ތޫނުފިލިކަމުން އެކަންޏަކު ނުފުދެއެވެ.

އަސްލުލިޔުއްވީ: ކަރީމުއްޝާޛްލީ
ތަރުޖަމާ: ނަބީލް

ކަލެއަކީ ތޫނުފިލި ޔާފުތާއެއް ނޫނީމުއެވެ.
ކިޔެވުން ނިމުންއިރު އޭ ރިޕޯޓެއްގެ ހައްގުވެރިޔެއް ނޫނީމުއެވެ.
ދުވަހަކުވެސް ކިޔެވުމުގައި ހުނަރުވެރި ކުދިންގެ ލިސްޓުގައި ކަލޭގެ ނަން ހިމެނިފައެއް ނުވޭ ނޫންހެއްޔެވެ؟
އެކުވެރިޔާއެވެ. އެއީކީ މައްސަލައެއް ނޫނެވެ. އަހަރެންނަކީ ވެސް ކަލޭ ފަދަ މީހަކީމެވެ.

އަދި އެއަށްވުރެ ވެސް ބޮޑަށެވެ. ދާދި މި ފަހަކާ ޖެހެންދެން އަހަރެން ދެކެނީ އުފާވެރިންނަކީ ހަމައެކަނި ތޫނުފިލި މީހުން ކަމުގައެވެ. އެނޫން ބަޔަކަށް ވަޒީފާގެ ކުރިއެރުން ވެސް ހައްގުނޫން ކަމުގައެވެ. ފަހުގެ ކާރާއި ތަނަވަސް ގެއާއި އިޚްލާސްތެރި ވަފާތެރި ޙަޔާތުގެ ބައިވެރިން ހާސިލުވުން ވެސް އެމީހުންނަށް ނޫނީ ނެތް ކަމުގައެވެ.

އެކަމަކު އަހަރެން ކުޑަކޮށް ވިސްނާ ފިކުރުކޮށްލީމާ އެނގުނީ މަކަރެއްގައިޖެހިފައި ކުށްހީއެއްގައި ހުރެވުނު މިންވަރެވެ.
އަޒުމްގެ ބަލިކަށިކަމުން ތޫނުފިލިކަން ނަގާލީ ކިތައް ކިތައް ޔާފުތާއިން ހެއްޔެވެ؟ ހިތްވަރުގެ ފީކަޅާ ކަމުން ވިސްނުންތެރިކަން ބޭކާރުކޮށްލީ ކިތައް ކިތައް ވިސްނުންތެރީންހެއްޔެވެ؟

މީސްތަކުންނާއި އެކުލެވުމުގައި މާހިރުން ކަމުގައިވެ، ލޯތްބާއި ލޭފަވެރިކަމުގެ ބިނާތައް އެހެން މީހުންނާއެކު ގާއިމުކުރުމުގައި މޮޅުމީހުން ކަމުގައި ވަނީ ތޫނުފިލިކަމުގެ ގޮތުން ދަށް ކިތައް ކިތައް މީހުންހެއްޔެވެ؟ ކުރިމަތިލައިފި ކަމެއް ހާސިލުވުމުން ނޫނީ ހިތް މައިތިރި ނުވާފަދަ ހިތްވަރާއި ކަންކަމުގައި ދެމިހުރުން އެމީހުންނަށް ލިބިފައިވަނީއެވެ. ހަގީގަތުގައި ކާމިޔާބުވެރިންނަކީ އުފާވެރިންނަކީ މިބައިމީހުންނެވެ. ދެވަނަ އެހެން ބަޔަކު ނޫނެވެ.

ކާމިޔާބުވެރިންގެ އުޅުންތަކާ މެދު ވިސްނުމުން އަހަރެންނަށް ފެނުނީ އެމީހުންގެ ސިކުނޑީގެ ބާރުތައް ތަފާތުވެފައި ވަނިކޮށެވެ. އެމީހުންގެ ތެރޭގައި ތޫނުފިލީންނާއި ތޫނުފިލިކަމުގެ ގޮތުން ދަށް މީހުން ހިމެނިފައި ވަނިކޮށެވެ. އެހެން ނަމަވެސް އެ އެންމެން ވެސް އެއް އާދަތަކަކާއި ސިފަތަކެއްގައި އެއްގޮތްވެފައި ވަނިކޮށެވެ. އެއީ ކެތްތެރިކަމާއި ކުރިމަތިލުމާއި ހިތްވަރާއި ދެމިހުރުމާއި ވަގުތު ތަރުތީބު ކުރުމެވެ. އެހިސާބުން އަހަންނަށް ޔަގީންވީ ކާމިޔާބަކީ ހުނަރުގެ ނަތީޖާއެއްގެ ގޮތުގައި ނުކުންނަ އެއްޗެއް ނޫން ކަމެވެ. އެކަމަކު އެއީ އިސްވެ ބުނެލެވުނު ސިފަތަކުން ސިފަލިބިގަތުމުގެ ނަތީޖާކަމެވެ.

ޑރ ޢަބްދުލްކަރީމް ބައްކާރު ވިދާޅުވާހެން ހަލާކުވާ ތޫނުފިލީންނާއި ނާކާމިޔާބު ހުނަރުވެރީންގެ ގިނަކަމާއެވެ.
އެހެން ސިފައަކާއި ނުލައި ތޫނުފިލިކަމުން މަންފާ ނުކުރާކަން ކަލޭމެން ވިސްނައިފި ނަމަ އެނގޭނެއެވެ. އަދި ކުޑަމިންވަރެއްގެ ތޫނުފިލިކަން ގިނަ ކުރިމަތިލުންތަކާއެކު މާ ބޮޑަށް ވެސް ރަނގަޅުކަން ޔަގީންކުރުމަށް އެއަށްވުރެ އިތުރަށް ވިސްނާށެވެ.

މުޅިދުނިޔެ އަލިކުރުވި ތޯމަސް އެޑިސަން އޭނާގެ ޢަމަލުން ކޮންމެ ކަންނެތް ފިނޑިއެއްމެ ހޭލައްވާލައެވެ. (ކާމިޔާބަކީ މޮޅު ހުނަރެއްގެ ނަތީޖާ އެއް ނޫނެވެ. އެއީ އަހަރެމެން ބޭނުން ނަމަ، ނުވަދިހަ ނުވަ އިންސައްތަ ނިތްކުރީ ދާހިއްލުމެވެ. އެންމެ އިންސައްތައެއްގެ ހުނަރަކާއި އުފެއްދުންތެރިކަމެކެވެ.)

ކާމިޔާބުގެ އަސްލަކީ ބުއްދީގެ އުޖާލާކަން ކަމުގައި ދެކޭ މީހުންނީ ކުށްހީވެފައި ތިބި ބައެކެވެ. އެބައެއްގެ އުންމީދުތައް ހާސިލުނުވުން ތޫނުފިލިކަމުގެ އުނިކަމާއި މަތިކުރާ މީހުން އެމީހުންގެ ނާކާމިޔާބާއެކު ޒަމާނުގެ މުސީބާތްތަކުގެ ތެރެއަށް ވެއްޓިގަނެއެވެ. އަދި މަސައްކަތާއި ހިތްވަރުން ރެކިގަނެއެވެ.

ކަލެއަށް ފިކުރަކާއި ހިތްވަރާއި ކޮޅެއް ނެތި ދެމިހުރުން މިލްކުވެފައިވާ ނަމަ ކަލެއަށް ވަރަށް ގިނަ ތަކެތި ވަނީ މިލްކުވެގެންނެވެ.

އިސްލާމީ މުފައްކިރު އަލްޢައްލާމާ މުޙައްމަދުލްޣަޒާލީ ވިދާޅުވެފައިވެއެވެ. ތޫނުފިލިކަމުން އެކަންޏަކު ނުފުދެއެވެ. އިބިލީސް ވެސް ވީ ތޫނުފިލި އެއްޗެއް ކަމުގައެވެ. އެހެންނަމަވެސް އޭނާގެ އެދުންވެރިކަން އޭނާގެ މައްޗަށް ގަދަވެގަތީއެވެ. ﷲ ތަޢާލާ ބޭކާރު މީހަކު ގަބޫލެއް ނުކުރައްވާނެއެވެ. އެމީހެއްގެ ސިކުނޑި ކިތަންމެ މޮޅުކަމުގައި ވިޔަސްވެހެވެ. 

ފާހަގަ: , ,

1 ޚިޔާލު!

  1. ވަރަށް ރަނަގލޫ ވާހަކައެކެވެ. ވަރަށް ގިނަ ތޫނުފިލިމީހުން ވަނީ އެމީހުންގެ އެތޫނުފިލަކަމުގެ އަވާގައިޖެހި ކާމިޔާބުގެ މަގުން އެއްކިބާވެފައެވެ. އެންމެ ބޮޑެތި ކުށްވެރިންނާއި މުޖުރިމުންނީ ވަރަށް ތޫނުފިލި ބައެކެވެ. ނަމަވެސް އެމީހުނަށް އެތޫނުފިލިކަން ބޭނުން ކުރަން ނޭނގެނީއެވެ. އެކަމުގައި އެމީހުންގެ ތޫނުފިލިކަމެއް ނެތީއެވެ. ކާމިޔާބަށް ވާސިލުވުމުގެ މައިގަނޑު ތަޅުގަނޑިއަކީ ﷲ އާއި ވަކީލު ކުރުމަށްފަހު ގަދައަޅައި ކުރާމަސައްކަތެވެ. ތޫނުފިލިކަމަކީ ކާމިޔާބަށް މަގުފަހި ކުރުވާފަދައިން ނާކާމިޔާބަށްވެސް މަގުކޮށާއެއްޗެކެވެ.

މި ލޔުމަށް ޚިޔާލު ފާޅުކުރައްވާ!