަޠަނިއްޔަތުގެ މޮޔަކަމާއި ޤައުމަށް ލޯބިކުރުމުގެ މޮޔަކަން ޖެހިފައިވާ ބަޔަކަށް ރައްދު ދިނުމީ އަޅުގަނޑުގެ ބޭނުމެވެ. އިސްލާމީ އުޚުވަތްތެރިކަން އަގުކުރަން ނުދަންނަ ބަޔަކަށް ރައްދުދިނުމީ އަޅުގަނޑުގެ މަޤްޞަދެވެ.
މާތްﷲ ރުއްސުންލެއްވި ޢުމަރުގެފާނުގެ ޚިލާފަތުގައި މުސްލިމުންނަށް ތަދުމަޑުކަން ޖެހިއްޖެއެވެ. އެއަހަރަށް عام الرمادةގެ ނަން ދެވުނެވެ. މާނައީ ހަނަފަސްކަމުގެ އަހަރެވެ.
ޢުމަރުގެފާނު އެދުވަސްތަކުގައި ވިދާޅުވިއެވެ. ﷲގަންދެއްވައި ވިދާޅުވަމެވެ. މުސްލިމުންނަށް ކުރިމަތިވެފައިވާ މުޞީބާތުން ސަލާމަތް ވެއްޖައުމަށް ދާންދެން، ތިމަންކަލޭގެފާނު މަހެއް ބަޓަރެއް ފަރިއްނުކުޅުއްވާނަމެވެ. ފިކުރުފުޅު ބޮޑުވެ ހާސްވެވަޑައިގެންފައި ހުންނެވިއެވެ.
ޢުމަރުގެފާނުގެ ހަނދުމަފުޅަށް އެކަލޭގެފާނުގެ އަޚުންތަކެއް މިޞްރުގައި ތިބިކަމެވެ. އަދި މިޞްރަކީ ދީލަތި ބިމެއްކަން ހަނދުމަވެވަޑައިގަތެވެ. އެބިމުގެ ރަނގަޅު ތަކެތިންނާއި ދެރަތަކެތީން އެބިމުގެ އަހުލުވެރީން އެހީވާނެކަން ޔަޤީންވެވަޑައިގަތެވެ. އެހިނދު މިޞްރުގެ އަމީރަށް އެހީތެރިކަމަށް އެދިވަޑައިގެން ސިޓީއެއް ފޮނުއްވިއެވެ. މަދަދާއި އެހީ ލަސްވުމެއް ފަސްވުމެއްނެތި ނީލަ ކޯރުގެ އައްސޭރީން ލިބެން ފެށިއެވެ. މިއީ މިޞްރެވެ. މިއީ މިޞްރުގެ މާޒީއެވެ.
އިސްލާމީ އުންމަތް މަސީޙީންގެ ވަކިތަކުގެ ތެރެއަށް ގޮސް ނިކަމެތިކަމުގެ އަދަވަޅަކަށް ވެއްޓުނު ހިނދު، އިސްލާމީ ލަޝްކަރުތައް ރުކުރުވާލާ، އެލަޝްކަރުތައް ނުކުތީ މިޞްރުގެ ބިމުންނެވެ.
ތަތާރުން އިސްލާމީ އުންމަތުގެ އެތެރެއަށްވަދެ، ދުނިޔޭގެ ވެރިރަށްކަމުގައިވި ބަޣުދާދު ހަލާކުކޮށް ސުންނާފަތި ކޮށްލުމުން މިޞްރު މީހުން އިސްލާމީ ރަސްގެފާނު ޤުޠުޒުގެ ފަހަތުގައި ނުކުތް ހަނދާން މިއުންމަތް ނެތޭނެ ހެއްޔެވެ؟ ޢައިން ޖާލޫތުގެ ހަނގުރާމައިގެ ވާހަކަ އެއްޖީލުން އަނެއްޖީލަށް ފޯރުކޮށްދޭން ޖެހޭނެ ނޫންހެއްޔެވެ؟ އެދެވަހު މިޞްރުގެ މުސްލިމް ދަރިން ނުކުމެ ތަތާރުން އިދަޖައްސައިލިއެވެ. ތާރީޚުގައި ބަޔަކު އިދަޖެހިގެންދާނެ އެންމެ ނިކަމެތި ގޮތުގައެވެ. މިއީ މިޞްރުގެ މާޒީއެވެ.
ދަންނާށެވެ. މިޞްރަކީ ބަޠަލުންގެ ބިމެކެވެ. ޢިލްމުވެރިންނާއި ފަންނުވެރިންގެ ބިމެކެވެ. ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ބިމެކެވެ. ހަރުދަނާ މުވާޠިނުން ބިނާކުރާ ބިމެކެވެ. އެއީ އިންޤިލާބާއި ބަދަލުވުމުގެ ބިމެކެވެ. މާތްﷲ މިޞްރުގެ އަހުލުވެރިންނާއި މިޞްރު ރައްކާތެރިކުރައްވާށިއެވެ. އަދި އިސްލާމީ އުންމަ
ހުޅަނގުގެ އިޖްތިމާޢީ އަގުކުރުންތަކުގެ ފޮއެދަށުވެ ޗިސްޗިސްވަމުންދާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ މާނަކުރަނީ އެއްވެސް އިމެއް އެއްވެސްކަހަލަ ހުރަހެއް ނެތި ތައްމިނަށް ހުޅުވާލެފިވާ ޙައްޤެއްގެގޮތުގައެވެ. 1948 ގައި އދ. އިން ފާސްކުރި އިންސާނީ ޙައްޤުތަކާބެހޭ ޢާންމު ޤަރާރުގެ 19 ވަނަ މާއްދާ ގައި ވަނީ “ހަމަ ކޮންމެ މީހަކަށްމެ، އެމީހަކު ދެކެން ބޭނުންވާ ގޮތަކަށް ދުށުމާއި، އެމީހަކު ހާމަކުރަންބޭނުންވާ ކަމެއް ހާމަކުރުމުގެ މިނިވަންކަން ލިބިގެންވެއެވެ. މިޙައްޤުގެ މާނައިގައި، އެއްވެސް ފަރާތެއްގެ ނޫފޫޒެއްނެތި، ވަކި ގޮތަކަށް ވިސްނުން ގެންގުޅުމާއި، އެއްވެސް ކަހަލަ އިމެއް ހުރަހެއް ނެތި” މި ޙައްޤު ލިބެންޖެހޭނެކަމަށެވެ.
ނަމަވެސް ދިވެހިންގެ އިޖްތިމާޢީ ފޭރާން އަދި އަޅުގަނޑުމެންގެ އާދަކާދަ ނިޔާކުރާގޮތުން މި މާނަޔަށް އެބަ އިތުރު ހަރުދަނާ އިންތަކެއް ޖަހާދެއެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާބެހޭ މާއްދާ 27ގައި ދިވެހި ރައްޔިތުން ލިޔެފައިވަނީ “މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާއި ޚިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެން”ވާކަމަށެވެ. އަދި އިންސާނީ ޙައްޤުތަކާބެހޭ ޢާންމު ޤަރާރުގައި ދިވެހިރާއްޖޭގެ ގުމްހޫރިއްޔާއިން ސޮއެކޮށްފައިވަނީ އެ ޤަރާރުގައި ކަނޑައެޅިފައިވާ ޙައްޤުތަކުގެ ތެރެއިން ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭނީ އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ޙައްޤުތަކަށް ކަމުގައި ބުނެ ޝަރުތުކޮށްފައެވެ.
މިތާނގައި އަޅުގަނޑު އަލިއަޅުވާލަން މިއުޅެނީ ލިޔެވިފައި ވާ ނުކުތާއަކަށެވެ. އެ ނުކުތާއަކީ ޤާނޫނުއަސާސީގައި އެބަޔާންކުރާ ފަދައިން “އިސްލާމްދީނުގެ އަޞްލަކާއި ޚިލާފުނުވާ ގޮތެއްގެމަތީން” އެމިނިވަންކަން ދޭންޖެހޭއިރު ޢަމަލީ ގޮތުން ޤާނޫނުއަސާސީގެ މި އިލްޒާމު ތައްފީޒުކުރެވޭނެ މަގެއްނެތުމެވެ. އެކަން ކުރާނެ އަދި ދެމެހެއްޓޭނެ މަގު ޙަޤީޤީ މާނައިގައި ފަހިކުރެވިފައިނެތުމެވެ.
އާދޭހެވެ. ދީނުގެ އަޞްލުތަކާ ޚިލާފު ނުވޭތޯ ބެލޭނީ ދީނުގެ އަޞްލުތައް ދަންނަ އެދާއިރާއިން ތަޢުލީމު ޙާސިލްކުރައްވައިގެން ތިއްބެވި ބަޔަކަށެވެ. އެހެންކަމުން މީޑިއާ ގުޅުންހުރި މީޑިއާކައުންސިލްތައްފަދަ އަދި މީޑިއާ ރެގިއުލޭޓްކުރާ ޤާނޫނީ މުއައްސަސާތައް އުފައްދާ އެކަށައަޅާ އެކުލަވާލާ ހިންގުމުގައި އެފަދަބޭބޭފުޅުންގެ ބައިވެރިވުން ކޮންމެހެން ލާޒިމެވެ. މިދަންނަވާފަދަ ޤާނޫނީ ބާރުވެރިކަމެއްގެ އާޚިރު ނަތީޖާއަކަށްވެގެންދާނީ އިޖްތިމާޢީ ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި، ދިވެހިން މިމާނަކުރާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ ޙަޤީޤީ މާނައިގައި ދިވެހިރައްޔިތުންނަށް ލިބިގެން ދިއުމެވެ .
އަގުކުރުމެއް ދެމެހެއްޓޭނީ އެބަޔެއްގެ އަމިއްލަ ހިތްތަކުގައި އެކަމެއް އެގޮތަށް ލިޔެވިގެންނެވެ. މިގޮތުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ދިވެހިން މި ޖެހި އިން ފާހަގަ ވާވަރަށް ޒުވާންޖީލަށް ތަޢުލީމީ ތަރުބަވީ ނިޒާމުގެތެރެއިން އެބަ އުނގަންނައިދޭންޖެހެއެވެ. އެއީ ފަރުދީ ފެންވަރުގައި މިޙައްޤު ޙިމާޔަތް ކުރުމުގައި ފަރުދީ ޒިންމާ އުފުލާ ފަރުދުންތަކެއް ގެވެރި މުޖުތަމަޢުއެއް އުފެއްދުމަށްޓަކައެވެ.
މިއާއެކު ޒިންމާދާރުގޮތެއްގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު ދެމެހެއްޓުމަށްޓަކައި، މީޑިއާގެ ދާއިރާގައި، މަޢުލޫމާތުބަދަލުކުރުމާ ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވުމަށް އެ ދާއިރާއިން އުނގެނިގެންތިބި ފަންނީ ބޭފުޅުން އިތުރުވުން ވެސް ވަރަށް މުހިންމެވެ.
ކޮންމެޔަކަސް ޤާނޫނުއަސާސީގައި ބަޔާންވެގެން އެވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އަޅުގަނޑުމެންނަށް އެއްވެސް ހިފެހެއްޓުމެއްނެތި ލިބެންއެބަޖެހެއެވެ. އަދިއެ ނޫން މާނަތަކުން އެ ޙައްޤު އެބަ މިނިވަންކުރަންޖެހެއެވެ. ވާޖިބުތަކަށް ލޯމަރާލައި ހަމައެކަނި ޙައްޤުތަކަށް ގޮވަލާ ހުޅަނގުގެ ގޮވާލުންތަކުގެ އަޅުވެތިކަމުން ދިވެހިންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤު އެބަ ސަލާމަތްކުރަންޖެހެއެވެ
ލިޔުނީ: ނަބީލު
މުސްލިމަކަށް ވީތީ ތިޔަ އިސްލާމީ ބިނާއަށް އަހަރެން ފަޚްރުވެރި ވެމެވެ. އިންސާނަކަށް ވީތީ ތިޔަ އާސާރު އަހަރެން ޝަރަފުވެރިކުރަމެވެ.
އެހެނަސް، ކަލޭ ލޮލުން ދުށުމަކާއި ނުލައި، ކަލޭގެ އަޑު އެހުމަކާއި ނުލައި، ކަލޭގެ ލިޔުން ކިޔުމަކާއި ނުލައި، ބަޔަކު މީހުން ކަލެއަކީ މަގުފުރެދިފައިވާ ދީނީ އިމުން ބޭރު ކާފަރަކު ކަމުގައި ހަދައިފިއެވެ. ކަލޭގެ ނަން އިވުނަސް އެމީހުން ތިބެނީ އަޢޫޒު ކިޔަކިޔައެވެ. ދައްޖާލަކީ ވެސް ތިޔައީ ކަމުގައި ހިތަހިތައެވެ. ނަބިއްޔުންގެ ދަރީންގެ ތެރޭގައި ވެސް ނުކިޔަމަންތެރީން އުޅުނު ކަމެއް އެމީހުންނަކު ނުދަނެތެވެ.
އަނެއް ބަޔަކު، ކަލޭގެ ފިކުރާއި ބުއްދިއާއި، ގޮތާއި މަންހަޖާ، ހިރަފުހާ އަޅުވައިފިއެވެ. ތިމަތިމާމެންގެ އަސްލަކީ ކޮބައިކަމެއް ވެސް ނުދަތެވެ.
އެހެނަސް، އަހަރެން ކަލޭގެ ސޫރަ ދެކެފީމެވެ. ކަލޭގެ އެންގުމާއި ދެއްކުމާއި އިއްވުމާއި ގުޅިލާމެހިއްޖައީމެވެ. ފިކުރާއި ވިސްނުމާ، ބުއްދިއާއި ދޭހަ ދަނެގެންފީމެވެ. ހުރި ރަނގަޅު ކަންކަން ދުރަށް ފޭކޮށް ޙައްޤަކާ ނުލައި އަނިޔާވެރި ބަސްތަކެއް ކަލެޔާ މެދު ބުނާކަށް ނެތީމެވެ. މަދަހަވެރީންނަށް ތަބާވެ ކަލޭގެ ނެތް ސިފަތަކުން ޚުޝާމަދުކުރާކަށް ވެސް ނެތީމެވެ.
މިސްރުގެ ހިރަފުސްބޯ ޖައްވުގައި ކަލޭ ހުރިއިރު، ކަލޭގެ އެހެންވެސް ދަރީންނެކޭ އެއްފަދައިން ހެދުނު ކަލޭގެ އުރުގައި އަހަރެން އޮތްއިރު، ހަވީރު ކަލޭގެ އުނގުގައި އޮތްއިރު، ނޭވާއަށް އުނދަގޫވާތީ އުޅުން ހަދާނެއް ނުވެއެވެ. ފޭރާންގަނޑު ކިލާވާތީ އުޅުން ހަދާނެއް ނުވެއެވެ. ރޯގާގެ ބޭހެއް ކެވުނު ހެނެއް ވެސް ހީއެއް ނުވެއެވެ.
އާއެކެވެ. ބާ ފޭރާމުގައި ހުރީތީ ޒުވާނުން ގަޔާނުވަނީއެވެ. އެކަމަކު ސަޤާފަތުގެ ފޮޓޯ ތަސްވީރުކޮށްދޭ ތަރިކައެއް ކަމުގައިވާތީ ކަލޭގެ ތިޔަ ފޭރާމުގައި ހުރުން އަހަރެންނަށް ހަމަ ހިތްގައިމުވަނީއެވެ.
ކަލޭގެ އިދާރީ ހިންގުމުން ދޯދިޔާކަން ދުށީމެވެ. ލަސްކަމާއި ޒަމާނާ ނުގުޅޭ ގޮތް ދުށީމެވެ. ބަޚްޝީޝަށް އަޅުވެތިވެފައިވާ ބައެއް މުވައްޒަފުން ވެސް ދުށީމެވެ. އެހެނަސް އެކަމުން އަހަރެން ކެތްތެރިކަން ދަސްކުރީމެވެ.
ކަލޭގެ ލިޔުން ލޮލުން ދުށީމެވެ. އެއީ ހަމަ ލޮލުގެ މިޔުޒިކެވެ. ކަލޭގެ ގޮވުން އަހަރެން އަޑު އެހީމެވެ. ހިތަށް ފަސޭހަ ރާގެކެވެ. ކަލޭގެ ބަސްތައް ވިސްނީމެވެ. ޙަޤީޤީ ސާފު މަންހަޖެކެވެ.
އެހެނަސް.....، އެހެނަސް ކަލޭ އެއްވެސް މީހަކަށް އެއްވެސް ކަމެއް މަޖުބޫރެއް ނުކުރަމެވެ. އެއީ ކަލޭގެ އުސޫލެއް ކަމުގައި ނުވާތީއެވެ. އިންސާނުންނަކީ މިނިވަނުންކަމުގައި ދެކޭތީއެވެ.
އެހެންވީމާ، ބަޔަކު މީހުން ދަމުން ކަލޭގެ ގޯތި ތެރޭން ކުނި ހޮވައިގެން ގެންގޮސް އެމީހުންގެ އަހުލުވެރީންނަށް ހަދިޔާކުރިޔަސް، ކަލޭގެ ރަށުން ދެމިފައިވާ ކޯރުން ފެން ފޮދެއްގެ ބަދަލުގައި ޖައްވުގެ ހިރަފުހުން އެމީހުންގެ ޢާއިލާތަކަށް ވެދުމާއިގެން ދިޔަސް، އެކަމުގައި ކަލޭގެ އޮތީ ކޮން ފާފައެއް ހެއްޔެވެ؟
ލިޔުއްވީ: ނަބީލް
އެއް ތައްޓަކީ ހުސް ތައްޓެކެވެ. ބޭރުގައި ހުރީ ފެހިކުލައިގެ ދަވާދު ލައިފައިކަމުން ބަލާލަން ކިތަންމެހާ ވެސް ރީއްޗެވެ. ނޫނެކެވެ. ކުލަ ތަންކޮޅެއް ގަދައެވެ.
އަނެއް ތަށިހުރީ ދަވާދުލައިފައެއް ނޫނެވެ. އެހެނަސް އެޔަށް ސިކާރަކޮށްލާފައި ހުރި ފެހިކަންގަދަ އާފަލަކުން ފެލާލި ދިޔައިގެ އަސަރުން ފޭދިފައިވާ ލޮލަށް ފިނިކަންދޭ މަޑު ފެހިކުލައެއް ތަށީގެ ބޭރުން ފެނެއެވެ.
ފުރަތަމަ ތަށީގައި މާ ބޮޑު ބޭނުމެއް އެކުލެވިފައިވާ ކަމަކަށް އަޅުގަނޑު ނުދެކެމެވެ. ތެދެކެވެ. ކުލައިގެ މައުރަޒެއްގައި ބަހައްޓާލަން އެންމެ ރަނގަޅެވެ. ކުލަތައް ވަކިކުރަން ދަސްކުރަން ފަށާ އުމުރުގެ ތުއްތު ކުދީންނަށް ކުޅޭ އެއްޗަކަށް ވެސް ރަނގަޅެވެ. އެކަމަކު މި ކަންކަމަށް ވެސް ރަނގަޅުވާނީ ދެވަނަ ތަށި ނޫން ބާވައޭ ހިތަށް އަރައެވެ.
މިވައްތަރު ތަށިތަށީގެ ބޭރުން ބަލާ މީހަކަށް އެތެރޭގައި ހުރީ ކޮން އެއްޗެއް ކަމެއް ނޭނގި އޮޅުން އަރާތަން ފަހަރުގައި އަޔަސް، އެތެރެ ހުސްކަން ފަޅާއެރުން އޮންނާނީ ހަމަ އެންމެ ގާތުގައެވެ. މި ކަހަލަ ތައްޓަކާއި މެދު މީގައި ފެހި ކުލަ ހުރީ ކީއްވެތޯ އެހެން ކުލައެއް ވެސް ހަމަ ޖައްސާލެވިދާނެ ނޫންތޯ ސުވާލުކޮށްލުމަކީ ވެސް މާބޮޑު މައްސަލައެއް ނޫނެވެ. އެހެނީ އޭގެ އެތެރެއަކާއި ބޭރަކާ ގުޅުމެއް ނެތެވެ. ކުލައެއް އަރުވާލަން ޖަހާފައި ހުރި ސަކަރާތެކެވެ. ހުސް ތައްޓެއްގައި ކޮންމެހެން ވަކިވައްތަރެއްގެ ދަވާދެއްލުން މުހިންމެއް ނޫނެވެ.
ދެވަނަ ތަށީގެ ބޭނުން ކިތަންމެހާ ވެސް ބޮޑެވެ. އޭގެ ރަހަ މީރުވާނެ ކަމާ މެދަކު ޝައްކެތް ނެތެވެ. އާފަލު ދެކެ ރުޅިއަރާ މީހަކު ވެސް އޭގެ ކުލަޔާ މެދު ސުވާލެއް ނުއުފައްދާނެއެވެ. އޭގައި ހުރީ އާފަލެއްގެ ދިޔަކަމާއި ބޭރަށް އައިސްފައި އެހުރީ އޭގެ އަސްލުން ފޭދުނު ކުލަކަމާއި ދަންނާނެއެވެ. އޭގެ ކުލައަކީ ކަހާލެވޭނެ ކުލައެއް ނޫންކަން ވެސް ޔަގީންކުރާނެއެވެ.
މިވައްތަރު ތަށިތަށީގެ ބޭރުން އޭގެ ޙަޤީޤަތް ހާމަވެފައި ހުންނައިރު، އޭގެ ކުލައަކީ އެތެރޭގައި ހުރި އެއްޗެއްގެ ނިޝާނެއްކަން، ނިޝާނަކީ އަސްލެއް ނޫންކަން، އަސްލެއްގެ ޢަލާމަތެއްކަން، އަސްލު ނެތިފައި ނިޝާނެއް ހުރުމުގެ މާނައެއް ނެތްކަން، އަސްލު އޮވެއްޖެ ނަމަ އޭގެ ނިޝާނެއް ހުރުމުގެ މުހިންމުކަން، ބުއްދީގެ އަހުލުވެރީން އިންކާރެއް ނުކުރާނެއެވެ.
މި ބާވަތުގެ ފުރިހަމަ ތައްޓެއް ޙަޤީޤަތް ބަލާލުމަށް އޮއްސާލެވުމުން.................................
ބިއްލޫރީގެ ފޭރާން ކަޝްފުކޮށްލެވުމުން..، އަސްތާ! ކަޅިތައް ހުއްޓިއްޖެއެވެ. ސަމާލުކަން ދެވިއްޖެއެވެ. ދެކަނަވައިން ސޮނިވެއްޓިއްޖެއެވެ.
އަސްލު ކުލައިގެ ރީތިކަން، ކުލައިގެ އަސްލު ރީތިކަން،
ކުލަ ހުންނަންވާނީ އަސްލުގައިކަން، އަސްލުގައި ކުލައެއް ނެތަމަ ކުލައެއް ނެތްކަން،
ކުލައަކީ ބޭރުން އެތެރެއަށް ލީކުވާ އެއްޗެއް ނޫންކަން، ކުލަވާނީ އެތެރެއިން ބޭރަށް ފޭދޭންކަން، އެނގިބަޔާންވެ ސާފުވެއްޖެއެވެ.
މިއީ އަޅުގަނޑު އެންމެ ފަހުން މިބްލޮގުގައި ހިމެނުމަށް ލިޔުނު ލިޔުން (އިސްލާމީ ޙަރަކާތް ދިވެހި ފަސްގަނޑުގައި) ދިއިސްލާމް ނަމަކަށް ކިޔުނު ސައިޓެއްގައި އަޅުގަނޑުގެ އަޚަކު (އަޙުމަދު ޝަމީން ދޮންމަނިކު) ހިމެނުމުން އެލިޔުމަށް މުޙައްމަދު ޝާފިޢު ނަމަކަށް ކިޔުނު އަޚަކު ކުރެއްވި ކޮމެންޓަކާ ވިދިގެން ދަންނަވަމެވެ.
އޭނާ އެލިޔުމާމެދު ވިދާޅުވެފަވެއެވެ.
(ވަރަށް ތާކުންތާކު ނުޖެހޭ ލިޔުމެއް. ޖަމިއްޔަތުއްސަލަފަކީ ސިޔާސަތާއި ދީނާ ވަކިކުރާ ނުވަތަ ސެކިއުލަރ ވިސްނުމުގެ ބައެއް ނޫން. މި ލިޔުމުން ފެނިގެން މިދަނީ ކުއްލިއްޔާގެ ފިކުރު. މީހުން ބައިބަޔަށް އެޅުން. އަދި މިކަމަކީ ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢާ ޤާއިމްކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ލިޔެފައިވާ ލިޔުމެއް.)
މިލިޔުމާ ބެހޭގޮތުން ފައުޅުކުރެއްވި ޚިޔާލުގެ ސަބަބުން އަޅުގަނޑުގެ އެދުމެއްގެ މަތިން އެލިޔުން އެސައިޓުންވާނީ އުނިކުރެވިފައެވެ. އެހެންނަމަވެސް ޙަޤީޤަތުގައި މިކޮމެންޓުވެގެންދިޔައީ އަޅުގަނޑުގެ ހިތަށް ހަރާލެވުނު ވިހަ ދުންޏެއްކަމުގައެވެ. އެހެންކަމުން މިކޮމެންޓާމެދު ދެތިން ބަހެއް ބުނެލުމަށް އަޅުގަނޑު ގަސްތުކޮށްފީމެވެ.
އެބޭފުޅާގެ ވިސްނުންފުޅުގައި ލިޔުން ތާކުންތާކު ނުޖެހޭ އޮއްޓަރެއް ނެތް ލިޔުމެއްކަމުގައިވުމީ މައްސަލައެއްނޫނެވެ. އެޚިޔާލުފުޅަށް އިޙުތިރާމްކޮށް ބަލައިގަންނަމެވެ. ކޮންމެވެސްދުވަހަކުން މާތްﷲގެ މަދަދުވެރިކަމާއި ރަޙުމަތުން ތާކުންތާކުޖެހޭ ލިޔުމެއް ލިޔުމުގެ އުންމީދުގައިހުރީމެވެ.
އެއަށްފަހު އެލޮބުވެތި އަޚަށް ދަންނަވަމެވެ.
ލޮބުވެތި އަޚު، ޝާފިޢަށް ދަންނަވަމެވެ. އިސްލާމްކަމުގައި ތިބާޔަކީ އަޅުގަނޑުގެ އަޚެކެވެ. އަޅުގަނޑަކީވެސް މިދީނުގައި ތިބާގެ އަޚެއްކަމުގައިވުން އެދި ހުރީމެވެ. އަޅުގަނޑު ހިތުގެ އަޑިން ޤަބޫލުކުރާ ޢަޤީދާއަކީ އިސްލާމީ ޢަޤީދާއެވެ. އަޅުގަނޑަކީ އަހުލުއްސުންނާގެ ޢަޤީދާ ޤަބޫލުކުރާ މީހަކީމެވެ. އަދި ސަލަފީ ޢަޤީދާގެ މަތީގައި ދެމިހުރި މީހަކީމެވެ. އެހެންކަމުން އަޅުގަނޑުގެ މުޅި މުސްތަޤުބަލު ބަނަވެ، އަޅުގަނޑުގެ އަނބުރު ގެއްލިގެންދާފަދަ ގޮތަކަށް ޚިޔާލު ފައުޅުކުރެއްވި ހިނދު އަޅުގަނޑުގެ ޙައްޤު ހަނދުމަފުޅު ނެތުނީތޯއެވެ؟
އަޅުގަނޑުގެ ލިޔުމުގެ އެއްވެސް ހިސާބެއްގައި ޖަމްޢިއްޔަތުއްސަލަފަކީ ސިޔާސަތާ ދީންވަކިކުރާ ޖަމާޢަތެއްކަމުގައި ބުނެވިފައިވާނަމަ، މަޢާފަށް އެދެމުއެވެ. އަޅުގަނޑު ދަންނަވަން އުޅުނު ޙަޤީޤީ ވާހަކައަކީ ސިޔާސަތާ ބެހިވަޑައިނުގަންނަވާ ވާހަކައެވެ. ސިޔާސަތަށް ފާޑު ނުކިޔުމެވެ. ސިޔާސީކަންކަމުގައި ޙަރަކާތްތެރިނުވުމެވެ. މިއީ އަޅުގަނޑުމެންގެ ކުރިމަތިން ފެންނަ ޙަޤީޤަތެކެވެ. ދެވަނަކަމަކީ އެބޭފުޅުން ޢަދާލަތަށް ތާއީދުކުރާވާހަކަ ލިޔުމުގައި ދަންނަވާފައިވާނެއެވެ. އަދި އެބޭފުޅުންނާ ޢަދާލަތާމެދުގައި ފަރަޤެއްނެތް ވާހަކަ ދެންނެވީމެވެ. އެވާހަކަ ވިދާޅުވީމުތޯއެވެ؟ ނުވަތަ ފެނިވަޑައިނުގަތީތޯއެވެ؟ ޢަދާލަތަށް ތާއިދުކުރުމުން ދޭހަވަނީ ސިޔާސަތާ ދީން ވަކިކުރައްވަން އެދިވަޑައިނުގަންނަވާ ކަން ނޫންބާވައެވެ؟ ޢަދާލަތާ ގުޅުން ރަނގަޅުވުމުން އެގެނީ އެއްވިސްނުމެއް ޙިއްސާކުރާކަން ނޫންތޯއެވެ؟
މިލިޔިމުން ފެންނަމުން މިދަނީ ކުއްލިއްޔާ ފިކުރުކަމުގައި ވިދާޅުވިއިރު، އެސްއެސްގެ ނަން ވަކިޖަމާޢަތަކަށް ދީ އެމީހުންގެ ފިކުރުތަކަށް ފާޑުކިޔައި ހަދަނީ ކުއްލިއްޔާއިންތޯއެވެ؟ ޙަޤީޤަތުގައިވެސް އެޖަމާޢަތްތައް އެއީ އަޅުގަނޑުމެންގެ ދިރިއުޅުމުން އަޅުގަނޑުމެންނަށް ފެންނަމުންދާ ޖަމާޢަތްތަކެވެ. އަދި އެފިކުރުތަކަކީ ހުރި ފިކުރުތަކެކެވެ. ދިވެހިރާއްޖޭގެ ސަލަފީ ޙަރަކާތުގެ ހުރިހާ ޝައިޚުން އެއްގަލަކަށް އަރައި އެއްތަނެއްގައި އެކީ މަސައްކަތްކުރާތަން ފެނޭތޯއެވެ؟ އެސްއެސް ވަކިވެގަންނަވާނެއެވެ. ނުވަތަ ކޮންމެވެސް ޝައިޚަކު ހިތްޕުޅާ ނުކުރައްވައިގެން ވަކިން ހުންނަވާފާނެއެވެ.
އަޅުގަނޑާ ތިބާގެ މެދުގައި ފިކުރީ ފަރަޤުތަކެއް އެބަހުއްޓެވެ. އެކަން ތިޔަ ކޮމެންޓުންވެސް ފެނިއްޖެއެވެ. އެހެންނަމަވެސް ސުވާލަކީ އަޅުގަނޑު ދެންނެވި ތުހުމަތާއި އާޑަފުރައްސާރައިން މިންޖުވެވަޑައިގެން، އަޅުގަނޑަށް އިޙުތިރާމްކުރުމާއެކު، އެކަޑަމިކު ގޮތެއްގައި ޚިޔާލުފުޅު ފާޅުނުކުރެއްވިކަމީ ހިތާމަހުރި ކަމެއްކަމުގައެވެ. އަޅުގަނޑުވެސް މިދެނީ ރައްދެކެވެ. އެކަމަކު މިރައްދުގައި ތިބާއާމެދު ތުހުމަތެއްކޮށް ފުރައްސާރައެއްކޮށް ތިބާގެ ނިޔަތް ނުޙައްޤުން ބާޠިލުކުރާކަށް ނެތީމެވެ. ތިބާގެ ނިޔަތް މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲއެވެ.
އަޅުގަނޑުގެ ވިސްނުމާއި ފިކުރަކީ މެދުމިން އުޞޫލުތަކަށް ތަބާވުމުގެ ވިސްނުމެވެ. އިސްލާމީ ޝަރީޢަތުގެ އެންމެހާ ޒާވިޔާތަކަކުން ދީނުގެ ޙުކުމްތަކަށް ބަލައި، އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް، އެކި މިންވަރަށް ބަހައިލައިގެން މަސައްކަތްކުރުމުގެ ފިކުރެވެ. މިސަބަބަށްޓަކައި އަޅުގަނޑުގެ ސިޔާސީ ވިސްނުމުގައި އަޅުގަނޑަކީ ޢަދާލަތު ޕާޓީއަށް ތާއީދުކުރާ މީހަކީމެވެ. އަދި އަޅުގަނޑުގެ މަސައްކަތަކީ އަޅުގަނޑު ޤަބޫލުކުރާ ދީނީ ރައުޔައަށް ތަޢާއްޞުބުވުމެއްނެތި، އެރައުޔަ ފެތުރުމަށް މަސައްކަތްކުރުމެވެ. އެހެންކަމުން އަޅުގަނޑުގެ ޒާތާއި އަޅުގަނޑުގެ ނިޔަތާ ބެހުމަކާނުލައި، ކިޔޭ ކޮންމެ ފާޑުކިޔުމަކީ ބަލައިގަންނާނެ މަރުޙަބާކިޔާނެ ފާޑުކިޔުމެކެވެ. ތިބާގެ ފާޑުކިޔުމުގައި އަޅުގަނޑުގެ ޒާތަށް އުނިކަންދީފީމުއެވެ. އެއީ އަޅުގަނޑު ކިޔެވިތަނުގެ ފިކުރޭ ވިދާޅުވެ ކުރެއްވި ކޮމެންޓުންނެވެ. އަޅުގަނޑުގެ މުދައްރިސަކީ ފޮތްތަކެވެ. އަޅުގަނޑު އަމިއްލަ ވިސްނުމެއްމެނުވީ އެލިޔުމުގައި ނެތެވެ. އެހެންކަމުން ކުއްލިއްޔާއަށް ޙަމަލާދެއްވުމީ ގޯސް ގޮތެކެވެ. ކުއްލިއްޔާގެ ފިކުރެއްކަމުގައި ވިދާޅުވުމުން ކަމާނުބެހޭ ބަޔަކަށް ޙަމަލާދެއްވުނީ ނޫންތޯއެވެ؟
" އަދި މިކަމަކީ ދިވެހިރާއްޖޭގައި އިސްލާމީ ޝަރީޢާ ޤާއިމްކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ލިޔެފައިވާ ލިޔުމެއް" މިތުހުމަތަކީ އަޅުގަނޑުގެ މެއިން ދިލަނަގުވާލި ތުހުމަތެވެ. ޢިއްޒަތްތެރި އަޚު ޝާފިޢެވެ. މިބަސްކޮޅުން ދޭހަވާ މާނަ އެގިވަޑައިގަންނަވާނަމަ، މިފަދަ ބަހެއް ވިދާޅުވާނެކަމަށް އަޅުގަނޑެއް ޤަބޫލެއްނުކުރަމެވެ. މިބަހުގެ މާނައަކީ އިސްލާމީ ޝަރީޢަތް ޤާއިމުކުރުމާ ދެކޮޅު ހަނދައި އެކަން ހުއްޓުވުމަށް އަޅުގަނޑު ގަސްތުކޮށް އެނިޔަތުގައި މިލިޔުން ލިޔުނުވާހަކައެވެ. މާތްﷲ އެކަލާނގެ ބިމުގައި ތަންފީޛުކުރުމަށް ބާވައިލެއްވި ޝަރީޢަތް ތަންފީޛުވިޔަ ނުދިނުމަށް މަސައްކަތްކުރާނީ މުރުތައްދުވެފައިހުރި ކާފަރެއްނޫންތޯއެވެ؟ އަޅުގަނޑު މާތްﷲ ގަންދީ ބުނަމެވެ. މުޅި އެލިޔުމުގެ ބޭނުމަކީ އިސްލާމް ދީނަށްޓަކައި ޙަރަކާތްތެރިވާ، ތިޔަ ވިދާޅުވި އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް މަސައްކަތްކުރާ މީހުންގެ ބަސް އެއްގޮތް ކުރުމަށް ބާރު އެޅުމެވެ. ޚިޔާލުތަފާތުވުމާއެކު ކުރިއަށް ދާންވީ މަގު ދެއްކުމެވެ.
ތިބާގެ އިސްވެ ދިޔަ ލަފްޒުން ދޭހަވަނީ އަޅުގަނޑު ކާފަރުވެފައިވާކަމެވެ. އަދި އަޅުގަނޑު ހިތުން ތިޔަ ކޮމެންޓުގެ ސަބަބުން އެގޮތަށް ޚިޔާލުކުރައްވާ ބޭފުޅުންތަކެއް އުފެދުމަކީވެސް އެކަށީގެންވާކަމެކެވެ. އަޅުގަނޑަކީ ދީން އުގެނެމުން އަންނަ މީހަކަށްވީތީ، ކޮންމެވެސް ދުވަހަކުން އިސްލާމް ދީނުގެ ވާހަކަތައް ދެއްކުމީ އަޅުގަނޑުގެ އުންމީދެކެވެ. އެކަމަކު އަޅުގަނޑު ތިބޭފުޅާ ޤަބޫލުކުރައްވާ ގޮތް ޤަބޫލުނުކުރީތީ އަޅުގަނޑާމެދު ތިފަދަ ހަރުކަށި ބަސްތަކެއް ވިދާޅުވުމުން އަޅުގަނޑުގެ ކުރިމަގަށް ކުރާނެ އަސަރު ވިސްނަވައިލެއްވީމުތޯއެވެ؟ އަދި އަޅުގަނޑުގެ ހިތުގެ ނިޔަތް އެގިވަޑައިގަތް ގޮތެއް ވިދާޅުވެދެއްވަފާނުތޯއެވެ؟ އަޅުގަނޑަކީ މާތްﷲގެ ޝަރީޢަތުގެ ދުޝްމިނެއްކަމުގައި ތި ޞިފަކުރެއްވީ އެކަން އަޅުގަނޑުގެ ލިޔުމުގެ ކޮން ހިސާބަކުން ފެނިގެންތޯއެވެ؟ ލޯބިވާ އަޚާއެވެ. އަޅުގަނޑުގެ ޙައްޤެއް ހަމަނެތީތޯއެވެ؟
އަޅުގަނޑުގެ ދުޢާއަކީ ތިބާއަށާއި އަޅުގަނޑަށް މާތްﷲ ރަޙުމަތްލެއްވުމެވެ. އަޅުގަނޑުމެން ދެމީހުންގެ މަސައްކަތުގައިމެ، ބަރަކާތްލައްވައި އެކަލާނގެ ދީނަށް ނަޞްރުދިނުމުގައި އަޅަމެން ދެމީހުނާއި އަޅަމެން ނޫން އިޚުލާޞްތެރީންގެ ހިތްތައް ސާބިތުކުރެއްވުމެވެ. ތިބާއަށް މާތްﷲ ބަރަކާތްލައްވާށިއެވެ. ޝުކުރިއްޔާ!
އެކުލަވައިލީ: ޝައުފާ އަޙުމަދު (ކޮއްކޮ)
ޝާއިޢުކުރީ: ޝިފްޒާން އަޙްމަދު.
ނޯޓު: މިއީ އަޅުގަނޑުގެ ލޮލުގެ ނޫރުކަމުގައިވާ ލޮބުވެތި ދެކޮއްކޮއިންކުރެ، އެންމެ ހަނގު ކޮއްކޮ ހަނދާފައިވާ ޅެމެކެވެ. ކޮއްކޮ އަޅުގަނޑަށް މިޅެން ފޮނުވުމުން ހިތަށް ވަރަށް އަސަރުކުރުވި މިންވަރުގެ ސަބަބުން ތިޔަ ކިޔުންތެރިންނާ ހިއްސާކޮށްލީއެވެ.
ރާގު: ވަކިވީ އަސަރާ މަންޒަރު (ފިލްމު ދެރިޔާ)
ވަކިވީ އަސަރާ މަންޒަރު ހިތަކުން ހަމަ ނުފިލާނޭ
ވަކިވެނުދާނޭ ތިހަނދާން، ހިތުގައި ފަހެ އާވާނޭش
ހިނިތުންވެލުމާ ބޭބެގެ އޯގާތެރިކަން ތިޔަދިން
ނުނިމުނު ތަޢުރީފުކުރުން ހަނދުމައަކުން ނުފިލާނޭ
އަހަމުންދާހިނދު ކުލަރަން، ނިޔަނެތި ބޭބެގެ ހުވަފެން
އަހަރެންގެ މިހިތްބުނެޔޭ ހުވަފެން އަދި ތެދުވާނޭ
ތިޔައީ އަޅުގަނޑުގެ ފަޚުރު ކަމުގައި އަބަދުމެ ދެކެމޭ
ތިޔަމަދަދާ ހެދި ނޫނީ ރަންވަނަތައް ނުލިބޭނޭ
އަދަބީ ފަރި ޤުލްޝަނުގައި އަދި ފަރިވާނޭ ތިޔަމާ
މަދަދާއެކު ޤައުމަށް ފަހެ ޚިދުމަތްތައް ކޮށްދޭނޭ
ތަޢުލީމީ މޮޅު ސަނަދުން ޤައުމަށްފަހެ ދައްކާލާ
ދައުރޭވާނީ މިފަޚުރު މަންމަ އުފާ ކޮށްދޭނޭ
ރަޙުމަތް ހެޔޮ ﷲ ގެ އަބަދަށް ލިބި ބޭބެ ވުމަށް
ރަޙުމާނުގެ ޙަޟްރަތުގައި އަބަދު ދުޢާ ކުރެވޭނޭ
ތިޔަފަދަ ބޭބެއަކަށް މުޅި ދުނިޔެ އެދޭހައިވޭ
ތިޔައީ ހިތުގެ ޖަވާހިރު ކަމުގައި އަބަދަށްވާނޭ
މިޞްރުގައި ޤާނޫން ކިޔެވުމަކީ އޭގެ ޒާތުގައި ބޭކާރުކަމެއްކަމަށް ޞިފަކޮށް ވާހަކަދައްކާ ބައެއް މީހުންނާ އަޅުގަނޑާ ބައްދަލުވެއްޖެއެވެ. އެފަދަ ބައެއް މީހުން ވަރަށް ގިނަ ޙުއްޖަތްތައް މިމައުޟޫޢުގައި ހުށަހަޅައިފައިވެއެވެ. ކޮންމެއަކަސް ޤާނޫނީ ޢިލްމަކީ ދުނިޔޭގެ ކޮންމެ ތާކުން އުގެނިގަތަސް އެޢިލްމުގެ އެންމެ އަސާސީ މަބުދައުތައް ނުވަތަ ޕްރިންސިޕަލްތައް އެކައްޗެއްގެ ގޮތުގައި ދެމިއޮންނާނެ ޢިލްމެކެވެ. އިނގެރޭސިވިލާތުގައި ކިޔެވީތީ ލިބިގަނެވޭނެ ތަފާތު ޤާނޫނީ މަބްދައުތަކެއް ނުހުންނާނެއެވެ. އެހެންނަމަވެސް އެކި ޤައުމުތަކުގެ ޤާނޫނީ ނިޒާމު ތަފާތުވާނެއެވެ. އަދި ތަންފީޒުކުރާ ޤާނޫނީ އޮނިގަނޑާއި ހަމަތައް ތަފާތުވާނެއެވެ.
ސުވާލަކީ މިޞްރުގައި ޤާނޫން ކިޔެވުމުން ލިބޭނެ ފައިދާތަކާއި ލިބޭނެ ގެއްލުންތަކަކީ ކޮބައިތޯއެވެ؟ އެކަމުގެ ސަބަބުން ދަރިވަރުގެ ވިސްނުމަށް އަންނާނީ ކޮންކަހަލަ ހެޔޮ ބަދަލުތަކެއްތޯއެވެ؟ ނުވަތަ އަންނާނެ ނޭދެވޭ ބަދަލުތަކަކީ ކޮބައިތޯއެވެ؟
އަޅުގަނޑަކީ މިޞްރުގެ އަލްއަޒުހަރު ޔުނިވަރސިޓީގައި ޤާނޫނު ކިޔަވަމުންދާ ކުއްޖަކީމެވެ. އެހެންކަމުން މިޞްރުގައި ޤާނޫން ކޔަވައިދޭ ނިޒާމު ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައިވުމީ އަޅުގަނޑު މިލިޔުން އެކުލަވައިލުމަށް ލިބުނު ލުއެކެވެ. ހަމައެފަދައިން ކޮންމެވެސް މިންރަވަކަށް ދިވެހި ޤާނޫނީ ނިޒާމު ދަންނަ އެނިޒާމު ހިގާ ގޮތާއި، ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް އެނގުމަކީ، އަޅުގަނޑަށް ލިބިހުރި މަޢުލޫމާތުތައް ތިޔަ ބޭފުޅުންގެ ސިކުނޑިފުޅުތަކަށް ގެނައުމަށް ލިބުނު ލުޔެއްކަމުގައި ހީކުރަމެވެ. و بالله التوفيق!
ޢަރަބި ދުނިޔޭގައި އުފެދިފައިވާ ޤާނޫނީ ނިޒާމްތަކުގެ ތެރެއިން އެންމެ މުސްކުޅި އެއްނިޒާމަކީ މިޞްރުގެ ޤާނޫނީ ނިޒާމެވެ. ކިއެއްތޯއެވެ؟ މިޞްރުގެ ޤާނޫނީ ނިޒާމަކީ ދުނިޔޭގެ ނިސްބަތުންވެސް މުސްކުޅި ޤާނޫނީ ނިޒާމެކެވެ. ފިރުޢައުނީ ވެރިކަމަކީ ޤާނޫނީ މަބުދައުތަކެއްގެ މައްޗަށް އުފެދިގެން އައިސްފައިވާ ނިޒާމެކެވެ. އެގޮތުން ވެރިކަން ހިންގުމުގައި ރަސްގެފާނު ނުވަތަ ފިރުޢައުނަށް މުޠުލަޤު ބާރުތަކެއް ލިއްބައިދީފައިވުމާއެކުވެސް މިޒަމާނުގެ ބަހުރުވައިން ދަންނަވާނަމަ، ލާމަރުކަޒީ އުޞޫލުތައް އެއިރު މިޞްރުގެ ޤަދީމީ ޙަޟާރަތުގައި ތަޖުރިބާކުރެވިފައިވެއެވެ. އަދި އެނިޒާމުގެ ދަށުން ޤާނޫން އެކުލަވައިލުމާއި ޤާނޫން މާނަކުރުމުގެ ހަމަތަކެއް އުފެދި ދެމެހެއްޓިފައިވެއެވެ. އެހެންކަމުން މިޞްރުގައި ޤާނޫންކިޔަވާކުއްޖަކަށް މިޤަދީމީ ޚަޒާނާއިން ފައިދާކުރާނެކަން ޔަޤީނެވެ.
ދެން އޮތީ މިޒަމާނުގައި މިޞްރުގައި ތަންފީޒުކުރެވެމުންދާ ޤާނޫނީ ނިޒާމެވެ. މިޞްރުގެ ޤާނޫނީ ނިޒާމަކީ ފަރަންސޭސިވިލާތުގެ ޤާނޫނީ އޮނިގަނޑާއި ޤާނޫނީ ފަލްސަފާތަކުގެ މައްޗަށް ބިނާކުރެވިފައިވާ ޤާނޫނީ ނިޒާމެކެވެ. އެހެންނަމަވެސް ދައުލަތަކީ އިސްލާމީ ދައުލަތެއްކަމުގައިވީތީ މިޞްރުގެ ޤާނޫނީ ނިޒާމުގައި އިސްލާމީ ޝަރީޢަތަށް އަހަންމިއްޔަތުކަމެއް ދީފައިވާތަން ފެނެއެވެ.
މިޞްރުގައި ޤާނޫން ކިޔަވާކުއްޖަކަށް ވަރަށް ފަސޭހައިން ފަރަންސޭސި ޤާނޫނީ ނިޒާމް ލިބިގަނެވޭނެއެވެ. އެއީ ލިޔެފައި އޮންނަ ހަރު ނުވަތަ އިނގެރޭސިން ދަންނަވާނަމަ ރިޖިޑް ކޮންސްޓިޓުއުޝަނެއްގެ މައްޗަށް ބިނާވެފައި އޮންނަ ޤާނޫނީ ނިޒާމެވެ. އެއީ އެދުސްތޫރަށް ނުވަތަ ދުސްތޫރުގެ ބަޔަކަށް ބަދަލެއްގެނައުމަށް ވަކި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ގޮތަށް ބައްޓަން ކުރެވިފައިވާ ދުސްތޫރުތަކެވެ. އަދި އެންމެހާ ޢާންމު ޤާނޫނުތައް (Public Laws) ނުވަތަ މަދަނީ ޤާނޫންތަކާއި ޖިނާއީ ޤާނޫންތައް ތަބާވުން ލާޒިމްވެގެންވާނީ އެދުސްތޫރަށެވެ. އެގޮތުން އެމެރިކާގެ ދުސްތޫރާއި ދިވެހިރާއްޖޭގެ ދުސްތޫރަކީ އެފަދަ ދުސްތޫރަކެވެ. ހަމައެފަދައިން މިޞްރުގެ ދުސްތޫރަކީވެސް އެފަދަ ދުސްތޫރެކެވެ. އެހެންކަމުން އިނގެރޭސި ވިލާތުގައި ކިޔަވާކުއްޖަކާ ޚިލާފަށް ނުވަތަ ކޮމަން ލޯގެ ނިޒާމަށް ކިޔަވާކުއްޖަކާ ޚިލާފަށް މިޞްރުގައި ކިޔަވާކުއްޖަކަށް ދިވެހި ޤާނޫނީ ނިޒާމު ފަހުމުވުން ފަސޭހަވާނެއެވެ.
ދެން އޮތީ ކޮމަންލޯ ނުވަތަ ޢުރުފީ ޤާނޫނީ ނިޒާމުގެ ވާހަކައެވެ. މިފަދަ ޤާނޫނީ ނިޒާމުވެސް މިޞްރުން ކިޔަވާކުއްޖެއްގެ ވިސްނުމާ ދުރުނުވާނެއެވެ. އެއީ މިޞްރުގެ ޤާނޫނީ ފޮތްތަކުގައި އިނގެރޭސިވިލާތުގެ ޤާނޫނީ ނިޒާމަށް ރިފަރކޮށްފައި ހުންނާތީއެވެ. އިނގެރޭސީންގެ ޤާނޫންތަކަށް ރިފަރކުރުމުގެ އިތުރަށް، މިޞުރުގައި ޤާނޫން ކިޔަވައިދިނުމުގައި މިޞްރުގެ ޤާނޫންތައް ފިޔަވައި އެންމެ މަތީ މަރުޖިޢެއްކަމުގައި ބަލަނީ ލުބުނާނުގެ ޤާނޫނީ ނިޒާމެވެ. ލުބުނާނުގެ ދުސްތޫރަކީ ވިލުންތެރި ދުސްތޫރެކެވެ. އިނގެރޭސި ބަހުން ދަންނަވަނީނަމަ، (Flexible constitution) އެކެވެ. އެއީ އިނގެރޭސި ވިލާތުގައިވެސް އޮންނަ ޤާނޫނީ ނިޒާމެވެ. އެފަދަ ޤާނޫނީ ނިޒާމުގެ މައިގަނޑު މަޞްދަރަކީ ޢުރުފެވެ. ނުވަތަ (Custom) އެވެ.
އެހެން ޤައުމުތަކުގައި ޤާނޫން ކިޔަވާކުއްޖަކާ ޚިލާފަށް މިޞްރުގައި ޤާނޫނު ކިޔަވާކުއްޖަކަށް ލިބޭނެ އިތުރު ފުރިހަމަކަމަކީ އިސްލާމީ ޝަރީޢަތުގެ ތެރެއިން ފިޤުހުގެ ބައިތައް ފުރިހަމައަށް އެނގުމެވެ. މިޞްރުގެ އަލްއަޒުހަރުގައި ޤާނޫނުގެ ކޯސް މިނެމެނީ ފަސް އަހަރުންނެވެ. އެފަސް އަހަރުގެ ތެރޭގައި ފިޤުހުގެ ހުރިހާ ބާބެއް ތިން ގޮތަކަށް ކިޔަވާނެއެވެ. އެއީ ފިޤުހުގެ ޒަމާނީ މައްސަލަތަކާއި ފިޤުހުލް މުޤާރަން (ނުވަތަ މަޛުހަބުތަކުގެ މެދުގައި ފިޤުހާއި) ފިޤުހުލް މަޛުހަބީއެވެ. ފިޤުހުލް މަޛުހަބީގައި ތުރާޘްގެ ފިޤުހާއި މައުޟޫޢީ ފިޤުހު ކިޔަވާނެއެވެ. އަދި ފިޤުހުގެ ތެރޭގައި ނުހިމެނޭ ވަކި މާއްދާއެއްގެ ގޮތުގައި ފަރާއިޟް ނުވަތަ މީރާޘް ތަފްޞީލުކޮށް ކިޔަވާނެއެވެ. މީގެ ތެރެއިން ޒަމާނީ ފިޤުހީ މައްސަލަތަކުގައި ޤާނޫނާއި ޝަރީޢަތުގެ މެދުގައި މުޤާރަންކޮށް މާނައަކީ އަޅާކިޔާ ނިޒާމަށް ޒަމާނީ ފިޤުހީ މައްސަލަތައް ދިރާސާކޮށް ކިޔަވަން ޖެހެއެވެ. އެގޮތުން މުޢާމަލާތާއި ޖިނާޔާތު ވަރަށް ތަފްޞިލުކޮށް މިޞްރުގައި ޤާނޫން ކިޔަވާ ކުދިން ކިޔަވާނެއެވެ.
އަދި ވަރަށް ތަފްޞީލުކޮށް އުޞޫލުލް ފިޤުހި ކިޔަވާނެއެވެ. އެގޮތުން އުޞޫލުގެ ތުރާޘީ ފޮތަކާއި މިޒަމާނުގެ ފޮތަކާއި ދެފޮތުން އުޞޫލުލް ފިޤުހު ކިޔަވަންޖެހޭނެއެވެ. އެމާއްދާތައް ކިޔަވައިދެއްވާނީ މިޞްރުގެ އަޒުހަރުގެ އުޞޫލީންނެވެ. ނުވަތަ އުޞޫލުލް ފިޤުހުގެ މަރުޖިޢުންކަމުގައި ބެލެވޭ ބޭފުޅުންނެވެ.
ދެން އޮތް ސުވާލަކީ ޤާނޫނީ ނިޒާމް ކިޔެވުމުގައި މިޞްރުން ކިޔަވާ ކުއްޖަކަށް ލިބިދާނެ ނިކަމެތިކަމަކީ ކޮބައިތޯއެވެ؟ މިހާރު ދިވެހި ރާއްޖޭގެ ޤާނޫނީ ނިޒާމު ބައްޓަން ކުރުމަށް ބަޔަކު މަސައްކަތްކުރާ ގޮތަށް ބަލާއިރު މިޞްރުން ކިޔަވަ ކުއްޖަކަށް ލިބިދާނެ ނިކަމެތިކަމަކީ އިނގެރޭސި ނޭނގުމެވެ. އެހެންނަމަވެސް ކުޑަކުޑަ ހިންމަތެއްކޮށްލަނިކޮށް އެމައްސަލަ ޙައްލުވެދާނެއެވެ. މިޞްރުގައި އިނގެރޭސި ބަސް އުނގެނުމަކީ އުދަގޫ ދަތިކަމެއްނޫނެވެ.
ދެން އޮތީ މިޞްރުގައި ބައިނަލް އަޤުވާމީ ޤާނޫނީ ނިޒާމުތައް ކިޔަވައިދޭ ގޮތެވެ. އެފަދަ މާއްދާތަކުގައި އެންމެ އިސް މަރުޖިޢަކީ ބައިނަލްއަޤުވާމީ މުޢާހަދާތަކެވެ. އެހެނިހެންވެސް ޢިލްމީ މުއައްސަސާތަކަކެކޭ އެއްފަދައިން ބައިނަލް އަޤްވާމީ ޤާނޫންތައް މަރުޖިޢަށް އަންނަ ބަދަލާ ވިދިގެން މިޞްރުގައިވެސް ބަދަލުވެއެވެ.
ދިވެހިރާއްޖެއަށް ކޮމަންލޯ ނުވަތަ ޓޯރޓުލޯގެ ނިޒާމު ތަޢާރަފުކުރުމަށް ބަޔަކު ކެނޑި ނޭޅި މަސައްކަތްކުރަމުން އެބަދެއެވެ. އެކަމަކީ ބޭނުމެއް އޮވެގެން ކުރެވޭ މަސައްކަތަކެވެ. ދައުލަތާއި ދީން ވަކިކުރުމުގެ މަސައްކަތެވެ. މިޞްރުން ޤާނޫން ކިޔަވައިގެންދާ އިސްލާމް ދީންދެކެ ލޯބިވާ ޝަޚުޞިއްޔަތަކުވާނީ އެކަމުގެ ކުރިމަތީގައި ހުންނާނެ ހަރުދަނާ ހުރަހެއްކަމުގައެވެ. އެއީ ޤާނޫނާއި ދީން އެނގި އެދެކަމުގެ މެދުގައި ގުޅުން އުފެއްދުމީ އޭނާއަށް ކުރެވޭނެކަމަކަށް ވާތީއެވެ.
މިޞްރުގައި ޤާނޫނީ ޢިލްމު އުގެނެމުންދާ ކުދިންނަށް އަޅުގަނޑު ގޮވައިލަނީ ޤާނޫނީ ޢިލްމު އުނގެނުނަސް އިސްލާމް ދީނަށް ނަޞްރުދިނުމަކީ ފުރަތަމަ ލަނޑުދނޑިކަމުގައި ހެދުމަށެވެ. އަދި އިސްލާމީ ޝަރީޢަތް މާތްﷲގެ ބިންމަތީގައި ތަންފީޒުކުރުމަށް މިކުރެވޭ ދަތުރުގެ ބައިވެރިންގެ ގޮތުގައި އެކަމަށް އެހީތެރިވެދިނުމަށެވެ!
إذ سئلني أحد عن مجدد هذا القرن أجبت عليه أنه هو العلامة الدكتور يوسف القرضاوي. فأنكر علي حتى كاد أن يجعل الشيخ من الخارجين على سنة المصطفى صلى الله عليه وسلم. و اشتد فى الإنكار حتى قال أن الشيخ جاء بدين جديد ألا وهو دين الوسطية. و منهنا قصدت أن أكتب شيئا ما فى الدفاع عن الشيخ و عن منهجه و دعوته إلى الوسطية التى هي ما ندعو إليها.
و من الأسباب الذي جعلني من المحبين للقرضاوي حفظه الله و رعاه الله رفقته مع الذين خاصموه فإن الإمام المحدث محمد ناصر الدين الألباني رحمه الله من الذين اشتدوا فى الرد عليه حتى أن الإمام طعن فى علم الشيخ و منهجه عدة بقوة و شدة و مع كل هذا أثنى عليه شيخنا القرضاوي بما يستحق و شهد له برسوخ قدمه فى الحديث رحمهم الله جميعا!
ربما يسئلنى واحد عن سبب كتابة هذه المقالات باللغة العربية بدلا من لغة المالديف. أجيب عليه بأنني كتبت هذه المقالة كفعل رد على من أنكر جهد الشيخ فى الدفاع عن الدين و على من أنكر فضله فى الفقه من المالديفيين و غيرهم. و الغرض الاخر من كتابة هذه المقالات بللغة العربية هو توصيل المعلومات و تنقلها إلى جمهور أكثر. و إلى جمهور أحسن.
و المنهج الذي سلكت فى تأليف هذه المقالة هو منهج علمي بحثي! قرأت فى كتب الرادين على الشيخ و بحثت فى كتب الشيخ جملة و تفصيلا! و لما بدأت قراءة كتبه و جدت بحرا عميقا من العلوم الشرعية و الفنون المختلفة. و لما قرأت الردود التى ألفت فى الرد عليه و جدت تعصبا ممزقا للمنهج العلمي السليم و لما قرأت بعض الكتب و المقالات التى كتبت فى الدفاع عنه وجدت فيه حبا يجعل الكاتب أعمى. حاولت فى مقالتى أن أسلك مسلكا وسطا بين المتطرفين عليه و له.
أولا نبحث عن عقيدته:
يقول بعض العلماء من الذين يدعون السلفية أن الشيخ أشعري يأول الصفات. (و هؤلاء يخرجون الماترية و الأشعرية من أهل السنة) و لكن قولهم فى الشيخ غير مقبول و مردود للعلة الاتية:
فإن الشيخ يرجح منهج السلف رضوان الله عليهم فى المسائل المتعلقة بصفات الله عز و جل و للشيج رسالة جليلة القد عظيمة النفع فى هذه المسئلة و الرسالة إسمها فصول فى العقيدة بين السلف و الخلف. خص فصلا واحدا ليبين موجبات ترجيح اراء السلف فى المسائل المتعلقة بالصفات و صرح الشيخ بأنه من الذين يعتقدون إعتقاد السلف فى عدم تأويل الصفات و قبولها كما جاءت من الله بلا تأويل و تعطيل و تجسيم. و هو يتبع مهج شيخ الإسلام إبن تيمية فى هذا الأمر.
إذا لماذا يتهمونه بأنه أشعري؟ لأنه عالم أزهري! نعم لأن الأزهر يعلم عقيدة السلف و يبين عقيدة الخلف. و يأتى سؤال هنا. هل الأشعرية خارجون من نطاق أهل السنة و الجماعة؟ أجاب عليه علماء المسلمين قديما و حديثا! منهم من قال بأن الأشعرية مذهب من مذاهب أهل السنة و قال بعضهم أن الأشعرية ليسو من أهل السنة و الراجح عند العلامة يوسف القرضاوي و العلامة محمد الحسن ولد الددو (من خريجي جامعة الإمام ملك سعود, رئيس مركز تكوين العلماء بموريتانيا و عضو فى مجمع الفتاوى برابطة العالم الإسلامي) http://www.youtube.com/watch?v=4VlgcEdXNpQ&feature=player_embedded أن الأشعرية تعد مذهبا إعتقاديا و المرجع فى ذالك أن الأشعرية و أهل الحديث و الماتريدية متفقون فى المصادر و يتحكمون النصوص بدلا من العقل كما نعرف من كتبهم. و أكبر العلماء من الشافعية و المالكية ينتمون إلى الأشعرية مثلا النووي و إبن حجر. و غالبية علماء الحنفية متمسكون بالماتريدية. و الكثير من الحنابلة ينتمون إلى أهل الحديث كشيخ الإسلام و تلميذه المحقق إبن قيم. (المرجع: فصول فى العقيدة بين السلف و الخلف للدكتور يوسف القرضاوي)
و غالو فى الإنكار عليه و قالو عنه أنه المبتدعين الذين يدعون إلى البدع. يمثلون للبدع بأن يقول بجواز بإحتفال المولد النبوي. إذ كان الشيخ يجيزه أجازه من قبله نفر غير قليل من علماءنا و المسئلة مسئله مختلف فيها بين العلماء. لأن السؤال باقى حتى اليوف فى حجية ما ترك النبي صلى الله عليه و سلم هل يدل تركىه لشيئ على تحريم أم لا؟ إن أخطأ الشيخ فى هذه المسئلة لا يكون من المبتدعين. لأنه كان يستمد ما يذهب إليه من دليل شرعي و هو الكتاب أو السنة. و من إجتهد فى فهم دين الله فله أجران إن أصاب و أجر إن أخطأ.
(لم ينتهى بعد)
ޔޫކުރެއިންގެ ސައިންސުވެރިންތަކެއް ކުރެއްވި ދިރާސާއެއްގެ ނަތީޖާ ބުނާ ގޮތުން ކަންބާ ޖޫސް ބުއިމުން ބަލިތައް ފަސޭހަވެއެވެ. އަދި ބައެއް ބަލިތަކުގެ ސަބަބުން ލިބޭ ވޭން ކުޑަކޮށްދެއެވެ. އަދި ބައެއްކަހަލަ ބަލިތައް ޖެހުން ދުރުކޮށް ހަށިގަނޑު ރައްކާތެރިކޮށްދެއެވެ.
އަދި މިސައިންސްވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ކަންބާ ޖޫސް ވަކިން ބުއިމުން ނުވަތަ ވަކި މިންވަރަކަށް އެހެނިހެން ބާވަތްތަކުގެ ތަރުކާރީގެ ޖޫހާ އެކު ބުއިމުން، ކަންބާ ކައިގެން ލިބުން އެކަށީގެންނުވާ ފައިދާ ލިބެއެވެ. މިޢިލްމުވެރިންގެ ދިރާސާއިން އެގުނު ގޮތުގައި މަޢިދާގައި ހުންނަ ކެމިކަލްތައް ވަކި މިންވަރެއްގައި ހިފެހެއްޓުމުގައި ކަންބާ ޖޫސް އެހީތެރިވެއެވެ. އަދި ބަޑުހަރުވުމުގެ މައްސަލައިން ރައްކާތެރިކޮށްދެއެވެ. އަދި ކޮލެސްޓުރޯލް ހަށިގަނޑުގައި ހުންނަ މިންވަރު މަދުކޮށްދެއެވެ. އަދި އާތުރައިޓިސްގެ ބަލިތަކަށްވެސް ޝިފާއެއްކަމުގައި މިބުއިންވެއެވެ. އަދި މިހުރިހާކަމެއްގެ އިތުރުން ތައިރޮއިޑުގެ ބަލިތަކުން ރައްކާތެރިކޮށްދީ ދަތްޕިލައާއި ހިރުގަނޑު ވަރުގަދަކޮށްދެއެވެ.
މިދިރާސާތައް ކުރިއަށް ގެންދިޔަ ޑަކުޓަރުންގެ ޓީމުގައި އެންމެ އިސްކޮށް ހުންނެވި ޑަކްޓަރ ގެނަޑީ އަބްނެސަންކޯ ވިދާޅުވިއެވެ. ކަންބާ ޖޫހުގެ ސަބަބުން މަޢިދާގައި އެސިޑު ހުންނަ މިންވަރު ވަކި ހަމައެއްގައި ހިފެހެއްޓެއެވެ. އަދި މަޢިދާގެ ތެތްކަން ކެޑިގެން ދިޔުމާ ދުރުކޮށްދެއެވެ. އަދި ހަޖަމްކުރުން ފަސޭހަކޮށްދީ މައިދާގެ މަސައްކަތްތައް އަވަސްކުރެއެވެ. އަދި އޭގެ އިތުރުން މުޅި ހަށިގަނޑުގެ ސެލްތައް އިތުރަށް ޙަރަކާތްތެރިކުރުވައެވެ. އަދި ހަށިގަނޑުގެ ހުޅުތަކުގައި ރިއްސުން ކުޑަކުރެއެވެ.
އަދި ޑަކުޓަރުންގެ މިޓީމުން ނަޞޭޙަތްތެރިވެވަޑައިގަންނަވަނީ ކެރެޓު ޖޫހާއި މާމުއާއި ކަންބާ ޖޫސް އެކީ ބޭނުންކުރުމަށެވެ. އެއީ މިބާވަތްތަކުން ލިބޭ ފައިދާގެ ބޮޑުކަމުންނެވެ.
މަޞްދަރު: އަހުރާމް ދުވަހު ނޫސް













