ލިޔުނީ: ނަބީލު
މުސްލިމަކަށް ވީތީ ތިޔަ އިސްލާމީ ބިނާއަށް އަހަރެން ފަޚްރުވެރި ވެމެވެ. އިންސާނަކަށް ވީތީ ތިޔަ އާސާރު އަހަރެން ޝަރަފުވެރިކުރަމެވެ.
އެހެނަސް، ކަލޭ ލޮލުން ދުށުމަކާއި ނުލައި، ކަލޭގެ އަޑު އެހުމަކާއި ނުލައި، ކަލޭގެ ލިޔުން ކިޔުމަކާއި ނުލައި، ބަޔަކު މީހުން ކަލެއަކީ މަގުފުރެދިފައިވާ ދީނީ އިމުން ބޭރު ކާފަރަކު ކަމުގައި ހަދައިފިއެވެ. ކަލޭގެ ނަން އިވުނަސް އެމީހުން ތިބެނީ އަޢޫޒު ކިޔަކިޔައެވެ. ދައްޖާލަކީ ވެސް ތިޔައީ ކަމުގައި ހިތަހިތައެވެ. ނަބިއްޔުންގެ ދަރީންގެ ތެރޭގައި ވެސް ނުކިޔަމަންތެރީން އުޅުނު ކަމެއް އެމީހުންނަކު ނުދަނެތެވެ.
އަނެއް ބަޔަކު، ކަލޭގެ ފިކުރާއި ބުއްދިއާއި، ގޮތާއި މަންހަޖާ، ހިރަފުހާ އަޅުވައިފިއެވެ. ތިމަތިމާމެންގެ އަސްލަކީ ކޮބައިކަމެއް ވެސް ނުދަތެވެ.
އެހެނަސް، އަހަރެން ކަލޭގެ ސޫރަ ދެކެފީމެވެ. ކަލޭގެ އެންގުމާއި ދެއްކުމާއި އިއްވުމާއި ގުޅިލާމެހިއްޖައީމެވެ. ފިކުރާއި ވިސްނުމާ، ބުއްދިއާއި ދޭހަ ދަނެގެންފީމެވެ. ހުރި ރަނގަޅު ކަންކަން ދުރަށް ފޭކޮށް ޙައްޤަކާ ނުލައި އަނިޔާވެރި ބަސްތަކެއް ކަލެޔާ މެދު ބުނާކަށް ނެތީމެވެ. މަދަހަވެރީންނަށް ތަބާވެ ކަލޭގެ ނެތް ސިފަތަކުން ޚުޝާމަދުކުރާކަށް ވެސް ނެތީމެވެ.
މިސްރުގެ ހިރަފުސްބޯ ޖައްވުގައި ކަލޭ ހުރިއިރު، ކަލޭގެ އެހެންވެސް ދަރީންނެކޭ އެއްފަދައިން ހެދުނު ކަލޭގެ އުރުގައި އަހަރެން އޮތްއިރު، ހަވީރު ކަލޭގެ އުނގުގައި އޮތްއިރު، ނޭވާއަށް އުނދަގޫވާތީ އުޅުން ހަދާނެއް ނުވެއެވެ. ފޭރާންގަނޑު ކިލާވާތީ އުޅުން ހަދާނެއް ނުވެއެވެ. ރޯގާގެ ބޭހެއް ކެވުނު ހެނެއް ވެސް ހީއެއް ނުވެއެވެ.
އާއެކެވެ. ބާ ފޭރާމުގައި ހުރީތީ ޒުވާނުން ގަޔާނުވަނީއެވެ. އެކަމަކު ސަޤާފަތުގެ ފޮޓޯ ތަސްވީރުކޮށްދޭ ތަރިކައެއް ކަމުގައިވާތީ ކަލޭގެ ތިޔަ ފޭރާމުގައި ހުރުން އަހަރެންނަށް ހަމަ ހިތްގައިމުވަނީއެވެ.
ކަލޭގެ އިދާރީ ހިންގުމުން ދޯދިޔާކަން ދުށީމެވެ. ލަސްކަމާއި ޒަމާނާ ނުގުޅޭ ގޮތް ދުށީމެވެ. ބަޚްޝީޝަށް އަޅުވެތިވެފައިވާ ބައެއް މުވައްޒަފުން ވެސް ދުށީމެވެ. އެހެނަސް އެކަމުން އަހަރެން ކެތްތެރިކަން ދަސްކުރީމެވެ.
ކަލޭގެ ލިޔުން ލޮލުން ދުށީމެވެ. އެއީ ހަމަ ލޮލުގެ މިޔުޒިކެވެ. ކަލޭގެ ގޮވުން އަހަރެން އަޑު އެހީމެވެ. ހިތަށް ފަސޭހަ ރާގެކެވެ. ކަލޭގެ ބަސްތައް ވިސްނީމެވެ. ޙަޤީޤީ ސާފު މަންހަޖެކެވެ.
އެހެނަސް.....، އެހެނަސް ކަލޭ އެއްވެސް މީހަކަށް އެއްވެސް ކަމެއް މަޖުބޫރެއް ނުކުރަމެވެ. އެއީ ކަލޭގެ އުސޫލެއް ކަމުގައި ނުވާތީއެވެ. އިންސާނުންނަކީ މިނިވަނުންކަމުގައި ދެކޭތީއެވެ.
އެހެންވީމާ، ބަޔަކު މީހުން ދަމުން ކަލޭގެ ގޯތި ތެރޭން ކުނި ހޮވައިގެން ގެންގޮސް އެމީހުންގެ އަހުލުވެރީންނަށް ހަދިޔާކުރިޔަސް، ކަލޭގެ ރަށުން ދެމިފައިވާ ކޯރުން ފެން ފޮދެއްގެ ބަދަލުގައި ޖައްވުގެ ހިރަފުހުން އެމީހުންގެ ޢާއިލާތަކަށް ވެދުމާއިގެން ދިޔަސް، އެކަމުގައި ކަލޭގެ އޮތީ ކޮން ފާފައެއް ހެއްޔެވެ؟
January 23, 2011
ވަރަށް ރީތި ސިފަކުރުމެއް. މޮޅުލިޔުމެއް. ޙަޤީޤަތް ހާމަ ކޮއްދިނުމެއް.އެކަމަކު އަދި މިއަށްވުރެވެސް ފުރިހަމަ ކޮއްލެވިދާނެ ބައެއް ތަންކޮޅުކޮޅު އެބަހުރި. ގިނައިން ލިޔުންތައް ކިޔައި ވިސްނާހެދިވަރަކަށް ލިޔުންތެރިކަމުގެ ފުރިހަމަކަން އިތުރު ކުރެވިދާން.
January 24, 2011
ވަރަށް މޮޅު. މީ ހަމަ ޙަޤީޤަތް، އަޅުގަނޑަކީ އަޒްހަރީއެއް ނޫން.ސަޢޫދީއެއްވެސް ނޫން.އެކަމަކު ދެތަނުގެ ތަފާތު ވަރަށް ގާތުން ފެނިފައިވާ މީހަކީމު.އަޅުގަނޑުގުވެސް ވަކިކޮޅަކަށް ނުޖެހި ފިކުރުހިންގާލުމުން އަޒްހަރުގެ ކެތްތެރިކަން ހާމަވޭ.އަޒްހަރުގެ ރިސާލަތަކީ އިސްލާމީ ރިސާލަތަށް ހަދައި އެރިސާލަތު ފޯރުކޮށްދިނުމުގައި ފަހަތުން ގޮވާހާ އެއްޗެއްގެ އަޑަށް ނުހެއްލި ހަމަ ކުރިއަށްދާގޮތަކީ ހައިރާންވާފަދަ ކަމެއް. މިލިޔުމުގައިވާ ވާހަކަތައް މިއަށްވުރެ ތަފްސީލުކޮށް މިއަށްވުރެވެސް ތިލަބަހަކުން ލިޔުއްވުމަކީ ހާދަހާވާ ބޭނުންތެރިކަމެކޭ ހިތަށްއަރާ. ދިވެހިންގެ ހިތްތަކުގައި އަޒްހަރުގެ ސޫރަވަނީ ނުބައިގޮތަކަށް ކުރެހިފައި. އެކަމުގެ ސަބަބުން ޙަޤީޤަތްވަނީ ވަރަށްގިނަ ބަޔަކަށް އޮޅިފައި. ތިކުދިންގެ ހިތްވަރަށް ހަމަ ސާބަސް.
April 13, 2011
Azhar hingaa ash'areeenge nubai kamaaeve!
April 13, 2011
Nan jahan nukerey fidi khiyaalu faalhukurun theriyaa gaathu bunelan othee Azhar hinganee Asha'areen nunkamuga. Sababakee Ethanuga Asha'areen thihbas salafeenves thibeythee. Ei vaki kahala visnumehge veri bayehge thaneh nun. Kaley theee Ekkala liyun kiyumakaa nulai, adu ihvun ehumakaa nulai Azharah badhu bas bunaa fidi eh.
April 13, 2011
kaleymen athuga baaru othyma ei kee haqqeh noon. findi meehaku bunyas haqqu vaany haqqah.