ދީނީ ދަޢުވަތު ދޭ މީހާއަށް ލިބޭ ބޮޑު ދެ ނިޢުމަތެއް
-
މުޙައްމަދު ޝާފިޢު ބިން ޢަބްދިލްޣަފޫރުﷲ ތަޢާލާ ކީރިތި ޤުރްއާނުގައި
ވަޙީކުރައްވާފައިވެއެވެ.يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ
وَقُولُوا قَوْلًا ...
ކީރިތި ޤުރުއާނުގައި ބިން:
މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَفِي الْأَرْضِ آيَاتٌ لِّلْمُوقِنِينَ ﴿الذاريات: ٢٠﴾ މާނައީ: "يقين ކުރާ ބަޔަކަށް ބިމުގައި (ކުޅަދުންވަންތަކަމުގެ) ހެކިތަކެއްވެއެވެ." މިއާޔަތަކީ ޛުއްރިއްޔާތު ސޫރަތުގެ ފަހު އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ. މިސޫރަތަކީ މައްކިއްޔަ ސޫރަތެކެވެ. މިސޫރަތުގެ ފަހު އާޔަތްތަކުގައި މާތްﷲ އެކަލާނގެ ވަޙީ ބަސްފުޅުގެ ތަދުކަންމައްޗަށް ހުރި، ބައެއް ކައުނިއްޔަ ހެކިތައް ބަޔާންކުރެއްވިއެވެ. އެގޮތުން މިއާޔަތުގައި މާތްﷲ އަންގަވަނީ ބިމަކީ މާތްﷲގެ ކުޅަދުންވަންތަކަމުގެ ހެއްކެއްކަމުގައެވެ. އަދި އެބިމުގައި އެކަލާނގެ ބަސްފުޅުގެ ތެދުކަމުގެ މައްޗަށް ދަލީލުކުރާނޭ ޢަލާމާތްތައް ނުވަތަ އާޔަތްތައްވާނެ ކަމުގައި އަންގަވައެވެ.
މުޤައްދިމާ:
އެންމެހާ ޙަމްދާއި ސަނާ ޙައްޤުވެވޮޑިގެންވާ ފަރާތަކީ މާތްﷲއެވެ. އެކަލާނގެ ޙަމްދުކުރަމެވެ. އަދި އެކަލާނގެ ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާ ދަންނަވަމެވެ. މިދުޢާގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރެއްވުން އެދި ދުޢާ ދަންނަވަމެވެ. އެއަށްފަހު ދަންނައެ،
މިއީ ނަރަކައިގެ މައްޗަށް އަލިއަޅުވައިލާ އަޅުގަނޑު ލިޔަން ފަށާފައިވާ ދިރާސާއެކެވެ. މިދިރާސާގައި މަޢުލޫމާތު ހޯދުމަށް މައިގަނޑު ގޮތެއްގައި ބަލައިފައިވާނީ ދެފޮތެކެވެ. އެއީ ޑރ.ޢުމަރު ސުލައިމާނުލް އަޝްޤަރު ލިޔުއްވާފައިވާ الجنة و النارމިފޮތާއި، الشيخ الإمام العلامة محمد بن أحمد بن سالم ين سليمان السفاريني الحنبلي ލިޔުއްވާފައިވާ البحور الزاخرة فى علوم الاخرة އާއި عبدالرحمن بن شهاب الدين بن رجب الحنبلي ލިޔުއްވާފައިވާ، التخويف من النار މިތިންފޮތެވެ. މިލިޔުމަކީ ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާނެ ލިޔުމެކެވެ.
ނަރަކައިގެ ތަޢުރީފު:
ނަރަކައަކީ މާތްﷲއަށް އުރެދި ކާފަރުވި މީހުންނާއި، ފާފަކުޅަ މީހުންނަށް މާތްﷲ ޢަޛާބު ދެއްވުމަށް ހަމަޖެއްސެވި ތަނެވެ. އެއީ އެންމެ ބޮޑު ހަލާކެވެ. އެތަނުގައި މާތްﷲ ލައްވާފައިވަނީ ކެތްކުރުމަށް ނުކުޅެދުންތެރިކުރުވަނިވި ޢަޛާބެވެ. އިންސާނާ އެޢަޛާބުގެ ވާހަކަ އަޑު އަހައިފިނަމަ، ބިރުން މޭ އަގައަށް އަތުވެދާނެ ފަދަ ވޭންދެނެވި ޢަޛާބުތަކުގެ ގޯތިކަމުގައި އެނަރަކަ މާތްﷲ ލެއްވިއެވެ. ކުރުކޮށް ބުނަނީނަމަ، އަޅުގަނޑުމެންގެ މި ޙަޔާތުގައި އެތަނުން މިންޖުވުމަށް ގަދައަޅައި އުޅޭ ތަނަކީ އެއީއެވެ. އަޅުގަނޑުމެންގެ މުޅި ދިރިއުޅުމުގެ މަޤްޞަދަކީ އެތަނަށް ނުވަނުމެވެ.
ނަރަކައަށް ވެއްދެވުމަކީ މަޚުލޫޤަކަށް ކުރިމަތިވާނެ އެންމެ ބޮޑު ނިކަމެތިކަމެވެ. އަދި އެންމެ ބޮޑު ނާކާމިޔާބީއަކީ އަދި ގެއްލެނިވުމަކީ އެއީއެވެ. މާތްﷲ މުއުމިނުންގެ ދުޢާ ބަޔާންކުރައްވަމުން ވަޙީކުރައްވާފައިވެއެވެ. رَبَّنَا إِنَّكَ مَنْ تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ وَمَا لِلظَّالِمِينَ مِنْ أَنْصَارٍ (އާލު ޢިމްރާން ١٩٢) މާނައީ: އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ނަރަކަޔަށް ވައްދަވައިފިމީހާ، ފަހެ، އިބަރަސްކަލާނގެ އެމީހަކު ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ. އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް ބަޔަކު ނުވެއެވެ.
އަދިވެސް އެކަލާނގެ އަންގަވައިފައިވެއެވެ. أَلَمْ يَعْلَمُوا أَنَّهُ مَنْ يُحَادِدِ اللَّهَ وَرَسُولَهُ فَأَنَّ لَهُ نَارَ جَهَنَّمَ خَالِدًا فِيهَا ذَلِكَ الْخِزْيُ الْعَظِيمُ (ތައުބާ ٦٣) މާނައީ: ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހާ، ފަހެ، އެތާނގައި ދެމިހުންނަ ގޮތުގައި، އެމީހާއަށް ނަރަކައިގެ އަލިފާން ހުރިކަން އެއުރެން ނުދަންނަނީ ހެއްޔެވެ؟ ބޮޑުވެގެންވާ ނިކަމެތިކަމަކީ އެއީއެވެ.
އަދިވެސް މާތްﷲ ޤިޔާމަތްދުވަހު ކާފަރުންނަށް ލިބޭނޭ ނިކަމެތިކަން ޞިފަކުރައްވަމުން ވަޙީކުރައްވާފައިވެއެވެ. فَاعْبُدُوا مَا شِئْتُمْ مِنْ دُونِهِ قُلْ إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنْفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ أَلا ذَلِكَ هُوَ الْخُسْرَانُ الْمُبِينُ (އައްޒުމަރު ١٥) މާނައީ: ފަހެ، އެކަލާނގެ ފިޔަވައި ތިޔަބައިމީހުން އެދޭ އެއްޗަކަށް ތިޔަބައިމީހުން އަޅުކަން ކޮށްބަލާށެވެ! ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ގެއްލުންވެގެންވާ ބަޔަކީ قيامة ދުވަހުން އެއުރެންގެ އަމިއްލަ نفس ތަކާއި، އެއުރެންގެ أهل ވެރިން ގެއްލެނިކުޅަ މީހުންނެވެ. ދަންނާށެވެ! ފާޅުވެ ބަޔާންވެގެންވާ ގެއްލުންވުމަކީ ހަމައެއީއެވެ.
އާދޭހެވެ. ނަރަކައަކީ މަޚުލޫޤަކަށް ކުރިމަތިލާންޖެހޭނެ އެންމެ ބޮޑު ނިކަމެތިކަމެވެ. އެހެނީ އެނަރަކައިގައި އިންސާނާއަށް ދެވޭ ޢަޛާބަކީ ގަލަމާއި ދޫ އެޢަޛާބު ޞިފަކުރުމުގައި ނުކުޅެދުންތެރިކުރުވާނެ، އިންސާނީ ބުއްދި އެކަންތަކާ ހަމައަށް ވާޞިލުވުމަށް ދަތިވާފަދަ، ވަރުގަދަ ޢަޛާބެވެ. އެއީ އެޢަޛާބުގެ ވާހަކަދެއްކުމުން ހީބިހި ނަގައިގަންނަ ފަދަ ނުރައްކާތެރި ޢަޛާބެކެވެ. މިސަބަބަށްޓަކައި ނަރަކައިގައި ތިބޭ މީހުން އެތަނުގައި ތިބޭ ތިބުމުގެ ނުބައިކަން ބަޔާންކުރައްވަމުން ވަޙީކުރައްވާފައިވެއެވެ. إِنَّهَا سَاءَتْ مُسْتَقَرًّا وَمُقَامًا ( އަލްފުރުޤާން ٦٦) މާނައީ: ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، قائم ވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ.
ނަރަކަ އުފެދިފައިވުން:
ނަރަކައާއި ސުވަރުގެ އަކީ މާތްﷲގެ މަޚުލޫޤުންގެ ތެރެއިން ދެމަޚުލޫޤެވެ. އެދެތަން މާތްﷲވަނީ އުފައްދަވައިފައެވެ. މިހާރުވެސް އެދެގޯތި ވާނެއެވެ. މިއީ އަހުލުއްސުންނާ ވަލް ޖަމާޢާގެ ޢަޤީދާއެވެ. އެހެންކަމުން ނަރަކަވަނީ ކުރިއްސުރެ އުފައްދަވާފައެވެ. މިކަމުގެ ދަލީލުތައް ކީރިތި ޤުރުއާނާއި ސުންނަތުން ލިބެން އެބަހުއްޓެވެ.
ކީރިތި ޤުރުއާނުން:
މާތްﷲ ވަޙީކުރައްވާފައިވެއެވެ. إِنَّ جَهَنَّمَ كَانَتْ مِرْصَادًا (٢١)لِلطَّاغِينَ مَآبًا (٢٢)لابِثِينَ فِيهَا أَحْقَابًا (އައްނަބައު ٢٣) މާނައީ: ހަމަކަށަވަރުން، ނަރަކައީ، އެތަނަކުން ކުށްވެރިންނަށް ބަލަބަލައިތިބޭ ތަނެއްކަމުގައިވެއެވެ. كافر ންނަށް އެއުރެން އެނބުރިގޮސް ތިބޭނެތަނެއްގެ ގޮތުގައެވެ. އެތައްޒަމާނަކަށް އެއުރެން އެތާނގައި، ލަސްވެތިބޭ حال ގައެވެ.
ސުންނަތުން: ޞަޙީޙު މުސްލިމުގައި އަނަސްގެފާނުގެ ކިބައިން ރިވާވެގެންވާ ޙަދީސެއްގައިވެއެވެ. وأيم الذي نفسي بيده لو رأيتم ما رأيت لضحكتم قليلا و بكيتم كثيرا قالو: وما رأيت يارسول الله قال: رأيت الجنة و النار މާނައީ: ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ ޔަދުޤުދުރަތްޕުޅުގައިވާ ފަރާތް ގަންދެއްވައި ވިނދާޅުވަމެވެ. ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވާ ކަންތައްތައް ތިޔަބައިމީހުންނަށް ފެންނަނަމަ، ހީއުޅުނީހީ މަދުންނެވެ. ގިނަގިނައިން ރޯނެއެވެ. އެބޭކަލުން (ޞަޙާބިއްޔަ ބޭކަލުން) ދަންނަވައިފޫއެވެ. އޭﷲގެ ރަސޫލާއެވެ. ކަލޭގެފާނު ދެކެވަޑައިގަތީ ކޮންކަމެއްތޯއެވެ؟ އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ތިމަންކަލޭގެފާނު ދެކެވަޑައިގަތީ ނަރަކައާއި ސުވަރުގެއެވެ.
އަދިވެސް ޞަޙީޙުލް ބުޚާރީއާއި މުސްލިމުގައި ރިވާވެގެންވާ ޙަދީސެއްގައިވެއެވެ. إن أحدكم إذا مات عرض عليه مقعده بالغداة والعشي، إن كان من أهل الجنة فمن أهل الجنة، وإن كان من أهل النار فمن أهل النار، فيقال: هذا مقعدك حتى يبعثك الله يوم القيامة މާނައީ: ތިޔަބައިމީހުންކުރެ މީހަކު މަރުވެއްޖެނަމަ، އެމީހަކަށް ހެނދުނާއި ހަވީރުގައި (ޤަބުރުގައި) އެމީހެއްގެ މަޤާމް ހުށަހެޅޭނެއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ތެރޭގައި ހިމެނޭނަމަ، (އޭނާގެ މަޤާމްވާނީ) ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިންނެވެ. ނަރަކައިގެ އަހުލުވެރިން ތެރޭގައި ހިމެނާނަމަ، (އޭނާގެ މަޤާމްވާނީ) ނަރަކައިގެ އަހުލުވެރިންގެ ތެރޭގައެވެ. އަދި އޭނާއަށް ބުނެވޭނެއެވެ. ޤިޔާމަތްދުވަހުން ދުނިޔެއަށް އަލުން ތިބާ ފޮނުވެންދެން ތިބާގެ މަޤާމަކީ މިއީއެވެ.
ޞަޙީޙު މުސްލިމާއި މުސްނަދާއި ސުނަނުގައި ވާރިދުވެފައިވާ ޙަދީސެއްގައިވެއެވެ. لما خلق الله الجنة والنار، أرسل جبرائيل إلى الجنة، فقال: اذهب فانظر إليها وإلى ما أعددت لأهلها فيها، فذهب فنظر إليها وإلى ما أعد الله لأهلها فيها، فرجع فقال: وعزتك، لا يسمع بها أحد إلا دخلها، فأمر بالجنة، فحفت بالمكاره، فقال: ارجع فانظر إليها وإلى ما أعددت لأهلها فيها. قال: فنظر إليها، ثم رجع فقال :وعزتك، لقد خشيت أن لا يدخلها أحد . قال: ثم أرسله إلى النار، قال: اذهب فانظر إليها وإلى ما أعددت لأهلها فيها، قال: فنظر إليها، فإذا هي يركب بعضها بعضاً ، ثم رجع فقال: وعزتك، لا يدخلها أحد سمع بها، فأمر بها فحفت بالشهوات، ثم قال: اذهب فانظر إلى ما أعددت لأهلها فيها، فذهب فنظر إليها، فرجع فقال: وعزتك، لقد خشيت أن لا ينجو منها أحد إلا دخلها މާނައީ: މާތްﷲ ސުވަރުގެއާއި ނަރަކަ އުފެއްދެވި ހިނދު، ޖިބުރީލުގެފާނު ސުވަރުގެއަށް ފޮނުއްވައިފިއެވެ. މާތްﷲ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ސުވަރުގެއަށް ވަޑައިގެން އެތަނުގެ އަހުލުވެރިންނަށްޓަކައި ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވި ކަންތައްތައް ދެކެވަޑައިގަންނަވާށެވެ. އެކަލޭގެފާނު ސުވަރުގެއަށް ވަޑައިގެން އެތަނުގެ އަހުލުވެރިންނަށްޓަކައި ތައްޔާރުވެފައި ހުރި ކަންކަން ދެކެވަޑައިގަތުމަށްފަހު މާތްﷲގެ ޙަޟްރަތަށް އަނބުރާ ކުށްތަންވެވަޑައިގެންފިއެވެ. އަދި ދެންނެވިއެވެ. އިނބަރަސްކަލާނގެ ޢިތްޒަތް ގަންދީ ދަންނަވަމެވެ. އެތަނުގެ ވާހަކަ އަޑުއެހި މީހަކު އެތަނަށް ނުވަދެ ނުހުންނާނެއެވެ. އެހިނދު މާތްﷲ ސުވަރުގެއަށް އަމުރުކުރައްވައި އެސުވަރުގެ ވަށައިގެން ދަތިކަމާ ނުރުހޭކަންކަން ލެއްވިއެވެ. އަނެއްކާވެސް މާތްﷲ ޖިބުރީލުގެފާނަށް އެންގެވިއެވެ. ސުވަރުގެއަށް އަނބުރާވަޑައިގެން، އެތަނުގެ އަހުލުވެރިންނަށްޓަކައި އެތަނުގައި ތައްޔާރުވެގެންވާ ކަންކަން ދެކެވަޑައިގަންނަވާށެވެ. އެތަން ބެއްލެވުމަށްފަހު އަނބުރާ ވަޑައިގެން ޖިބުރީލުގެފާނު މާތްﷲއަށް ދަންނަވައިފިއެވެ. އެތަނަށް އެކަކަށްވެސް ނުވަދެވިދާނެތީ އަޅު ބިރުވެތިވަމެވެ. ދެން މާތްﷲ އެކަލޭގެފާނަށް ނަރަކައަށް ވަޑައިގަތުމަށް އަމުރުކުރެއްވިއެވެ. އެހިނދު އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. އެތަނަށް (ނަރަކައަށް) ވަޑައިގެން އެތަނުގެ އަހުލުވެރިންނަށްޓަކައި ތިމަންރަސްކަލާނގެ ތައްޔާރުކުރެއްވިކަންތައްތައް ބައްލަވާށެވެ. އެކަލޭގެފާނު ވަޑައިގެން އެތަނަށް ބެއްލެވިއިރު، ނަރަކައިގެ އެއްބައި އަނެއްބައިގެ މައްޗަށް ސަވާރުވާތަން ދެކެވަޑައިގަތެވެ. މާތްﷲގެ ޙަޟްރަތަށް އަނބުރާ ވަޑައިގެން ޖިބުރީލުގެފާނު ދެންނެވިއެވެ. އިބަރަސްކަލާނގެ ޢިއްޒަތް ގަންދީ ދަންނަވަމެވެ. އެތަނުގެ ވާހަކަ އަޑު އަހައިފިމީހަކު އެތަނަކަށް ނުވަންނާނެއެވެ. އެހިނދު މާތްﷲ އެނަރަކައަށް އަމުރުކުރައްވައި އެނަރަކައިގެ ވަށައިގެން ޝަހުވަތުތައް ލެއްވިއެވެ. އެއަށްފަހު (ޖިބުރީލުގެފާނަށް) ވަޙީކުރެއްވިއެވެ. ތިމަންރަސަކަލާނގެ އެތަނުގެ އަހުލުވެރިންނަށްޓަކައި ތައްޔާރުކުރެއްވި ކަންތައް ބައްލަވާށެވެ. އެހިނދު އެކަލޭގެފާނު ވަޑައިގެން އެތަނަށް ބެއްލެވުމަށްފަހު އެނބުރި ވަޑައިގެންފިއެވެ. އަދި ވިދާޅުވެއެވެ. އިނބަރަސްކަލާނގެ ޢިއްޒަތް ގަންދީ ދަންނަވަމެވެ. އެތަނަށް ނުވަދެ އެކަކުވެސް އެތަނުން ނަޖާ ނުވެދާނެތީ އަޅު ބިރުވެތިވަމެވެ.
މިދަލީލުތަކުން މާތްﷲ ނަރަކަ އުފައްދަވާފައިވާކަމާއި، މިހާރު މިވަޤުތުވެސް ވުޖޫދުގައި ނަރަކަ ވާކަން ޔަޤީންވެއެވެ.
ނަރަކައާމެދު ބިރުވެތިވުން:
ނަރަކައާމެދު ބިރުވެތިވެ، އެތަނުން ރައްކާތެރިވުމަށް މާތްﷲ ވަނީ އެކަލާނގެ ފޮތުގައި އަންގަވާ އަމުރުކުރައްވާފައެވެ. އަދި އެކަލާނގެ ނަބިއްޔާ މުޙައްމަދުގެފާނުން ވަނީ ހަމައެފަދައިން އެނަރަކައާމެދު އިންޒާރު ދެއްވައި އެނަރަކައިގެ ނުރައްކާތެރިކަން ބަޔާންކޮށްދެއްވާފައެވެ.
މާތްﷲ ވަޙީކުރައްވާފައިވެއެވެ. فَاتَّقُواْ النَّارَ الَّتِي وَقُودُهَا النَّاسُ وَالْحِجَارَةُ أُعِدَّتْ لِلْكَافِرِينَ (24ބަޤަރާ) މާނައީ: ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، كافر ންނަށްޓަކައެވެ. އަދިވެސް މާތްﷲ ވަޙީކުރައްވާފައިވެއެވެ. لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ النَّارِ وَمِن تَحْتِهِمْ ظُلَلٌ ذَلِكَ يُخَوِّفُ اللَّهُ بِهِ عِبَادَهُ يَا عِبَادِ فَاتَّقُونِ (އައުޒުމަރު 16) މާނައީ: (ނަރަކައިގައި) އެއުރެންނަށް އެއުރެންގެ މަތީގައި އަލިފާނުގެ ފަށަލަތަކެއްވެއެވެ. އަދި އެއުރެންގެ ދަށުގައިވެސް (އަލިފާނުގެ) ފަށަލަތަކެއްވެއެވެ. اللَّه އެތަކެތިން އެކަލާނގެ އަޅުތަކުން ބިރުގަންނަވަތެވެ. އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ފަހެ، ތިޔަބައިމީހުން، ތިމަންރަސްކަލާނގެއަށް تقوى ވެރިވާށެވެ!
އަދިވެސް ނަރަކައާމެދު ރައްކާތެރިވެ، ބިރުވެތިވުމަށް އިންޒާރުކުރައްވައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلائِكَةٌ غِلاظٌ شِدَادٌ لا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ (ތަޙުރީމް 6) މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ ملائكة ންވެއެވެ. اللَّه، އެބޭކަލުންނަށް ކުރައްވާ أمر އަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް أمر ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.
މިހުރިހާ އާޔަތްތަކުގައި އަމުރުކުރައްވައިފައިވަނީ ނަރަކައާމެދު ސަމާލުވުމަށެވެ. އެއީ އެތަނުގެ ނުބައިކަމުގެ ބޮޑު ކަމުންނެވެ. އެތަނުގައި ތައްޔާރުވެގެންވާ ޢަޛާބުގެ ވޭން ގަދަކަމުންނެވެ.
(ނުނިމޭ)

