އިސްލާމީ ހަރަކާތޭ ބުނެވުނު ބަހުގެ ދޭހައިގައި އަހަރެން ހިމަނަނީ، ތަނެއްގައި އިސްލާމީ އުސޫލުތައް ފަތުރާ، އިސްލާމްދީނަށް ބަޔަކު އަހުލުވެރިކުރުމަށް ހިންގޭ ހަރަކާތެއް ކަމަށް އެ ހަރަކާތެއްގެ އަހުލުވެރީން ދަޢުވާކުރާ ކޮންމެ ހަރަކާތެކެވެ. އެއީ އަހަރެންނަށް ގަބޫލުނުވެވޭ ކަންކަން ކުރާ ބައެއް ކަމުގައި ވިޔަސްވެހެވެ. އެހެނީ އަހަރެން ދެކޭ ގޮތް ރަނގަޅުވާނެ ކަމަށް ގަބޫލުކުރާއިރު އަނެކާ ދެކޭ ގޮތް ރަނގަޅުވެދާނެ ކަމަށް ގަބޫލުކުރަންޖެހޭތީއެވެ. އަނެކާގެ ރައުޔު ރަނގަޅުވުން މުސްތަހީލުކަމުގައި ދުށުމީ އިސްލާމީ ހަމައެއް ކަމުގައި ނުވާތީއެވެ.
މިގޮތުން ބަލާއިރު އިސްލާމީ ހަރަކާތްތައް ވަރަށް ވެސް ގިނައެވެ. އޭގެ ތެރޭގައި މަތި މަތިން ކުރިލައި ހެދިގެންފައި، ވަޅޯވެގެން މަރުވި ހަރަކާތްތަކާއި، ހެދުނީއްސުރެ ފޯދެމުން ދާ ހަރަކާތްތަކާއި ވަކި ވަރަކަށް ތާޒާ ވެލާން އުޅެފައި އެވަރުގައި ހިފެހެއްޓިފައި ހުރި ހަރަކާތްތައް ވެސް ފާހަގަކުރެވެއެވެ.
މި ޒަމާނަށް ބެލި ނަމަވެސް އިސްލާމީ ތަފާތު މައިގަނޑު ދެތިން ހަރަކާތެއް ދުނިޔޭ ތެރެއިން ފެނެއެވެ. އެއިން ކޮންމެ ހަރަކާތެއް މާހައުލާއި ގުޅިގެން އޭގެ އަސްލަށް ނިސްބަތްކުރަން ނޭނގޭ ވަރަށް ތަފާތުވެ، ބަދަލުވެފައިވާތަން ވެސް ފެނެއެވެ. އެހެންވީމާ ކޮންމެ ހަރަކާތެއްގެ މަބްދައުތައް ވަކި ވަކީން ޖަމާކޮށް ހެދުމަކީ އުނދަގޫ ކަމެކެވެ.
ބައެއް އިސްލާމީ ހަރަކާތްތަކުގެ ބައިވެރީން އެތަންތަނުގެ ވެރީންނަށް ފާޑު ނުކިޔާ، ވީވަރަކުން ޢާންމުން އިސްލާހުކުރަން މަސައްކަތްކުރާއިރު، ހަމަ މިފަދަ ބައެއް ހަރަކާތްތެރީން ސިޔާސަތުގެ ތެރެއަށް ވަނުމީ ފަސާދައިގެ މަގެއް ކަމަށް ދެކެއެވެ.
އަދި ބައެއް ހަރަކާތްތަކުގެ އަހުލުވެރީން ގައުމުގެ ސިޔާސަތުގެ ތެރެއަށް ނުވަދެ، އިސްލާމީ ހަރަކާތެއް ތަނެއްގައި ނަގަހައްޓައި ނުގަނެވޭނެ ކަމަށް ދެކި، އިސްލާމީ ޕާޓީތައް ހެދުން ލާޒިމުކުރޭމެއެވެ.
އަނެއް ބައި ހަރަކާތްތަކުން އިސްވެ ދެންނެވި ދެ ގޮތާ މެދު މާ ހިތްހަމަޖެހޭ ކަމުގައި ނުވެއެވެ. މި ފަދަ ހަރަކާތްތަކުގެ ބައިވެރީން ދެކޭ ގޮތުގައި ބާރުގެ ބޭނުންކޮށްގެން ނޫނީ އިސްލާމީ ހަރަކާތެއް ތަނެއްގައި އަށައެއް ނުގެންނެވޭނެއެވެ. އަދި ވެރިންނަކީ އެ ހަރާކާތާ ދެކޮޅު ބައެއްނަމަ އެމީހުންނާއި ވެސް ހަރުކަށިކަމާއެކު ކުރިމަތިލާންޖެހޭނެއެވެ.
ބާކީ ކޮންމެ ހަރަކާތަކީ މި ދެންނެވި ތިން ހަރަކާތުން ކަފިވެގެން އައިސްފައި ހުރި ގޮފިތަކެވެ.
މީގެ ތެރެއިން އެއް ބައެއްގެ މަންހަޖު އަނެއް ބައެއްގެ މަންހަޖާ ތަފާތެވެ. އެއްބަޔަކު އެހާ މުހިންމު ކަމުގައި ދެކޭ ކަމެއް އަނެއް ބަޔަކަށް އެއީ އެހާ މުހިންމު ކަމެއް ކަމުގައި ނުވާ ފަހަރު އާދެއެވެ. އެންމެން އެއްބަސްވެ އެކައްޗެއް ކިޔާ ފަހަރުވެސް އާދެއެވެ. ނަމަވެސް އަދުގެ އިސްލާމީ ހަރަކާތްތަކުގެ ތެރޭގައި އޮތް އެންމެ ނުބައި ކަމަކަށް ފެނުނީ އެކަކު އަނެކަކަށް ހިތްނުބައިކުރުމުގެ ގޮތްތަކެވެ. ޢުޒުރުވެރިކުރުވުމާއި ޢުޒުރު ގަބޫލުކުރުން ނެތުމުގެ ނުތަނަވަސްކަމެވެ. އަނެކާގެ ބުއްދިއާއި ވިސްނުމަށް، ފިކުރާއި ޚިޔާލަށް އިހުތިރާމުނުކުމުން އުފެދުނު ސުންޕާ ބައްޔެވެ.
ހަގީގީ ނަޒަރަކުން ވިސްނާއިރު މިއިން ކޮންމެ ޖަމާއަތެއްގެ ވެސް މަގުސަދަކީ އެކައްޗެކެވެ. އެ މަގުސަދާ ހަމައަށް ދާން ނެގި މަގު ތަފާތީއެވެ.
މިއިން އެއްވެސް ހަރަކާތަކީ ފުރިހަމަ ހަރަކާތެއް ނޫނެވެ. ސަބަބަކީ އިސްލާމީ ހަރަކާތަކީ އިސްލާމްދީން ތަންފީޒުކުރުމަށް ނުވަތަ ތަންފީޒުކުރުމަށް ޖާގަހޯދުމަށް އިންސާނުންގެ އަމިއްލަ ބުއްދިއަށް ފެންނަ ގޮތަކަށް ހިންގާ ހަރަކާތްތަކެކެވެ. ބާވާލެއްވި އެއްޗެއް ނޫނެވެ. ބާވާލެއްވުނީ އިސްލާމްދީނެވެ. އެދީނުގައި އުނިކަމެއް ނެތެވެ. މީހަކަށް ފާޑުކިޔޭނެ ހަމަ އެއް ކަމެއް ނެތެވެ. ނަމަވެސް އިސްލާމީ ހަރަކާތަކީ އިންސާނުންގެ އުފެއްދުމެކެވެ. ވުމާއެކު އިސްލާމީ ހަރަކާތްތަކުގައި ކުށް ހުރެއެވެ. އިސްލާހުކުރަންޖެހޭ ކަންކަން ހުރެއެވެ. ފާޑުކިޔޭނޭ އަދި ފާޑުކިޔަންޖެހޭނޭ ސިފަތައް ހުރެއެވެ.
ވަރަށް ގިނަ މީހުންނަށްވަނީ (އޭގައި އަހަރެން ވެސް ޝާމިލުވާ ގޮތުން) އިސްލާމީ ހަރަކާތާއި އިސްލާމްދީނާއި އެކައްޗެއް ކަމަށް ހީވެފައެވެ. މިހެންވުމުން އިސްލާމީ ހަރަކާތަކީ އިސްލާމްދީން ކަމަށް ބަލައި އެ ހަރަކާތުން ފެންނަ އުނިކަމަކުން އިސްލާމްދީނަށް ނަފުރަތުކުރާ މީހުން އުޅޭ ފަދައިން، އިސްލާމީ ހަރަކާތަކީ އިސްލާމްދީން ކަމަށް ބަލައި އެއިން ހަރަކާތެއްގެ ކަމަކަށް ފާޑުކިޔައިފި މީހަކީ ދީނުގެ ދުޝްމަނެއް ކަމަށް ބަލާ މީހުންވެސް އެހާ ގިނައީއެވެ.
އެންމެހާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ކުށްތަކުން ހުސްދުރުވެވޮޑިގެންވާ މާތް ﷲ އަޅަމެންގެ މައްޗަށް ދީނެއް ކަމުގައި ރުއްސަވާ ބާވާލެއްވި އިސްލާމްދީނާއި އެ ދީން ތަންފީޒުކުރުމަށް ބުއްދީގެ ގޮތުން އުނި އިންސާނާ ކުރާ މަސައްކަތާއި މިއީ އެއް ދަރަޖައިގެ ދެކަމެއް ނޫންކަން ގަބޫލުކުރުމެވެ. މީގައި އިސްލާމީ ހަރަކާތްތަކުގެ ބައިވެރީންނާއި އެނޫން މުސްލިމުންނާއި ޝާމިލުވާ ގޮތުގައެވެ. އިސްލާމްދީނަށް ނަޞްރު އެދޭނަމައެވެ. އެދީނުގެ ހަރަކާތްތައް ފުޅާވެ ތަނަވަސްވުމަށް އެދޭނަމައެވެ.
އެހެނީ ޢައިބުހުރުން ލާޒިމުވެއްޖެ ކޮންމެ އެއްޗަކީ ކަމަކީ ފާޑުކިޔޭ ފާޑުކިޔަންޖެހޭނޭ އެއްޗެއްސާއި ކަންކަމެވެ. އަދި އެހެންމެ ކަމަކަށް ކިޔޭ ފާޑު އޭގެ ބައިވެރީން ގަބޫލު ނުކުރަނީ ނަމަ އެއީ އެކަމެއް އިންދިރާސްވުމުގެ ފެށުންމެއެވެ.
ނަމަވެސް،......... ނަމަވެސް އިސްލާމީ ހަރަކާތްތަކަށް ފާޑުކިޔުމަށް ދެ ތުންފަތް ހަރަކާތްކުރާ މީހާ، ނުވަތަ ގަލަމުގެ ތުނޑު ޖައްސާ މީހާ، އެ ހަރަކާތްތަކުގެ އަގުވަޒަން ނުކުރާ ނަމަ، ފެންތަށީގައި ފުރިފައި ހުރި ބަޔަށް ރިޢާޔަތް ނުކުރާ ނަމަ، ކިޔޭ ފާޑަކީ އާޑަ ފުރައްސާރައަކަށް ވުން އޮންނާނީ ދާދި ގާތުގައެވެ.

April 22, 2011
މިލިޔން ވަރަށް އާދަޔާ ޚިލާފެވެ. ތަފާތު ދިމާލަކަށް ލޯ ހުޅުވަން މަގުފަހިކޮށްދީފިއެވެ. ތިޔަ އަޚުންގެ މަސައްކަތުގައި ބަރަކާތް ލައްވާށި! "" ސަބަބަކީ އިސްލާމީ ހަރަކާތަކީ އިސްލާމްދީން ތަންފީޒުކުރުމަށް ނުވަތަ ތަންފީޒުކުރުމަށް ޖާގަހޯދުމަށް އިންސާނުންގެ އަމިއްލަ ބުއްދިއަށް ފެންނަ ގޮތަކަށް ހިންގާ ހަރަކާތްތަކެކެވެ. ބާވާލެއްވި އެއްޗެއް ނޫނެވެ. ބާވާލެއްވުނީ އިސްލާމްދީނެވެ. އެދީނުގައި އުނިކަމެއް ނެތެވެ. މީހަކަށް ފާޑުކިޔޭނެ ހަމަ އެއް ކަމެއް ނެތެވެ. ނަމަވެސް އިސްލާމީ ހަރަކާތަކީ އިންސާނުންގެ އުފެއްދުމެކެވެ."" މީގެ މާނައަކީ ކޮބައި ބާއެވެ؟ އިސްލާމް ދީނުގައި އެދީން ތަންފީޒް ކުރަންވީގޮތް އަންގަވާފައި ނުވަނީ ބާއެވެ. ނުވަތަ އިންސާނުން އެގޮތް ދޫކޮށް އަމިއްލައަށް ގޮތްތަކެއް ހެދީ ބާއެވެ؟
April 22, 2011
ތިޔަ ވިދާޅުވާގޮތުން ހީވަނީ އިސްލާމްދީނަކީ ބައިވަރު ބަލިމީހުންތަކަކަށް، ބޭނުން ކުރަންވީގޮތް ނުބުނެ ޑޮކްޓަރަކު ލިޔެދީފައިވާ ބޭހެއްހެން. ކޮންމެ މީހަކުވެސް އެމީހަކަށް ފެންނަ އެންމެ ރަގަޅުގޮތަކަށް ބޭސް ބޭނުން ކުރާ އުސޫލުން އިސްލާމްދީން ތަންފީޒް ކުރެވޭތޯ އުޅެނީހެން ހީވަނީ. އަޅުގަނޑަށް ހީވަނީ އިސްލާމްދީނުގައި ވަނީ އަޅުތަކުން އެގޮތަކަށް އުޅުމުން އެބައިމީޙުންގެ ދެދުނިޔެ ބާއްޖަވެރި ވާނެ އުޞޫލުތައް ކަނޑައަޅުއްވާފައިހެން. އެ އިންތަކުން ބޭރުނުވެ އެބައެއްގެ ދުނިޔަވީކަންތައްތައް އެބަޔަކަށް އެންމެ ފަސޭހަ ފުރިހަމަ ގޮތަކަށް އިންތިޒާމު ކުރުމަކަށް އިސްމްދީން ހުރަސް ނާޅާހެން.
މުސްލިމުންގެ މެދުގައި މިހާރު މިހިނގާ ގިނަ ދީނީ ދެބަސްވުންތަކަކީ ދީނުގެ އުސޫލީ މައްސަލަތަކާމެދު ހިނގާ ދެބަސްވުންތަކެއް ހެނެއް ހިއެއްނުވޭ. ފަޜްޢީ މައްސްތަކުގައި މެދުއިރުމަތީ ސަހަރާތަކަށް ދޭފަތުވާ ރާއްޖެކަހަލަ ޖަޒީރާއަށް ފިޓް ކުރަން އުޅުމުން ނުނިކުމެ ނުދާނެ މައްސަލަތައް ގިނަފަހަރަށް ހުރީ.
ދެންއަނެއްކޮޅުން ޓާރމް( މުޞްޠަލަޙު) ތަކުގެ މައްސަލަތައްވެސް ވަރަށް ގިނަ. " ސުންނަތް" ، " ޞޫފީން" ކަހަލަ މުޞްޠަލަޙު ތަކަކީ އެކިތަންތަނުގައި އެކި ގޮތަށް ބޭނުން ކުރެވޭ އެއްޗެހި. އިންޑިޔާގައި ލަންކާ ފަދަ ތަންތަނުގައި ވަރަށް ގިނަފަހަރަށް، ތަޤުވާވެރި، ވަރަޢުވެރި އަޅުވެރި މީހެއް ނަމަ އެމީހަކީ ޞޫފީއެކޭ ކިޔާފާނެ. އެވަރިހަމަ ޝާފިޢީ، ޙަނަފީ ނުވަތަ ޙަންބަލީ މީހަކަށް ވިއަސް. މިފަދަ މީހެއްގެ ވާހަކަ ސަޢޫދީ ގެ ޝޭޚެއްގާތު ދައްކަމުން އެއީ ވަރަށް ރަނގޅު ޞޫފީއެކޭ ބުނެފިނަމަ ނުބައި ފަތުވާއެއް ދެއްވަފާނެ. ޞޫފީއެއްނަމަ އެއީ ބިދުޢަވެރިއެކޭ، އޭނައަށް ތަބާ ނުވައްޗޭ ބުނެފިނަމަ މުޅި އެތި އެއްކޮށް އިޅުނީ. ހިތްވަރު ކުރައްވާ ﷲ އިރާދަފުޅާއި އެކު މުސްލިމު އުއްމަތަށް އުޖާލާ ދުވަސްތަކެއް އަންނާނެ.